ޚަބަރު / އާދަމް އާޒިމް (މާލޭގެ މޭޔަރު)

އާޒިމްގެ މެނިފެސްޓޯގައި ހިތްފަސޭހަ މާލެއަކަށް ހެދުމަށް ކޮންމެ ކަމަކަށް ހައްލު

މެނިފެސްޓޯ އިއުލާން ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޓިކެޓުގައި މާލެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމްގެ މޭޔަރުކަމުގައި ކުރައްވާނެ ކަންކަމުގެ މެނިފެސްޓޯ މިރޭ އިއުލާން ކުރައްވައިފި އެވެ.

ސަލްޓަން ޕާކުގައި، އެމްޑީޕީގެ ތަނަވަސް މާލެ މެނިފެސްޓޯ އިއުލާން ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެ މަނިކުފާނުގެ އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭރު ކެބިނެޓްގެ ބައެއް ވަޒީރުންގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި މާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވި އެވެ.

އާޒިމްގެ މެނިފެސްޓޯ ތައްޔާރުކޮށްފައި ވަނީ މާލޭ ޒުވާނުންގެ މަޝްވަރާއާއެކު މައިގަނޑު ފަސް ކަމެއްގެ މައްޗަށް ބިނާކޮށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ގެދޮރުވެރިކަން، ސާފު މާލެ، ފަސޭހަ މާލެ، ޓްރާންސްޕޭރެންސީ އަދި ނަފާވާ މާލެ އެވެ.

1. މާލޭގެ ގެދޮރުވެރިކަން

އާޒިމް ވަނީ އޭނާ މޭޔަރުކަމަށް ހޮވިއްޖެނަމަ އެމްޑީޕީ ސަރުކާރުގައި ބިން ލިބުނު ތަންތަން ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންް ދެއްވައިފަ އެވެ. އަދި އޭނާ ވަނީ ފްލެޓުގެ ހައްގުވެރިންނަށް އެ ތަންތަން ދިނުމަށް ވެސް މި ސަރުކާރަށް ގޮވާލައްވައިފަ އެވެ.

"އެކަން (ގޯތި ލިބުނު މީހުންނަށް އެތަން) ކަށަވަރު ކުރުމަށްޓަަކައި އަޅުގަނޑުމެން ނުކުރާނެ، ނުދާނެ ތަނެއް ނޯންނާނެ،" އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ މެނިފެސްޓޯ އިއުލާން ކުރުން.-- ފޮޓޯ: އެމްޑީޕީ

ފުށިދިއްގަރު މަޝްރޫއަށް ނިސްބަތްކުރައްވައި އާޒިމް ވިދާޅުވީ ކަނޑެއް ހުރަސްކޮށް ގެދޮރަށް ދިއުމުގެ ބަދަލުގައި މާލޭގައި ދިރިއުޅޭ މީހުންނަށް ގެދޮރަށް ދެވެން ޖެހޭނީ ބުރިޖެއް ހުރަސް ކޮށްފައި ކަމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ ސަރުކާރުން ހިއްކަން ފަށާފައިވާ ބިންތަކުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް އެތަންތަނުގައި މީހުން އާބާދު ކުރުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުށިދިއްގަރު ފަޅު ހިއްކުމަކީ ބޭނުމެއް ކަމެއް ނޫން. ބްރިޖެއް ހުރަސްކޮށް މާލެ މީހުންނަށް ދެވެން ޖެހޭނެ، ކަނޑެއް ހުރަސްކޮށްގެން ދާކަށް ނުޖެހޭނެ. ރަސްމާލެ ހިއްކަންދާ ލާރިއަކީ އިސްރާފެއް. މިހާރު ހިއްކާފައިވާ ތަންތަން ތަރައްގީ ކުރުން މާ މުހިންމު،" އޭނާ ވިދާޅުވި އެވެ.

2. ސާފު މާލެ

އާޒިމް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކޮށް އެ ތަންތަން ތަރައްގީ ކުރާނީ ހިތްފަސޭހަ ތަންތަނުގެ ގޮތުގައި ކަމަށެވެ. އަދި ކުނީގެ މައްސަލަ ހައްލު ކުރުމަށް ޕޮކެޓް ކަލެކްޝަން ސެންޓަރުތަކެއް ހަދާނެ ކަމަށާއި މާލޭގެ އެކި ހިސާބުތަކުގައި އޭގެ ތަންތަން ހަދަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ. ދައުރު ނިމޭއިރު ކުނީގެ މައްސަލަ ހައްލުވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އާޒިމްގެ މެނިފެސްޓޯ އިއުލާން ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

މާލޭގައި އުޅޭ ބުޅާތަކަށް ޕާކެއް ހަދައިދީ އެތަނުން ބުޅާތަކަށް ހުރިހާ ހިދުމަތެއް ލިބޭގޮތް ހަ މަސްދުވަސްތެރޭ ހަދައި، ބުޅަލުގެ މައްސަލަ ވެސް ހައްލު ކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެކަމަށް ޓަކައި ޕްލޭނެއް ތައްޔާރުކޮށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

3. ފަސޭހަ މާލެ

އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް އަންނަ ޕާޓީއެއް ކަމަށާއި ކޮންމެ ކަމަށް އާދޭސް ކުރުން ނިމުމަކަށް އެ ޕާޓީން ގެންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

- މާލެ ސިޓީ ކައުންސިލަކީ 24 ގަޑިއިރު ހިދުމަތް ލިބޭ ތަނަކަށް ހެދުން

- ޕާކިން ބިލްޑިން އަޅާ އެ ތަނަކީ އާންމުންނަށް ހިތްފަސޭހަ ކޮށްލަން ލިބޭ ތަނަކަށް ހެދުން

- ލޮނުޒިޔާރަތްކޮޅަށް އުދަ އަރާ މައްސަލަ ހައްލުކޮށް، އެތަން ސްކޭޓް ކުރާ ތަނަކާއެކު ތަރައްގީ ކުރުން

އާޒިމް ވިދާޅުވީ މާލެ ތަރައްގީ ކުރާއިރު އެންމެ އިސްކަމެއް ދޭނީ މާލެ އަކީ އުޅޭ ހިތުން އުޅޭ ތަނަކަށް ހެދުމާއި އަންނަ ހިތުން އަންނަ ތަނަކަށް ހެދުން ކަމަށެވެ. އެގޮތުން މާލެ ސިޓީ މެރެތަން، މާލެ ސިޓީގެ ފުޓްސެލް ތައާރަފްކޮށް، އިޖުތިމާއީ އިވެންޓްތައް އިތުރު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އީދު ދުވަސް ފަދަ ދުވަސްތަކުގައި ބޮޑެތި އާއިލާތައް އެއްވެ މަގުމަތީގައި ސައިބޯލަން ތިބެވޭ ގޮތަށް ހެދުމާއި ވިލިމާލެއަކީ އާޓިސްޓުންނަށް ހިތްފަސޭހަ ތަނަކަށް ހެދުން ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

އާޒިމްގެ މެނިފެސްޓޯ އިއުލާން ކުރުން.-- ފޮޓޯ: އެމްޑީޕީ

4. ޓްރާންސްޕޭރެންސީ

އާޒިމްގެ މެނިފެސްޓޯގައި ހިމަނާފައިވާ އެންމެ މުހިންމު ކަމަކީ ދެފުށް ފެންނަ ސިޔާސަތެއް އެކުލަވާލުމެވެ. އާޒިމް ވިދާޅުވީ ސިޓީ ކައުންސިލަކީ މާލޭ ރައްޔިތުންގެ ތަނެއް ކަމަށާއި އެތަނަށް ލިބޭ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ އަށް ވަނީ ކިހިނެއްކަން އެނގެން ޖެހޭނެ ކަމަށާއި އެހެންވެ ހުރިހާ ކަމެއް ހާމަ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ކައުންސިލްގެ ހުރިހާ ބައްދަލުވުމަކާއި ހުރިހާ ކަމެއްގައި މާލޭގެ ޑަބްލިޔުޑީސީ 18 މެމްބަރުން ބައިވެރި ކުރާނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވި އެވެ.

5. ނަފާވާ މާލެ

އާޒިމް ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ހޮވައިދީފި ނަމަ ރަނގަޅު ފެންވަރުގެ ޝޮޕިންމޯލްތައް އެޅުމަށް ވިޔަފާރިވެރިންނަށް ޖާގަ ދެއްވާނެ ކަމަށެވެ. މާލޭގައި ކާނިވަލެއް އަޅައި މަސް މާރުކޭޓް ވެސް ޒަމާނީ ފެންވަރަށް އެހެން ތަނެއްގައި ތަރައްގީ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ކައުންސިލްގެ އެހެން ބައެއް ގޮނޑިތައް ހުސްވީ އާ ސަރުކާރުގެ އެކި މަގާމުތަކަށް ކައުންސިލްގެ ބައެއް މެމްބަރުން ވަޑައިގަތުމުންނެވެ.

މޭޔަރު ކަމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13ގަ އެވެ. އެ ގޮނޑިއަށް މި ފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.

4 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަރައްގީމެކުސް

24 December 2023

ހިނގާ މީހުން ބޮލަށް ފެން ފައިބާ އަސްކަނި ތަކުގެ މައްސަލަ ވެސް ހައްލުކުރަންޖެހޭ ލިސްޓުގަ ހިމަނަން ވާނެ.

The name is already taken The name is available. Register?

ހޯރަބޭ

22 December 2023

އިންސާ ﷲ އާޒިމް ހޮވޭނެ. މާލެއަށަ ބަދަލު ވެސް އަށްނާނެ. އާޒިމަކީ ކުޅަދާނަ މާލިމީއެއް ކަން ކަށަވަރު.

The name is already taken The name is available. Register?

ނޯ ބަރުލަމާނީ

22 December 2023

އެމްޑީޕީ ސަރުކާރުގައި އޮތް އިރު މާލެ ސިޓީ ކައުންސިލްގެ މޭޔަރަކީ ޕީޕީއެމް މޭޔަރަކަށް ވެފައި ސިޓީ ކައުންސިލްގެ މެޖޯރިިޓީ ޕީޕީއެމް އަށް އޮތަތީ އެމްޑީޕީ ސަރުކާރުން އޭރު މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ނުދީ މިހާރު ޕީޕީއެމްގެ ސަރުކާރަކާ ޕީޕީއެމްގެ ސުޕަ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެމްޑީޕީ ގެ އާޒިމް އައިސްގެން ކުރެވޭނެ ކަމެއް އޮތްކަމަކަށް ނުފެނޭ. މެނިފެސްޓޯ ބާއްވާ. ކައުންސިލް ބައްދަލުވުމަކަށް ކޯރަމްް ހަމަވިޔަސް އެއީ ބޮޑުވަރެއް

The name is already taken The name is available. Register?

އަފްރާސިޔާބު

22 December 2023

ކޯރަމެއް ބޭނުމެއްނުވާނެ އެގޮތަށް ދާކަމުގައިވާ ނަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454