ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު ދަނީ މަދުވަމުން.
17 ޖެނުއަރީ 2024 - 05:52
ދުންފަތުގެ ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކުން އެ ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިޔަސް އެ ބޭނުންކުރާ ބޮޑެތި މީހުންގެ އަދަދު މުޅި ދުނިޔޭގައި ދަނީ މަދުވަމުން ކަމަށާއި އެކަމަކު ޒުވާނުން މިކަމުގެ ތެރެއަށް ވައްދަން ވިޔަފާރިތަކުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށް ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯ އިން ބުނީ 2022 ވަނަ އަހަރު، ދުނިޔޭގެ މުޅި އާބާދީގެ ބޮޑެތި މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ދައްކާފައި ވާއިރު 2000 ވަނަ އަހަރު މި ނިސްބަތަކީ ކޮންމެ ތިން މީހަކުން އެކަކު ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހާލަތާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯ އިން 2000 އިން 2030 އަށް ލަފާކޮށް އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ގަވައިދުތައް ހަރުކަށިކޮށްގެންނާއި ޓެކްސްތައް ބޮޑުކޮށްގެން 150 ގައުމަކުން ވަނީ ދުންފަތުގެ އިސްމާލުކުރުން މަދުކޮށްފަ އެވެ.
އެކަމަކު ޑަބްލިޔުއެޗްއޯ އިން ބުނީ މި ކުރިއެރުން ނަގާލައި މިކަމުގެ ތެރެއަށް ޒުވާނުން ވެއްދުމަށް ވިޔަފާރިތަކުން ދަނީ ދެވިހިފުން ބޮޑު ދުންފަތުގެ ބާވަތްތައް ބޮޑަށް ޕްރޮމޯޓްކުރަމުން ކަމަށެވެ.
ޑަބްލިޔުއެޗްއޯގެ ހެލްތު ޕްރޮމޯޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ރުއެޑިގާ ރެޗް ސިފަކުރެއްވި ގޮތުގައި ދުންފަތް ވިއްކާ ކުންފުނިތަކުން މި ކުރާ ކަމަކީ ކުށުގެ އަމަލުތަކެވެ.
"އެ މީހުން އެ ކުރާ ކަމަކީ މީހުން މެރުން. އެ މީހުން އެ ދަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުން ގެއްލުވައިލުމުގެ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އަހަރަކު މުޅި ދުނިޔެއިން އަށް މިލިއަނަށް ވުރެ ގިނަ މީހުން މަރުވެ އެވެ. މީގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލު ނުކުރި ނަމަވެސް އެހެން މީހުން ބޭރުކުރާ ދުމުގެ އަސަރުކޮށްގެން ސިއްހީ މައްސަލަތައް ދިމާވި 1.3 މިލިއަން މީހުން ހިމެނޭ ކަމަށް އަންދާޒާ ކުރެވެ އެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
17 January 2024
ރާއްޖޭޣަ ދުންފަތުގެ އިސްތިއުމާލް ކުރާ މީޙުން ވަނީ ގިނަ އެވެ. ސަރުކާރު އޮފީސް ތަކާ ފުލުހުން ޔުނީފޯމް ސިނގިރޭޓް ބޯން މަނާ ތަންތަނުގަ ހުރުމަކީ އާއްމު ކޮށް ފެންނަ މަންޒަރެކެވެ. ބިދޭސީން ވެސް މަގުމަތީން ދާމީހުންގެ މޫނަށް ދުން ބުރުވާ ލާނެ އެވެ. ބަލާނެ ބަޔަކު ނެތެވެ.
ކަށިކުނބުރު
17 January 2024
މާގޭ އެއްބަނޑު އެއްބަފާ ކޮށްކޮ އެޔީ ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލް ކުރި އަދި ކުރާނެ ކުއްޖެއްވެސް ނޫން.. ނަމަވެސް އެ ސޮރު ވަނީ ވޭޕް ގެ ވަބާގަ ޖެހި އަވެދިވެފަ. ދުންފަތުގެ ދުމަށް ވުރެއް 100 ގުނަ މިނުރައްކާ ވަބާއަށް ސަރުކާރުން ވެއްޖެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން. އިތުރު ޖީލެއް ހަލާކުވެގެން މިދަނީ..
ނުރައްކާ
17 January 2024
ދިރާސާ ނުބައި. ވޭޕް ދަމާ މީހުން ވަރަށް ބޮޑަށް އިތުރުވެފައި ވަނީ. ތިޔަ ކަން "ދިރާއެއް" ގެ ނަމުގައި ކޮށްފައިވަނީ ދުންފަތުގެ ވިޔަފާރިވެރިން އެކަން ފޮރުވުމަށް