ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
08 ޖެނުއަރީ 2024 - 10:51
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ހެނދުނު އެ ގައުމަށް ވަޑައިގަތުމުން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.
ރައީސްގެ މި ދަތުރުފުޅު ފެއްޓެވީ ޗައިނާގެ ޒިއާމެން ސިޓީންނެވެ. ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގަތުމުން އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ވަނީ ދެކަނބަލުންނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތައް ބަދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅަކު އެމަނިކުފާނަށް މަރުހަބާ ދަންނަވާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި އިޖުތިމާއީ އާއި އިގުތިސާދީ އަދި ޓެކްނޮލޮޖީގެ އިތުރުން ވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް އެކުލަވާލާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް، ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އިޖުތިމާއީ އަދި އިގުތިސާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ޗައިނާގެ ޒިއާމެން ސިޓީ އަށް ރައީސް މިއަދު ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ފްރީ ޓްރޭޑް ޒޯނަށް ވަޑައިގަންނަވާނެ އެވެ. އަދި ސިނަމާލެ ބްރިޖު އިމާރާތް ކުރި ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ޗެއާމަންއާ ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.
ރައީސްއާ އެކު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސްގެ މަގާމާ ޑރ. މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އިން ބޭރަށް ކުރައްވާ މިއީ ތިން ވަނަ ރަސްމީ ދަތުރުފުޅެވެ. ރައީސްގެ މަގާމުގެ ހައިސިއްޔަތުން އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. އޭގެ ފަހުން ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓަށް އެ ގައުމަށް ވަޑައިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސީޙާ
11 January 2024
ޗައިނާ އާއި ރާއްޖެއާއިއެކު ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިވެގެންދާނެ.
ޒިންދާވާދު
08 January 2024
ޗައިނާ ޒިންދާބާދު އިންަޑިއާ ސިފައިން ބޭރުކުރޭ
އިހްތިރާމްކުރާނެ
08 January 2024
މިޓްވީޓަރޭމެންނަށް ހަމަ ނޭނގެނީތަ؟ މިމީހުންގެ އަދަބު އަހްލާގެއްނެތިގެން ގައުމުތަކުގެ ވެރިންނަށް އިހްތިރާމްކުރަން ނޭނގުނަސް ބޭރުގައުމަކަށް ދައުވަތުދީގެން ގައުމެއްގެ ވެރިޔަކު ވަޑައިގަތީމައި ރަތްދޫލައިގެ މަރުހަބާ ކިޔާނެ. އެއީ ވަކިގައުމެއްގެ ވަކިމީހަކު ގޮސްގެން ކުރިކަމެއް ނޫން
މަރުޙަބާ ކިޔުން
08 January 2024
ރަތް ދޫލައިގެ މަރުޙަބާއެކޭ ބުނި އިރު، މަރުޙަބާ ދެނެނެވި ޗައިނާ ސަރުކާރުގެ ކާކު ކޮން ބައެއް ކަމެއް ނޭނގޭ. ފެންނަ ފެނުމުގައި މަރުޙަބާ ކިޔާފައިވަނީ ޗައިނާ ސަރުކަޜޫޣޭ އެހާ އިސް ބައެއް ނޫން. މިސާލަކަށް، ރައީސް ޝީ އެއް ނޫން؛ ބޮޑު ވަޒީރެއް ނޫން. ޚާރިޖީ ވަޒީރެއް ނޫން. އެހެންވީމާ، އެންމެ އިސް ލެވެލްގައެއް ނޫން މުޢިއްޒަށް ޗައިނާ އިން މަރުޙަބާކީ.
ހުސޭނުބެ
08 January 2024
އެމީހުނަށް މުއިއްޒު އެއީކާކު، އެމީހުނަށް މާ ރަގަޅަށް އެގޭ މުއިއްޒު ހޮވުނީވެސް އޮޅުމެއްގެ ތެރޭގަތިބި ބަޔަކު ވޯޓް ލައިގެންކަން. އެހެންވީމަ ޝީ ކަހަލަ ބޮޑެތި މީހުނެއް ބައްދަލެއްވެސް ނުކުރާނެ. މިހެން ބުންޏަސް، ގޮސް ދޮރުގަ ޓަކިތަޅަންފެށީމަ ވައްދަފާނެ.
މަތީނު
09 January 2024
އެއްވެސް ގައުމެއްގެ ވެރިޔަކު ނުހުންނާނެ ޓާމަކްގަ އެއްވެސް މީހަކަށް އިސްތިގުބާލުކުރާކަށް. ސްޓޭޓް ވިޒިޓެއް ވިޔަސް، ރަސްމީ މަރުޙަބާ ކިޔާނީ ފްލައިޓުން ފައިބާ ތަނަކުނެއް ނޫން.
ދީމުގުރާތުސް
08 January 2024
ކޮބާ އަވައްޓެރިން... ފެނޭތަ؟ ހަގީގަތުގައިވެސް، އިންޑިއާއަށް އޮންނަ ޑިޕެންޑެންސީ ކުޑަކުރަންޖެހޭ. ބޮޑުތަނުން ކުޑަކުރަންޖެހޭ. އެކި ގައުމުތަކާ އޮންނަ ގުޅުން ވަރުގަދަ ކޮށް، އިމްޕޯޓު ޕާޓްނަރުން ގިނަކުރަން ޖެހޭ. ޔާމީން އެ މަސައްކަތް ފެށި. ހަމަ ޗައިނާއަށް ދަތުރެއްކޮށްލާއިރަށް އިންޑިއާ މިވަރުގަނޑު އަރުވާލާކަށް ނުޖެހޭނެ. ބޮޑު ބޭބެ މިވަނީ ބޮޑު ބުލީއަކަށް. މީތި ކަޑަ. އިންޑިއާއަށް ސައިޒް ދައްކަން އެގެނީ
ގަދަބާރެއް
08 January 2024
ކަލޯ އިންޑިއާއަކީ ދުނިޔޭގެ ގަދަބާރެއް. އެއީ ޗައިނާއަށްވެސް އަދި އެމެރިކާއަށްވެސް ޖެހިގަންނަން ނުކެރޭ ގައުމެއް. ދެން އަނެއްކަމަކީ ރާއްޖެއާއި ހެދި އެއިން އެއްވެސް ގައުމެއް އަނެއްގައުމާއި ހަނގުރާމައެއް ނުކުރާނެ. ވީއިރު ވަކިގައުމަކާއި ޖެހިގަތީމައި ހުރިހާ ގެއްލުމަކާއި ތުރާލެއް ވާނީ ރައްޔިތުންނަށް. ތިޓުވިޓަރޭމެންނަށް ބައިއެޅޭހައި ހިނދަކު އުޅެވިދާނެ އެކަމަކު އެވާނީ ވަގުތީ ކަމަކަށް.
ތަރުފާލު
08 January 2024
މި ދަތުރާ ދިމާކޮށް ދޯ އިންޑިއާ މީހުން މިވަރަކަށް މި ކެކިގަތީ؟ މިހާރު ކޮންމެވެސް ވަރަކަށް ހަމަ ޖެހޭ އެބަ
ކަކްދީޕް
08 January 2024
ޗައިނާގެ އެއާކްރާފްޓް ކެރިއާ ގްރޫޕެއް ރާއްޖެއަށް ޒިޔާރަތްކުރަން އެބަޖެހޭ މިދުވަސްކޮޅު!
ބުހުތާނު ދޮގޭ
08 January 2024
ޗައިނާ އަށް ދިއުމަކީ ވެސް ވައުދެއް
ކޮލަމާހުއްޓާ
08 January 2024
ރަތްދޫަލއިގެ މަރުހަބާ ކިޔާވަރަށްކިޔަނީ. ގައުމު ހަނާވާތަންފެންނަނީ
ރާއްކޮ
08 January 2024
މި އިންޑިއާ އެބަ ޖެހޭ ސައިޒަށް ތިރި ކޮށްފަ ބައިންދަން. އިޤްތިސާދީ ގޮތުންނާ އެހެނިހެން ގޮތުން ކުރިއެރުންތައް ލިބޭނީ ޗައިނާ ކަހަލަ ކުރިއަރާފަ ހުރި ޤައުމު ތަކާ ގުޅުން ރަނގަޅު ވެގެން. ނިމިދިޔަ 5 އަހަރު ނެތް ޗައިނާ އާ އެއްވެސް ވަރަކަށް ގުޅުން ބާއްވާފަ. އެބައި ރިކަވަރ ކުރަން ޑރ.މުއިއްޒު މި ކުރައްވާ މަސައްކަތް ވަރަށް ބަލައިގަންނަން.
ބިލްމް
08 January 2024
ކަލޯ ފައިސާ އާއި ތަރައްގީ ނޫން އެެހެން އެެއްޗެއް ހަމަ ސިކުނޑިއަށް ނާދެދޯ
ކަރާސީނު
08 January 2024
އިންޑިއާއޭ ކިޔަކަސް އެއީ މިހާރު ދުނިޔޭގެ 5 ވަނަ އިގުތިސޯދު.
ބޮއްކޮ
08 January 2024
އެމެރިކާގެ އާބާދީއަށްވުރެ އިންޑިއާގައި މުއްސަނދިން ގިނަ. ރާއްޖޭގެ އާބާދީއަށްވުރެ އިންޑިއާގައި ޝޭހުން ގިނަ. އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ މުސްލިމުން ގިނަ ގައުމު. އެގައުމުގައި 120 މިލިޔަން މުސްލިމުން އުޅޭ. ބޮޑާވެ ކިބުރުވެރި ތިވަނީ ކޮންސަބަބަކާއި ހެދިތަ.