ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ފެންނަ ކަމެއް ނޫން: މައުމޫން

މައުމޫން: ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ތާއީދު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/މިހާރު

ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަން ދާދިފަހުން އޮތީ އިއުލާންކޮށްފަ އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އެއްވެސް ސަބަބަކާ ހުރެ މަރުގެ އަދަބު ރާއްޖޭގައި ދިނުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އާންމުންގެ ތާއީދު ހޯދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މައުމޫންގެ ޓްވީޓްގައިވެ އެވެ.

މައުމޫންގެ ޓްވީޓް

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި 1953 ވަނަ އަހަރު އެވެ.

އޭގެ ފަހުން ވެސް އެކި ބާވަތުގެ މައްސަލަތަކުގައި މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވިޔަސް، އެ ހުކުމެއް ތަންފީޒެއް ނުކުރެ އެވެ. އެގޮތުން ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ވެސް އޭރުގެ ހައި ކޯޓުން ބައެއް ދިވެހިންގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ.

ނަމަވެސް އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ނިންމެވީ މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދެއްވުމަށެވެ. އޭގެފަހުން ވެސް މަރުގެ މައްސަލަތަކުގައި ކޯޓުތަކުން މަރުގެ ހުކުމް އިއްވިޔަސް، އެ މީހުން ބައިތިއްބަނީ ޖަލުގަ އެވެ.

މަރަން ހުކުމްކޮށް، އިސްތިއުނާފް މަރުހަލާތައް އެއްކޮށް ނިމިފައިވާ ހަތަރު މީހަކު މިހާރު ވެސް ޖަލުގައި އެބަތިއްބެވެ.

38 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ހަސަން

08 January 2024

‫އަދިވެސް މައުމޫނު, ދެރަކަމެއްނުން މީދެން

The name is already taken The name is available. Register?

އަލީކޮއެ

08 January 2024

މީނައަށް ފެންނަންދެން މަޑުކުރަން ޖެހޭތަ؟ މިހާރުވެސް އެންމެ މީހަކަށްވެސް ތި އަދަބު ދީބަލަ ރާއްޖޭގައި ޖެހިލުމެއްނެތި ކުރަމުންދާ ގަތުލުތަށް ހުއްޓޭނެ

The name is already taken The name is available. Register?

ބޮގޭ

08 January 2024

މަނިކުފާނު ކަންބޮޑުވެ ނުލައްވާށެވެ! ބައެއް ސިޔާސީ ބޭފުޅުން ރައްޔިތުން ޖަޒުބާތުގައި ޖެއްސުމަށް ދީނީ ކާޑު ކުޅުއްވާނެއެވެ. ރައީސް ޔާމީންވެސް ހަމަ ހީވީ ދެންމެދެންމެ މިކަން ކޮށްފާނެ ހެންނެވެ. އިންޖެކްޝަން ގެނައޭ ކިޔާ އަޑުވެސް އިވުނެވެ. އެކަމަކު ފަސް އަހަރު ނިމުނީ ކުރަނީ ކުރަނީ ގައެވެ.

The name is already taken The name is available. Register?

ދިވެއްސެއް މީ

08 January 2024

ރާއްޖޭގަ ރޯމާ ރޯ ދުވާލު ބިރެއް ނެތި މީހުން މަރަމުން ދާ ބަޔަކު އިބަ އުޅޭ. އެކަން އެންމެންވެސް ދަނޭ. އެމީހުން މަރާނެ ބަޔަކު މަރަން ބިރުން ފިއްކެނޑިފަ އާންމުން ތިބެންވީތޯ؟ މަރުވި މީހާގެ އާއިލާއިން ނުދިން މާފެއް އެހެން ކާކަށްތަ ދިނުމުގެ ހައްގު އޮތީ؟ މަރުވި މީހާގެ އާއިލާގެ ހައްގު ކޮބާތަ؟ ޤިޞާޞް އަކީ މާތް ﷲ ޤުރުއާނުން އަންގަވާފައިވާ ހުކުމެއް. އެޔާ ދެކޮޅު ހެދުމުގެ ހައްގެއް އެއްވެސް މުސްލިމަކަށް ލިބިގެނެއް ނުވޭ. ޤާތިލު ތައުބާވުން އެއީ އެހެން ކަމެއް.

The name is already taken The name is available. Register?

ބަލިސިކުނޑި

08 January 2024

މަށަށް ހަމަ އެއްގޮތަކަށްވެސް ނުފެނޭ މައުމޫން މަރުގެ އަދަބާ ދެކޮޅު ކަމަށް. އެ ވިދާޅުވަނީ ދިވެހި ރާއްޖޭގައި އެކަން ކުރަން ނުފެންނަ ވާހަކަ. ސބަބު ތަކެއް ހުރެގެން ދޯ އެހެން އ ވިދާޅުވަނީ.

The name is already taken The name is available. Register?

މަޒް

08 January 2024

ވަކި ގައުމަކަށް ވަކި ވެރިކަމަކަށް ނޫން އިސްލާމީ ޝަރީއަތް ބާއްވާލެއްވީ

The name is already taken The name is available. Register?

ރަޝީދު1001

08 January 2024

މައުމޫނަށް ވިސްނޭ. މައުމޫނުގެ ދީނީ ސިޔާސަތު ވަރަށް ބަރާބަރު

The name is already taken The name is available. Register?

ނީލްވިލާ

08 January 2024

މި ކާފަ ބުނާގޮތަށް މިހާރު މިޤައުމު ހިންގާނީ މޮޔައިން

The name is already taken The name is available. Register?

20000

07 January 2024

އިސްލާމްދީނުގެ މަތިވެރި އުޞޫލުގެ ތެރެއިން އިސްލާމީ ޝަރިޢަތުން މެރުން ހުކުމް ކޮށް ވާރިޘުން މާއަފު ނުދީފިނަމަ މަރަން ޖެހޭ. މިރާއްޖޭގެ މަގުމަތި އަމާން ވާނީ މެރުމުގެ ހުކުމް ތަންފީޒުކޮށްގެން. މައުމޫން ކާރުގައި ބޮޑީ ގާޑުންނާ އެކު ދަތުރު ކުރާއިރު، ނޭގޭނެ މަގުމަތީގައި މީހުން އުޅޭ ބިރުވެރިކަން. ކުށެއް ނެތް ކިތަންމީހުން މެހި ކުރަފި މަރާހެން މަގުމަތީގައި މަރަނީ. ދެން ޤާތިލް ގައިގާ ފިރުމާފައި އަނެެއްކާ އަނެއް އިންސާނާ މަރަން ފުރުޞަތު ދޭންވީތަ. މައުމޫނާ

The name is already taken The name is available. Register?

ބަނިއާދަން

07 January 2024

މައުމޫނަށް ފަތުވާނެރެން ޝައިޚު ރަޝީދު ނުކުޅެދިފައި..

The name is already taken The name is available. Register?

މަރު

07 January 2024

ކުށެއް ނެތް މީހެއް މަރަށް ހުކުމް ކޮށްފަ މެރި ފަހުން އެމީހާ މައުސޫމު ކަން އެނގިއްޖެ ޙާލަތެއްގަ އެ މަރުގެ ޒިންމާ ނަގާނީ ކާކު؟ މީހަކު މެރުމަށް ފަހު ވެސް އިންސާނާ އަށް ތައުބާ ވުމުގެ ފުރުސަތު މާތް الله ދެއްވާފައި ވޭ. އެ ފުތުސަތު ނެގުމުގެ ޙައްގެއް އެހެން މީހަކަށް ނޯންނާނެ އެންމެ ބޮޑު އަދަބަކަށް އިސްލާމް ދީނުގަ އޮންނަނީ މަރުގެ އަދަބު އެކަމަކު އޭގެ މާނަ އެއް ނޫން އެންމެންނަށް މަރުގަ އަދަބު ދޭން ޖެހެއޭ.

The name is already taken The name is available. Register?

މަރު 2

08 January 2024

މަރަށް މަރު ހިފަނީ ވަރަށް ގިނަ މަރުހަލާތަކެއް ހުރަސް ކުރުމަށް ފަހު، ތައުބާވުމަކީ އޮންނަ ކަމެއް. އެހެން ނަމަވެސް އިންސާނެއްގެ ހައްގަކަށް އަރައިގަނެފިނަމަ މާފު ނުދީ ގިޞާޞް ހިފުން އެއީވެސް އޮތް ގޮތެއް. ރާއްޖޭގަ ރޯމާ ރޯދުވާލު މީހުން ކަތިލާތަން ފެނިފަ އެބަ ހުރި. އެމީހުންނަށް މަރުވި މީހާގެ އާއިލާއިން ނުދިން މާފެއް އެހެން މީހަކަށް ދިނުމުގެ ހައްގެއް ލިބިގެނެއް ނުވޭ. އެހިސާބުން އެ އަރައިގަނެވުނީ ގެއްލުން ލިބުނު މީހާގެ ހައްގަށް. އޭނާއަށް އިންސާފު ނުދެވުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454