21 ޖެނުއަރީ 2024 - 11:39
ފްލައި ސްކޫލަކާއި އިތުރު އެހެން ވަސީލަތްތަކެއް ގާއިމުކޮށް، ފުވައްމުލަކު އެއާޕޯޓު ރަންވޭގެ އޮރިއަންޓޭޝަން ބަދަލުކޮށް ރަންވޭ ދިގުކުރުމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާ އެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން މަޝްވަރާތައް ފަށައިފި އެވެ.
އާރްއޭސީއެލްއިން ބުނި ގޮތުގައި ފުވައްމުލަކު އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓުގައި ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓް ޖެއްސޭވަރަށް ރަންވޭ ބޮޑުކުރުމާއި، ޖެޓް ޕާކިންއަށް ހާއްސަކޮށް އޭޕްރަންގެ ޖާގެ އިތުރު ކުރުމާއި ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފްލައިން ސްކޫލެއް ގާއިމުކުރުން ހިމެނެ އެވެ.
އާރްއޭސީއެލް އިން ބުނި ގޮތުގައި، ކައުންސިލާ އެކު ކުރި މަޝްވަރާގައި، އެއާޕޯޓުގެ ރަންވޭ ބޮޑުކުރެވެން ހުރި ގޮތްތަކުގެ މައުލޫމާތު ވަނީ ކައުންސިލަށް ދީފަ އެވެ. އަދި އެއާޕޯޓު ތަރައްގީގެ މާސްޓާ ޕްލޭނާ ބެހޭގޮތުން ވެސް މަޝްވަރާކުރި ކަމަށް އާރްއޭސީއެލްއިން ބުންޏެވެ.
މީގެ އިތުރުން އެއާޕޯޓާ އިންވެގެން އޮންނަ ހުސްބިމުގައި ޓޫރިޒަމް ޒޯނެއް ހެދުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.
ފުވައްމުލަކު އެއާޕޯޓަކީ އާރްއޭސީލްއިން އޮޕަރޭޓުކުރަމުން އަންނަ ހަ އެއާޕޯޓުގެ ތެރެއިން އެއް އެއާޕޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިހުނާ މުހައްމަދު
22 January 2024
ފުވައްމުލަކަށް މި ސަރުކާރުން ތަރައްގީ ގެންނާނެ. ދެރަ ގޮތް ނަހަދާނެ.
އަލީމު
21 January 2024
މާލޭ "ބިންވެރިން" ނާ އެންމެ ރެއަކުން "ސައްލާ" ކޮށް އެނިންމާލަނީ. ރާއްޖެތެރޭ މީހުންނާ "މަޝްވަރާ" ކޮއްލަ ކޮއްލާ ފަސްއަހަރު ދުއްވާލާނެ! ކައިރީގަ ބޮޑު ދެއަތޮޅު އެބައޮތް: ކީއްވެ ގޭން "އިންޓަނޭޝަނަލް" ގަ މަރު ތަޅުއަޅުވައިގެން ތިއުޅެނީ؟ ކީއްވެ ހުވަދު އަތޮޅުގަ އިންޓަނޭޝަނަލް އެއާޕޯޓެއް ނޭޅިގެންތިއުޅެނީ؟ އެއީ ދެކުނުގެ ޓުއަރިޒަމް ހަބަކަށް ހެދެން އޮތް ތަނެއް. މިކަންތަކުން އެގެނީ ތި "މަޝްވަރާ" އަކީ އެއްވެސް އިޚުލާސްތެރިކަމެއް ހުރި އެއްޗެއްނޫންކަން!
މޭޔަރު ސައުދު އަލީ
21 January 2024
ތިނަދޫ ސިޓީ ކައުންސިލުން ކާޑެއްދޫ ތިނަދޫގެ ބުރިޖުއަޅާ ކާޑެއްދޫ އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާގޮތަށްވަނީ ހަމަޖެހިފައެވެ
ޔަުސުފްބެ ތިނަދޫ
21 January 2024
ތިހެން ކިޔަކިޔާ ހުއްޓާ ރިޔާސީ އިންތިހާބުގަ ތިނަދޫއިން ބޮޑުތަފާތަކުން އެމްޑީޕީ ބަލިވެގެން ދިޔައީވެސް
ގައްލީށާ.
21 January 2024
އަްޑޫ ބުރިޖް އަޅާ ނިމިޖއްޖެތަ ؟
ފައިޔޫ
21 January 2024
އަފުން ހައްދާލަން މޮޅު ޕުލޭނެއް ކުރަހާލަނީ ދީ
އަލީމު
21 January 2024
މަޖިލިސް އިންތިޚާބު ގާތްވާ ވަރަކަށް ތިކަހަަލަ "މަޝްވަރާ" ކުރާނެ!!!
ސުފްޔާން
21 January 2024
އިންޓަރނޭޝަނަލް ކިޔަންޏާ ޖެހޭނެ އިންޓަރނޭޝަނަލް ފެންވަރުގެ އެއާރޕޯޓް ހުންނަން. ވަރަށް މުހިންމުކަމެއް ތީ
ކައިލް
21 January 2024
ފުވަށްމުލައް، އައްޑޫ، މިހެންގޮސް ހުރިހާ ބޮޑެތި ރައްތަކުގަ އެބަޖެހޭ އެއާރޕޯޓް މި ލެވެލްގަ ޖެއްސެން
ކާވެނި.
21 January 2024
ދނެް ސަމާސާ ނުކޮށްބަލަ. އަހަރުމެން ހިތް ހަމަޖެހެއޭ މާތްވެގެންވާ މުޤަްދަސް ރަށްކޮޅުގައި ބޮޑެތި އެއަރޕޯޓް ތަކާއި ބުރިޖު ތަކާއި އުސް އިމާރާތް ހުރީމަ. ކޮންމެހެން ތިރަށްރަށުގައި އަޅާނަމޭ ބުނެ މަލާމާތް ނުކުރިޔަސް އެންމެ ރަނގަޅޭ.
4
21 January 2024
އަދިވެސް ފުލައިން ސްކޫލު އޮޕަރޭޓުކުރޭތަ؟ ލަންކާމީހުން ކުދިންގެ ޓިއުޝަންފީކޮޅު ހިފައިގެން ރައްކާވީތަ؟
ތަރައްޤީ
21 January 2024
ބޭކަރު ކަމެއް. ގަން އެއަރޕޯޓް ތަރައްޤީކޮށް އަދި ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް ބޮޑު އެއަރޕޯޓެއް އަަޅައި، ސ، ޏ. ގއ، ގދ އަދި ލ މެދުގައި ރީޖަނަލް ނެޓްވޯކެއް ޤާއިމުކޮށް، އިންޓަނޭޝަނަލް ދަތުރުތައް ފެއްޓީމަ ތިކަން ހައްލުވީ. އަދި މާލެ އާއި ދެމެދު ކުރާ ދަތުރުތައް ގަން އަދި ހުވަދޫ އިންޓަނޭޝަނަލް އެއަރޕޯޓް ދެމެދު ކުރީމަ ޚަރަދުވެސް ކުޑަވީ. މި ގޮތަށް އުތުރުގައި ވެސް.
ދޮން ހަސީނާ
21 January 2024
އައްޑުއާއި ލާމުގައި 2 އެއާރޕޯޓު ހެދުމުގެ ބަދަލުގައި 2 އަތޮޅު މެދުގައި އޮންނަ ފުވައްމުލަކުގައި 1 އެއާރޕޯޓް ތަރައްގީކުރީމަ މާރަނގަޅުނޫންތޯ... ޚަރަދުވެސް މާކުޑަވާނެ.
މޭޔަރު ސައައުދު އަލީ
21 January 2024
ކަލެއަކަށް ނޭގޭނެ ތަރައްގީކުރަން ޖެހޭނެގޮތެއް
ގުއި ފުނަދޫ.
21 January 2024
ހަދާ ނިމިފައި އޮތް އައްޑޫ އެއަރޕޮތްގައި ޓާމިނަލް ގަނޑެއް އަޅާ ނުދިން ބަޔަކު ހުވަދޫގައި މުޅިން އަލަށް އެއަރޕޯޓެއް އަޅާނެ ކަމަށް ހީކުރުމަކީ ވަރަށް މޮވަ ކަމެއް. އެމީހުން މާތްވެގެންވާ މުޤައްދަސް ރަށާއި ދުރުގައި އެއްވެސް ކަމެއް ނުކުރާނެ.
މުޖާ
21 January 2024
މިލެވެލްއަށް މިގައުމުގެ ވެރިން ވިސްނައިގެންނޫން ގޮތަކަށް މިގައުމު ތަރައްގީއެއް ނުވާނެ.