އަޒޭ: އޭނާ ދޫކޮށްލަން ކޯޓުން ވަނީ އަމުރުކޮށްފައި
10 ޖެނުއަރީ 2024 - 23:40
މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލްމީތަރި އަހުމަދު އަޒްމީލް (އަޒޭ) ހައްޔަރު ކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަޒޭ ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް މިއަދު ގެންދިއުމުން ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލުމަށެވެ. ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ދޫކޮށްލީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތުމުންނެވެ.
ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރި ވަގުތު އޭނާ ހުރި ކޮޓަރީގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓެއް ފެނިފައިވެ އެވެ. ނަމަވެސް އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތުމުން އޭނާ ދޫކޮށްލަން ނިންމީ ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.
ފުލުހުން ބުނީ ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކުރި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރާސީނު
11 January 2024
މި ސަރުކާރުގައި އޯކޭވާނެ. އިބޫ ސަރުކާރުގައިނަމަ، ހީވާނީ ފަޔަށް ހިނި އަރައިގެން އުޅޭހެން.
ކީކޭތޯ
11 January 2024
ދޫކޮސްފަ ބައިތިއްބާ. ތީ ގައުމިއްޔަތާ ގުޅިފަ އޮތް ކަމެއް ރާއްޖޭގަ.
ބޯބުރާންތި
11 January 2024
ފުލުހުންކަމަށް ޝައްކުކުރެވޭ ބަޔަކު ފިލްމީ ތަރިއެއް ކަމަށް ޝައްކުރެވޭ އަޒޭގެ ކޮޓަރީގަ އޮތް ދަބަހެއް ކަމަށް ޝައްކުރެވޭ އެއްޗެއްގެ ތެރެއިން ޑްރަގްސް ކަމަށް ޝައްކުކުރެވޭ ޕެކެޓެއް ކަމަށް ޝައްކުރެވޭ އެއްޗެއް ހޯދައިފިއެވެ.
ބޯބުރާންތީގެ ކޮއްކޮ
11 January 2024
ފުލުހުންކަމަށް ޝައްކުކުރެވޭ ބަޔަކު ފިލްމީ ތަރިއެއް ކަމަށް ޝައްކުރެވޭ އަޒޭ ކަމަށް ޝައްކު ކުރެވޭ މީހެއްގެ ކޮޓަރިއެއް ކަމަށް ޝައްކު ކުރެވޭ ތަނަކުން އޮތް ދަބަހެއް ކަމަށް ޝައްކުރެވޭ އެއްޗެއްގެ ތެރެއިން ޑްރަގްސް ކަމަށް ޝައްކުކުރެވޭ ޕެކެޓެއް ކަމަށް ޝައްކުރެވޭ އެއްޗެއް ހޯދައިފިއެވެ.
އުއްތަމަ އުސްތާޛް
11 January 2024
ކޮއްކޯ އެއީ ޤާނޫނީ ބަހުރުވަ. އެ ޝައްކުކުރެވޭ އެތި ލެބޯޓްރީން ޓެސްޓު ކުރީމަ އެނގޭނީ އެއީ މަސްތުވާ އެއްޗެއްތޯ ނުވަތަ ނޫންތޯ؟
ޙިނި
11 January 2024
މުޅިގައުމުގަ މިވަބާ.
އާދަނުގެ ކަޅުސޮރު
11 January 2024
ދެންތިކުދިންނަށް ހުންނާނީ ފިލުމުރަގަނޅަށް ކުޅެވިފައި ތިޔަސޮރުގެ ހަނދުއޮއްސުނީތިދެން ވަރަށް ދެރަދޯ މަޑަކުންނެއްނުތިބޭވިއްޔަ ހަތަރެސްފައި ހީލިކަރުވަތީ އަމިއްލަ މުސްތަޤުބަލަށް ކުޑަކޮށްވެސް ވިސްނާނަމަ އެހެންނަކުންނުވާނެދޯ ގަޔާގާދުރު
ސަމުގާ
11 January 2024
ކިހިނެތްތަ މިކުދިން މިއުޅެނީ. އެކަކު ކުއްޖަކަށް ޖިންސީގޯނާ އަނެކަކު ޑްރަގު. ދިވެހި ފިލްމުކުޅޭ މީހުން މިއުޅެނީ ކޮންކަހަލަ ފިލްމީ ދުނިޔެއްގެއި.
ސަހަރުޯ
11 January 2024
މީތަ މިރާއްޖޭގެ ފިލްމްސްޓާރުން އުޅޭގޮތަކީ، ފިލްމު ނުކުޅޭ ގަޑީގައި އެހެން ދުނިޔެއްގައި.
2024
11 January 2024
ޢެސޮރު ބޮލުގަ ބަޔަކު ބަދުނާމެއް އަޅުވަން ބަޔަކު ކުރިކަމަކަށްވާނީ...... ބޮއިހަލަކި
ތިވާނީ24
11 January 2024
ތިވާނީ ކޮޓަރީގެ ފާހާނާއަށް ވަދެފަ ނުކުތް އިރު ބަޔަކު ވަގަށް ވަދެ ބޭއްވި އެއްޗެއްކަމަށް. ކޮޓަރީގަ ތިބޭ އަންހެން ކުދީންނާއި މަސްތުވާތަކެއްޗަކީ ޒިންމާވާން ޖެހޭ އެއްޗެއްސެއްނޫން.
ވަރުމަން
11 January 2024
އަންހެން ކުދިންނޭ؟؟؟ ކީކޭ؟؟؟
ކައްޒާބު
11 January 2024
އަޒޭ މީ ފިލްމުސްޓާރެއް ތި ޕެކެޓުވާނީ އޭނާގެ ފިލްމް ޝޫޓިންގ އެއްގެ ޕުރޮޕް އަކަށް.