ދުނިޔެ / ނަރެންދުރާ މޯދީ

މޯދީގެ ކެމްޕެއިން ފެށުން: އާސާރީ މިސްކިތް ތަޅާލުމަށް ފަހު އެޅި ފައްޅި ހުޅުވުން

އިންޑިއާގެ އަޔޯދިއާގައި ހުރި 16 ވަނަ ގަރުނުގެ އާސާރީ މިސްކިތަށް ގެއްލުންދީ ހަލާކު ކޮށްލުމަށް ފަހު އިންޑިއާގެ ހަރުކަށި ހިންދީން ޑިސެމްބަރު 6، 1992 ގައި އެތަނުގެ މައްޗަށް އަރައި އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އުތަރް ޕަރްދޭޝްގެ އަޔޯދީގައި ހުރި އާސާރީ "ބާބްރީ" މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި އެޅި ހިންދީންގެ ފައްޅި "ރާމް މަންދީރް" އަކީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަރުކަށި ހިންދީ ސިޔާސީ ފިކުރުގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ދެކެ އެވެ.

ބާބްރީ މިސްކިތަކީ މިތަނުގައި ހުންނަތާ އެތައް ސަތޭކަ އަހަރެއް ފަހުން 1992 ވަނަ އަހަރު ހަރުކަށި ހިންދީން ނުކުމެ އެތަން ތަޅައި ބިމާ ހަމަކޮށްލި އެވެ. އެ މީހުންގެ "ކަލާނގެ" އެއް އުފަންވި ތަނެއްގައި ހުރި ފައްޅިއެއް ތަޅާލުމަށް ފަހު އަޅާފައި ހުރި މިސްކިތެއް ކަމަށް ބުނަމުންނެވެ. ބީޖޭޕީ ސަރުކާރުގެ ފުރިހަމަ ތާއީދާ އެކު އެތަނުގައި މިހާރު އެ ހުރީ 160 ފޫޓް އުސްމިނުގައި ބޮޑު ފައްޅިއެކެވެ.

މިސްކިތް ތަޅާލުމުން އުފެދުނު ހަމަނުޖެހުންތަކުގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. މިއީ އިންޑިއާގައި މި ފަހުގެ ތާރީހުގައި ހިނގި ދީނީ އެންމެ ބޮޑު ހަމަނުޖެހުމަށް ވިޔަސް މޯދީ އާ ދައުރަކަށް އިންތިހާބު ވުމަށް ނުރަސްމީކޮށް ފަށާ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި، މިސްކިތް ތަޅާލުމަށް ފަހު އެޅި ފައްޅި ހުޅުވާނެ އެވެ.

އިންޑިއާގެ އަޔޯދިއާގައި ހުރި 16 ވަނަ ގަރުނުގެ އާސާރީ މިސްކިތަށް އިންޑިއާގެ ހަރުކަށި ހިންދީން ޑިސެމްބަރު 6، 1992 ގައި ހަމަލާދެނީ. -- ފޮޓޯ: އޭއެފްޕީ

މިއީ އިންޑިއާގައި ޒަމާންތަކެއް ވަންދެން އޮތް، ވަކި ދީނަކަށް އިސްކަން ނުދޭ "ސެކިއުލާ" ވެރިކަމުގެ ސިޔާސަތު ބަދަލުވި ބޮޑު ހަމަނުޖެހުމާ ގުޅިފައިވާ ތަނެކެވެ. އިންޑިއާގައި އެންމެ ގިނައީ ހިންދީން ކަމަށް ވާތީ ވެރިކަން ކުރަން ޖެހޭނީ ވެސް ހިންދީންނަށް އިސްކަން ދީގެން އެ މީހުން ބޭނުންވާ ގޮތަށް ކަމަށް ބުނެ އެ މަގަށް ކެމްޕެއިންކުރާ މީހުންނަށް މި ފައްޅި ހުޅުވުން ވަރަށް ހާއްސަ އެވެ.

ބޮޑުވަޒީރު މޯދީ މިދިޔަ ހަފްތާގައި ވަނީ މި ފައްޅި ހުޅުވާތަން ފެނުމަކީ ބޮޑު ނަސީބެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި މިތަން ހުޅުވުމުގެ ކުރިން 11 ދުވަހު "ރޯދަ" ހިފާނެކަން ވެސް އިއުލާނުކުރެއްވި އެވެ.

މޯދީ އެ ދުވަހު ވިދާޅުވި ގޮތުގައި "މުޅި އިންޑިއާ ތަމްސީލްކޮށްދޭނެ މީހެއްގެ ގޮތުގައި ކަލާނގެ ހިޔާރުކުރެއްވި" މީހަކީ އޭނާ އެވެ.

އިންޑިއާގެ ނުފޫޒު ގަދަ މީހުން ބައިވެރިވޭ

ފައްޅި ހުޅުވުމުގެ ރަސްމިއްޔާތަށް އަޔޯދިއާ އަށް ދާ މީހުންގެ ތެރޭގައި ސެލެބްރިޓީންނާއި ބިލިއަނަރުންނާއި އެ ގައުމުގެ ކުރީގެ ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީ އާއި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އަމީތާބް ބައްޗަން ވެސް ހިމެނެ އެވެ.

މީގެ 10 އަހަރު ކުރިން ބޮޑު އަޣުލަބިއްޔަތަކާ އެކު އިންޑިއާގެ ވެރިކަމަށް އައުމަށް ފަހު މޯދީ އާއި އޭނާގެ ބީޖޭޕީން ގެންދަނީ ސިޔާސީ ކޮންމެ ކަމެއްގައި ހިންދީ ދީން އިސްކުރަމުންނެވެ. ޕާޓީގެ އިސް އެތައް ބަޔަކު އެކި ފޯރަމްތަކުގައި ވަނީ އިންޑިއާގައި މުސްލިމުން ވެރިންކުރި ޒަމާނުގެ އެކި ކަންކަން ފާހަގަކޮށް އެއީ ހިންދީން އަޅުވެތިކޮށް އަނިޔާވެރިކަން އިސްކުރި ބޭފުޅުން ކަމަށް ބުނަމުންނެވެ. އެ މީހުން ދެކޭ ގޮތުގައި އަޔޯދިއާ އަކީ މުސްލިމުން ހިންދީންނާ މެދު އަމަލުކުރި ގޮތް އެންމެ ރަނގަޅަށް އެނގެން އޮތް އެއް ތަނެވެ.

އިންޑިއާގެ ހަރުކަށި ހިންދީން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ އެންމެ ހާއްސަ އެއް "ކަލާނގެ" ރާމް އުފަންވީ މީގެ 7،000 އަށް ވުރެ ގިނަ އަހަރު ކުރިން އަޔޯދިއާގަ އެވެ. ރާމް "އުފަންވި ތަނުގައި" މިސްކިތް އެޅީ 16 ވަނަ ގަރުނުގައި މުސްލިމް ވެރިޔަކު ކަމަށް އެ މީހުން ބުނެ އެވެ.

އިންޑިއާގެ އަޔޯދިއާގައި ހުރި 16 ވަނަ ގަރުނުގެ އާސާރީ މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި ހަދާ ހިންދީންގެ ފައްޅީގެ މަސައްކަތް ޑިސެމްބަރު 29، 2023 ގައި ކުރަނީ. -- ފޮޓޯ: އޭއެފްޕީ

މިސްކިތް ތަޅާލަން މީހުން ނުކުންނަ ހިސާބަށް މީހުންގެ ވިސްނުން ގެންދިއުމުގައި އެންމެ ބޮޑަށް ކެމްޕެއިން ކުރީ ބީޖޭޕީ އެވެ. ޕާޓީ އިސް އެކްޓިވިސްޓަކު "ރާމް ކަލާނގެ" ގޮތަށް ހެދުން އަޅައިގެން ގައުމުގެ އެކި ކަންކޮޅުތަކަށް ވެހިކަލެއްގައި ދުއްވައި މީހުން އެއްކުރި އެވެ. އެ ދަތުރުތަކާ އެކު އެކި ހިސާބުތަކުގައި ދީނީ ހަމަނުޖެހުންތައް ހިނގި އެވެ.

މި އުފެއްދި ހަމަނުޖެހުންތަކާ އެކު މިސްކިތް ތަޅާލި އެވެ. އިނގިރޭސި އިސްތިއުމާރަށް ފަހު އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން މަދު ފަހަރެއްގައި ނޫނީ ކޮންމެ ފަހަރަކު ވެރިކަން ހޯދަމުން އައި ސެކިއުލާ ފިކުރުގެ ކޮންގްރެސް ޕާޓީގެ މައްޗަށް މި ހިސާބުން ބީޖޭޕީ ގަދަވި އެވެ.

"ދީނީ، ވަތަނީ ފިކުރު"

ފައްޅީގެ މަސައްކަތްކުރާ މީހުން ބުނާ ގޮތުގައި ގާތްގަނޑަކަށް 240 މިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި މިތަނަށް ފައިސާ ދީފައިވަނީ މުޅިން ވެސް އާންމުންނެވެ. މި ފިކުރު އިންޑިއާގައި ވަރުގަދަކުރަން އެދޭ މީހުންގެ ގިނަކަން މިކަމުން ފެނެ އެވެ.

މޯދީ ތިން ވަނަ ދައުރަކަށް ވެސް ހޮވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް މިހާރު ވެސް އޮތް އިރު ކެމްޕެއިން ރަސްމީކޮށް ފަށާނެ ކަމަށް ބެލެވެނީ އަންނަ އޭޕްރީލް މަހު އެވެ. އެކަމަކު އޭގެ ކުރިން، މި ފައްޅި ހުޅުވުން ވެގެން ދާނީ ހިންދީންގެ އަގީދާ ހިމާޔަތްކޮށްދޭނެ މީހަކީ މޯދީ ކަމަށް އިންޑިއާގެ ނުފޫޒު ގަދަ ފާދިރީން އިއުލާނުކުރުމަށެވެ. މޯދީގެ ދިފާއުގައި މި ފާދިރީން ތިބޭނެ އެވެ.

އިންޑިއާގެ އަޔޯދިއާގައި ހުރި 16 ވަނަ ގަރުނުގެ އާސާރީ މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި ހަދާ ހިންދީންގެ ފައްޅި ހުޅުވުމާ ދިމާކޮށް ހިންދީން އުފާ ފާޅުކޮށް އެކަން ފާހަގަކުރުމަށް ބޭނުންކުރާ ދިދަތަކެއް އިންޑިއާގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި. -- ފޮޓޯ: އޭއެފްޕީ

ފައްޅި ހުޅުވުމުގެ ރަސްމިއްޔާތު ބޮއިކޮޓްކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފަ އެވެ. އެއީ މި ރަސްމިއްޔާތަކީ މޯދީގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި ފެންނަ އޮތަތީ އެވެ.

އިންޑިއާގެ ސިޔާސީ ކަންކަން ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ފައްޅި ހުޅުވުމަކީ ބީޖޭޕީގެ ދީނީ، ވަތަނީ ފިކުރުގެ ރަމްޒެކެވެ. ބީޖޭޕީ އިންތިހާބަށް މި ދަނީ މި ފިކުރާ އެކުގައިކަން މިކަމުން އަންގައިދޭނެ އެވެ. އެއީ ބީޖޭޕީ ދޭން ބޭނުންވާ މެސެޖެވެ.

"ގަތުލްކުރުމާއި ފަނާކުރުން"

ފައްޅި ހުޅުވާ ދުވަސް ކައިރިވާ ވަރަކަށް ހިންދީންގެ ފޯރި ދަނީ ގަދަވަމުންނެވެ. ނޫކުލައިގެ ހަށިގަނޑެއްގައި، ދުންޏަކާއި ދުނި ދަނޑިއެއް ހިފައިގެން އިންނަ "ރާމް" ގެ ފޮޓޯތަކާއި ދިދަތައް ގެތަކުގައި ދަނީ ނަގަމުންނެވެ. ޓީވީ ޗެނަލްތަކުން ވެސް ކެނޑިނޭޅި މި މަންޒަރުތައް ދައްކައި ހަފްލާގެ ވާހަކަ ވެސް ދައްކަ އެވެ.

އަޔޯދިއާގައި ފައްޅި އެޅުމުން އެ އަވަށަށް އަޅުކަމަށް ކޮންމެ އަހަރަކު އެތައް މިލިއަން ހިންދީންނެއް ދާނެ ކަމަށް ބެލެވޭތީ އަޔޯދިއާގައި އިންޓަނޭޝަނަލް އިތުރު އެއާޕޯޓެއް ވެސް އަޅައިފި އެވެ. މަގުތައް ހަދައި އަވަށުގެ އާބާތުރަ ފިލުވައިފި އެވެ.

އެކަމަކު މި މަންޒަރު ބަލަން ތިބި އިންޑިއާގެ 200 މިލިއަނަށް ވުރެ ގިނަ މުސްލިމުންނަށް އަޔޯދިއާގެ ވަށައިގެން ފެންނަނީ ދީނީ ހަމަނުޖެހުމާއި ތަޅާފޮޅުމާއި ބިރުވެރި ކުރިމަގެވެ. އަނެއްކޮޅުން ހިންދީ އެކްޓިވިސްޓުން ތިބީ މިސްކިތް ހުރި ތަން ނޫން އެހެން ތަނެއްގައި ފައްޅި އެޅުމަށް އަމުރުކޮށްދިނުމަށް އެދި މުސްލިމުން އިސްވެ ކޯޓަށް ހުށަހެޅި މައްސަލަތަކުން ވެސް މުސްލިމުންނަށް ކުރި ނުލިބުމުން ފަހުރުވެރި ވެފަ އެވެ.

އިންޑިއާގެ އަޔޯދިއާގައި ހުރި 16 ވަނަ ގަރުނުގެ އާސާރީ މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި ހަދާ ހިންދީންގެ ފައްޅީގެ މަސައްކަތް ޑިސެމްބަރު 29، 2023 ގައި ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގައި އަޣުލަބިއްޔަތު އޮތް ހިންދީންނަށް މި ފައްޅި ހުޅުވުން ކިތަންމެ އުފާވެރި ވިޔަސް، މުސްލިމުންނަށް ފެންނަނީ އަހަރުތަކެއް ކުރީގެ އަނިޔާވެރި މާޒީ އެވެ.

"ބައްޕަ ދިރިހުއްޓާ އަންދާލީ ހިންދީންގެ ބަޔަކު ބައްޕަ ފަހަތުން ދުވެ އަތުލައިގަތުމަށް ފަހު، ތެޅިފައި އޮތް ބިއްލޫރި ފުޅިއަކުން ހަމަލާ ދިނުމަށް ފަހު،" އުމުރުން 52 އަހަރުގެ މުހައްމަދު ޝާހިދު އޭއެފްޕީ އަށް ބުންޏެވެ.

"އަހަންނަށް މި ފައްޅިން ރަމްޒުކޮށްދެނީ ގަތުލްކުރުމާއި ފަނާކުރުން."

މިއީ އިންޑިއާގެ އެތައް މުސްލިމުންނެއްގެ އިހްސާސެވެ. އެކަމަކު މި އަނިޔާވެރި މާޒީ މޯދީ ބޭނުންކުރައްވާނީ އަލުން ވެރިކަން ހޯއްދެވުމަށެވެ. -- އޭއެފްޕީ

81 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަބުނީ

21 January 2024

ބިލާލު ނަމުގަ ކޮމެންޓު ކުރި ސޮރައްވެސް ނުކެރުނުދޯ ހަރުބީ ނުވަތު ނަމެއް ޖަހާލަންވެސް. ކަލޯ މިތާކު ތިޔަ ކުޅި ކުޅެން ހިތުނުލާތި. ކިތައްމެ ރުޅިއަޔަސް ނަސްރު ދެއްވާނީ އިސްލާމްދީނައް

The name is already taken The name is available. Register?

-ޚާން

21 January 2024

އިންޑިޔާއަކީ ހިންދޫންގެ ބިމެއް ނޫން. ޢަރަބިންގެ ބިމެއް. މުސްލިމުންގެ ބިމެއް. ފަލަސްތީނަކީ ވެސް ޢަރަބިންގެ ބިމެއް މުސްލިމުންގެ ބިމެއް. ޔަހޫދީންގެ ބިމެއް ނޫން. މޯދީ މިހާރު ދަނީ މިސްކިތް ތަޅާލާ ރާމް ކަލާންގެ ފައްޅި އަޅަމުން. ޔާ ﷲ މުސްލިމުނަށް ނަސްރު ދެއްވާންދޭވެ

The name is already taken The name is available. Register?

އާދަން ނަސީރު

21 January 2024

ތީ ގައުމިއްޔަތު

The name is already taken The name is available. Register?

ޒަމްޒަމާން

21 January 2024

އިންޑިޔާގެ ސެކިޔުލަރ ފިކުރު ކޮންގްރެސް ދޯ ކަލޭމެނަށް ރަގަޅީ ރާއްޖޭގައި ސެކިޔުލަ ނުބައި

The name is already taken The name is available. Register?

މަބުނީ

21 January 2024

މިތާނގަ އޮއްނަން ކަލޭ ބޭނުންވާ ގޮތް ބުނެދޭން ސީދާ ޕޮއިންޓައް އާދެބަލަ. މިތާކު ފާޑު ފާޑު ހަދަ ހަދައިގެން އުޅޭ ދީންތަކަކައް ޖާގައެއް ނެތް

The name is already taken The name is available. Register?

ގަނޖ

21 January 2024

މުސްލިމުންނަށް މިއަދު އެނޫން ގައުމުތަކުގައި ސަލާމަތުން އުޅެވެނީ ބާރުގަދަ ކަމަކުން ނޫން. ވަކި ދީނަކާ ޒާތީވެނުގަތުމުގެ ޢަދުލުވެރި ހަމަ ގެންގުޅޭތީވެ. އެއީ އިސްލާމްދީން ދަސްކޮށްދިން އިންސާފެއް. އެކަމަކު ރެޑިކަލް އިސްލާމް އޮންނަ ރާއްޖެ ކަހަލަ ގައުމުތަކުގާ ކަން ކުރެވެނީ ކިހިނެއް

The name is already taken The name is available. Register?

ޝަޒީ

21 January 2024

މުޙައްމަދު ބިން ޤާސިމާއި ހައްޖާޖް ބިން ޔޫސުފާއި ހިންދުކަރަ ފަތަހަކޮށް ފައްޅި މުގުރާ މިސްކިތް އެޅި ވާހަކަޔަށް ފާރޫޤް ޙަސަން ވާހަކައެއް ވެސް ނެރެފައި އޮވޭ. މަ ވަރަށް ކުޑަ އިރު ކީން އެ ފޮތް. ވަރަށް ރީތި ވާހަކައެއް.

The name is already taken The name is available. Register?

ބަރުބަރީ

21 January 2024

އިސްރާޢީލްގައި ވެސް މުސްލިމުން އެ ތަން ހިފުމުގެ ކުރިން ހުރީ ޔަހޫދީންގެ ގޭގެޔާއި ޓެންޕަލް.

The name is already taken The name is available. Register?

ފާރޫޤް ޙަސަން

21 January 2024

ހަމަ މުސްލިމުންގެ ތާރީޚް ފޮތްތަކުގައި އެވަނީ މުހައްމަދު ބިން ޤާސިމް ހިންދު ފަތަހަ ކުރިވާހަކަޔާ ބުދު ފައްޅިތައް މުގުރާ މިސްކިތް އެޅި ވާހަކަ. ދެން އެމީހުނަށް އަދު ބާރު ލިބުނީ މަ ބުދުކޯލު އަޅާނެ. މިޔަކު އަދުލުގެ ލޮލުން ބަލާނަމަ މަައްސަލައެއް ނެތް. ދެން ދެ ފަރާތުން ވެސް ދޫ ދޭންވީ . މުސްލިމުން ވެސް ދޫ ދޭންވީ ހިންދޫން ވެސް ދެވެން އޮތިއްޔާ ދޭންވީ. ދީގެން ސުލްހާގައި އުޅޭން ދަސްކުރަންވީ.

The name is already taken The name is available. Register?

މަބުނީ

21 January 2024

އިސްލާމް ދީން ފިޔަވާ އިތުރު ހައްގު ދީނެއް ނުއޮވޭ. ދެން އެކަމަކު މަބުންޏަސް ހިތައް ގައުވެފަ ތިބި ބައެއް ވެއްޖިއްޔާ ގަބޫލެއް ނުކުރާނެދޯ

The name is already taken The name is available. Register?

އެހެން

20 January 2024

ޗައިނާގެ ކަބަރު ސެންސަރުވީމާ އެގައުމުގަ އިސްލާމީ ދަރިކޮޅެއްނެތި މިސްކިތްތައް ފުޑިގެން ދިޔައިރު ރޭކާވެސް ނުލައެވެ.

The name is already taken The name is available. Register?

އަޅި އަލީ

20 January 2024

މޯދީ ނޫން ގޮތެއް! ރާހުލް ގާންދީ ބޭނުންވަނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454