ޚަބަރު / މޯލްޑިވިއަން އެއާލައިން

ޝެޑިއުލް ފްލައިޓަށްވުރެ ބަލި މީހުން އުފުލާ ދަތުރަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފި

މޯލްޑިވިއަން އެއާލައިންގެ ބޯޓެއް: އުސޫލު ބަދަލުކޮށްފައިވަނީ ޝެޑިއުލް ފްލައިޓުތަކަށް ވުރެ ބަލި މީހުން އުފުލަން އިސްކަން ދޭ ގޮތަށް

ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފި އެވެ.

އުސޫލަށް ބަދަލު ގެނައީ ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެނިކޮށް އުމުރުން 13 އަހަރުގެ ކުއްޖަކު ނިޔާވީ، މާލެ ގެނައުން ލަސްވެ، އިތުރު ފަރުވާ ވެސް ލަސްވުމުން ކަމަށް އެ ކުއްޖާގެ އާއިލާ އިން ކުރާ ތުހުމަތުތަކާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން "މިހާރު"އަށް ވިދާޅުވީ ފާއިތުވީ 10 ވަރަކަށް އަހަރު އަމަލު ކުރަމުން އައި އުސޫލުގައި ބަލި މީހާ އުފުލުމަށް ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިޖަމެންސީގައި މީހުން އުފުލެނީ ހޮސްޕިޓަލުން ފުރަތަމަ މޯލްޑިވިއަންއަށް ޑިކްލެއާކޮށް، އާސަންދަ އެޕްރޫވްކޮށް އެކަން އާސަންދައިން މޯލްޑިވިއަންއަށް އެންގުމުން ކަމަށެވެ. އަދި ބަލި މީހާ ގެންނަނީ މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓުތަކުން ހުސްވަގުތު ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުން ފެށިގެން އަމަލު ކުރަން ފަށާ އާ އުސޫލުގައި ހޮސްޕިޓަލަކުން މޯލްޑިވިއަނަށް އިމަޖެންސީ ހާލަތެއް އަންގާ ހިސާބުން އާސަންދައިގެ އެޕްރޫވަލްއަށް މަޑުނުކޮށް، ބަލި މީހާ ގެންދަން އިސްކަންދޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން ބަލި މީހާ އުފުލާނެ. ވަގުތުން ވަގުތަށް މިއަދުން ފެށިގެން ދެން އެ ކަންތައް ހިނގަމުން ދާނެ. އެހެންވީމާ އެ އަންނަ ލަސްވުމެއް ދެން ނޯންނާނެ. މިއީ ސީދާ ރައީސްގެ އިސްނެންގެވުމަކަށް ރައްޔިތުންނަށް ހިދުމަތް މިހާރުން ފެށިގެން ދިނުމަށް ގެނައި ބަދަލެއް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައީސް ވެރިކަމަށް ވަޑައިގެންނެގުމުގެ ކުރިން ވައުދުވެވަޑައިގެންފައިވާ ގޮތަށް އެއާ އެންބިއުލާންސްގެ ހިދުމަތް ދިނުން ކަމަށާއި އެ ހިދުމަތް އަންނަ މާޗު މަހު ފެށޭނެ ކަމަށެވެ.

"އެމަޖެންސީ ހާލަތަށް ހާއްސަ 24 ގަޑިއިރު ތައްޔާރީ ހާލަތުގައި ސިއްހީ ހިދުމަތްތެރިންނާއި މަތިންދާބޯޓާއި ކުރޫންނާ އޮންނަ ގޮތް ފެށިގެން ދާނެ 1 މާޗުން ފެށިގެން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނައީ ޖެހިގެން އައި ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ފުރުވާ ނުލެވި ލަސްވީ، އާސަންދައިގެ އެހީގައި ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ. ވިލިނގިލި ހޮސްޕިޓަލުން ކުރަންޖެހޭ ކަންކަން ނިންމިޔަސް މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ކޫއްޑު އަށް ދިއުން ލަސްވެ، އިތުރު ފަރުވާއަށް ކުއްޖާ ފޮނުވާލުން ލަސްވީ ކަމަށް އެނގިފައިވެ އެވެ.

އެކަމަކު، އެ ކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އަދި ވާހަކައެއް ނުދައްކަ އެވެ.

96 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 3%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިގްބާލް ހަސަން

21 January 2024

މިދިޔަ 10 އަހަރު އޮތް ގަވާއިދު ބަދަލްކޮށްލަން ކެރުނު ނޫނީ ގާބިލްކަން ހުރި ވެރިޔަކަށް މިވީ އަދުގެ ރައީސް ޑރ.މުއިއްޒް. (ނޯޓ.ކުރިންވެސް މިކަހަލަ ދެރަ ހާދިސާ ހިގި)

The name is already taken The name is available. Register?

ފާތުން މުހައްމަދު

21 January 2024

ވަރަށް ރަނގަޅު ނިންމުމެއް. ފަހުން ނަމަވެސް ތި ގެނައީ.

The name is already taken The name is available. Register?

މާޝިތާ

21 January 2024

ރަނގަޅު ނިންމުމެއް. ދެން މަދުވާނެ ހަމަ ގައިމުވެސް އިއްޔެއް ދިމާވި ކަހަލަ ދެރަ ހާދިސާ.

The name is already taken The name is available. Register?

ސޫދާ މުހައްމަދު

21 January 2024

މިދިޔަ ހުރިހާ ސަރުކާރުގަވެސް މިކަހަލަ ހާސިދާތައް ހިގި. ނަމަވެސް މިކަހަލަ ހައްލު ލިބޭ ފިޔަވަޅެއް އަޅާވެސް ނުލެވުނު. މުއިއްޒްގެ ސަރުކާރުން މިކަހަލަ ހައްލު ގެންނަން މިއެނގުނީވެސް.

The name is already taken The name is available. Register?

ސުނާން މުހައްމަދު

21 January 2024

ޝުކުރިއްޔާ ސަރުކާރު. ކަމެއް ވެގެން ނަމަވެސް މިކަން މިހެން ކުރީމަ ހަމަ ރަނގަޅު.

The name is already taken The name is available. Register?

ސީތާ

21 January 2024

އަހަރެމެން އޯކޭ ކޮށްގެން ނަގައިގެންދާ ޓިކެޓަށް އަހަރެމެންނަށް ދަތުރުކުރެނެވީ ޑަބަލް އަގުދީގެން ޓިކެޓްނަގައިގެން ހުންނަ ޓޫރިސްޓަކު ނެތްނަމަ. އެމީހުން ގިނަފައިސާދޭތީ އިސްކަންދެނީ އެމީހުންނަށް. ހަމަ މިއުޞޫލުން ބަލިމީހާއަށްވެސް އިސްކަންދެވެން ޖެހޭނެ. އިއްޔެ ނިޔާވެގެންއެދިޔައީ ތިބާގެ ދަރިއެއްނަމަ ނުވަތަ ތިބާގެ ކޮއްކޮއެއްނަމަ ތިބާއަށް ހަމަ އަޅާނުލާ ހުރެވޭނެތޯ؟؟

The name is already taken The name is available. Register?

އަލްމާާ

21 January 2024

10 އަހަރުގެ އުސޫލަށް ހިތަކަށް އެކައްޗެކޭވެސް ނާރުވާ ބަދުލު ގެނެސް ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށް ބަދަލު ކޮށްނިންމި ރައީސް އަށް ފަށް ފަށުން ޝުކުރު އަދާކުރަން.

The name is already taken The name is available. Register?

ނާއިލްް

21 January 2024

10 އަހަރު ވެގެން ދިޔައިރު ކަންކަން މިހާލަތުގަ އޮތުމަކީ ހިތާމަ ވެރި ކަމެއް. މިކަން މިހާރު މުއިއްޒު ބަދަލު ކުރި ގޮތަށް ބަދަލު ކުރުމުން އެއްވެސް ދަތި ކަމެއް ނެތި ބަލި މީހާ ގޮވައިން ދާން ޖެހޭ ތަންތަނަށް ދެވޭނެ. މިހެން ކުރިންވެސް ކަންކުރަން ޖެހޭނީ

The name is already taken The name is available. Register?

ލަޔާންް

21 January 2024

ކަމެއް ވާނީ ބުނެފައެއް ނޫން. ކަމެއް ވީމަ އޭގެ އެންމެ ބުއްދިވެރި ގޮތަކީ އެކަމަށް އެޓެންޑް ވެ ކުރިޔަތް އޮތްތާ އެކަން އިސްލާހު ކުރުން. މުއިއްޒުގެ އެންމެ އަޅައިގަންނަ ތަފާތު އެއް ކަމަކީ މިކަހަލަ ކަންކަން. އަޅާ ނުލާ ދޫކޮށްނުލާނެ. އެކަމަށް އެޅެން އޮތް ފިޔަވަޅު ވީ އެންމެ އަވަހަކަށް އަޅާނެ

The name is already taken The name is available. Register?

ހައިލަމް

21 January 2024

މިކަން ކަން ރައީސް މުއިޒްއަށް ކުރެވެންޏާ ކީއްވެތަ ކުރީން އައިވެރިންނަށް ނުކުރެވުނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454