ފުވައްމުލަކަށް އައްޑޫއިން ގެންދާ ފަޔާ ލޮރީ--- ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
02 ސެޕްޓެމްބަރ 2025 - 19:51
ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވެ، ވަގުތީ ގޮތުން އެ އެއާޕޯޓަށް ދަތުރުތައް ހުއްޓާލުމުން، އައްޑޫއިން ފަޔާ ޓްރަކެއް ފުވައްމުލަކަށް މިރޭ ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.
ފުވައްމުލަކު އެއާޕޯޓްގެ ފަޔާ ޓްރަކަށް އިއްޔެ ދިމާވި މައްސަލައާ ގުޅިގެން، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގައިޑްލައިންތަކާ އެއްގޮތަށް އެ އެއާޕޯޓްގެ ދަތުރުތައް މިއަދު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
ރީޖަނަލް އެއާޕޯޓުތައް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އައްޑޫއިން ގެންދާ ފަޔާ ލޮރީ ލޭންޑިން ކްރާފްޓެއްގައި ފުވައްމުލަކަށް ގެންދިއުމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ފޮނުވާ އެ ފަޔާ ލޮރީ މިރޭ ފުވައްމުލަކަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވެފައިވަނީ ފުވައްމުލަކު އެއާޕޯޓުގައި އޮންނަ ފަޔަ ޓްރަކް، ރަންވޭ މަތީގައި އޮއްވާ އިންޖީނު ހަލާކުވެގެން ހުއްޓުނީ ކަމަށެވެ. އެ މައްސަލަ ހައްލުކުރަން އެމްއޭސީއެލްގެ ޓެކްނިކަލް ޓީމެއް ރޭ ކަނޑުމަގުން ފުވައްމުލަކަށް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނި އުވާލުމަށްފަހު އެމްއޭސީއެލްއާ ހަވާލު ކުރުމުން ރީޖަނަލް އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން އާއި ފަޔަ ފައިޓިން ސާމާނުގެ ހާލަތު އެމްއޭސީއެލްއިން ބަލަން ފަށާފައިވާ ކަމަށެވެ.
"އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. އަޅުގަނޑުމެން ގެންދިޔައީ އިމަޖެންސީކޮށް އެއްޗެހި ގަތުމުގެ ޕްރޮސެސްއެއް ފައްޓައިގެން. އެކަމަކު ފަޔަ ފައިޓިން އެއްޗެހި ގަންނައިރު ވަރަށް ބައިވަރު ކަންކަން އެބަ ބޭނުންވޭ ކަސްޓަމައިޒް ކުރަން،" ޝަރީފް ވިދާޅުވި އެވެ.
އެއާޕޯޓުތަކާ ހަވާލުވި ގޮތަށް އެ ތަކެތި ގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާސިހު
03 September 2025
އެއަރޕޯރޓްތައް އަޅަމުންދަނީ މެނޭޖް ކުރެވޭ ވަރަަަައްވުރެ ގިނައިން. މީ އެކަމުގެ ނަތީޖާ.
އޮނަރަބްލް އަފީފު ދީދީ
03 September 2025
އަވަށްޓެރި ފުވައްމުލަކު ސިޓީގެ ރައްޔިތުނަށް ލިބުނު ގެއްލުމަށް އަހަރުމެން އައްޑޫ ރައްޔިތުން ދެރަވޭ. މާލޭސަރުކާރު ސިޔާސަތު ކަނޑައަޅާ ތަންފީޒު ކުރަންތިބޭ އެރަށު ބިންވެރިންނަށް އެހެން ރަށްރަށުގެ ރައްޔިތުންގެ މަސްލަހަތުހުރި އެއްވެސްކަމަކަށް އިސްކަމެއްނުދެވޭނެކަމާއި، އެފަދަކަންކަމާއިމެދު އެރަށުމީހުން ސީރިއަސް ނުވާނެކަން މިފަދަކަންކަމުން ރީއްޗަށް އެގި ހާމަވެގެންދޭ. ވަގުތީހައްލަކަށް އައްޑޫ އެއަރޕޯޓް ފަޔަރ ޓްރެކް ފޮނުވީމަ އައްޑޫމީހުން ވަރަށްބޮޑަށް އުފާވޭ.
އޮނަރަބްލް އަފީފު ދީދީ
03 September 2025
ފުވައްމުލަކު އެއަރޕޯޓްގެ ފަޔަރ ޓްރަކް ބަލަހައްޓާ ސާވިސް ކުރަން ކުރާންޖެހޭ ކަންކަން މާލޭސަރުކާރުގެ ފަރާތުން ނުކޮށް އޮތުމުގެ ސަބަބުން ޓްރަކް ހަލާކުވެ އެއަރޕޯޓް ހުއްޓުމުން Addu GAN International Airport ހައި އޮތް ފަޔަރ ޓްރަކެއް ފޮނުވަައިގެން ވަގުތީ ހައްލެއް ހޯދިއްޖެ. މިފަދަ ކަންކަމުން އިބުރަތް ޙާސިލްކޮށްގެން ކ.މާލޭ އެއަރޕޯޓަށ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ދުނިޔެއާއި ރާއްޖޭގެ ވައިގެގުޅުން ކެނޑިގެން ނުދާނެފަދަ ގޮތަކަށް ކަންކަން އިންތިޒާމް ކުރަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
03 September 2025
ކ.މާލޭ އެއަރޕޯޓް އަޅާފައިއޮތް ޑައިރެކްޝަންއަކީ ދެން ބަދަލުކުރެވޭނެ އެއްޗެއްނޫން. އެރަށު އެއަރޕޯޓް ރަންވޭ އޮންނަގޮތުން އައްޑޫ އެއަރޕޯޓާއި ޙިލާފަށް ހުޅަޤުމޫސުމުގައި ވައިގަދަވެ ވިއްރާސަވީމާ ކ.މާލޭ އެއަރޕޯޓަށް ނުޖެއްސިގެން ކޮންމެއަހަރަކު އެތައްބޯޓެއް އަވައްޓެރި ސިލޯނަށް ޑައިވާޓް ކުރަމުންދޭ. އެކަމަކު މާލޭސަރުކާރާއި އެރަށު ސައުދާޤަރުންނާއި ކ.މާލޭގެބިންވެރިން ބޭނުމެއްނުވޭ އޯލްޓަނޭޓިވް އެއަރޕޯޓަކަށް އައްޑޫ އެއަރޕޯޓްހަދަން ގޭން އެއަރޕޯޓް ތަރައްޤީކުރާކަށް.
ޖަމީން
03 September 2025
ސަޅި..ދެން ލޭންޑިނގްކްރާފްޓެއް ބާއްވާ އައްޑޫއިން ފްލައިޓް ފުރަންވީމަ ގެންނާނީ..އަނެއްކާ ފުވައްމުލަކުން ފްލައިޓެއް ފުރަންވީމަ ގެންދާނީ .
އޮނަރަބްލް އަފީފު ދީދީ
03 September 2025
އަހަރުމެންވެސް އެދެނީ ކަމެއް ދިމާ ނުވުން. އެހެން ނަމަވެސް ކަމެއް ދިމާވެދާނެ ކަމަށްޓަކާ ފިޔަވަޅު އަޅައިގެން ތިބުމަކީ މުހިންމު ކަމަކަށްވާތީ، އަދި މިކަމުން ފިލާވަޅެއް ދަސްކޮށްގެން މާލޭއެއަރޕޯޓަށް އެއްވެސް ހާލަތެއްގައި ބޯޓް ނުޖެއްސޭނެ ގޮތް ދިމާވެއްޖެނަމަ ކައިރީގައި އޮތް އެހެން ޤައުމެއްގެ އެއަރޕޯޓް އޯލްޓަނޭޓިވް އެއަރޕޯޓްގެ ގޮތުގައި ބޭނުން ކުރާން ނުޖެހޭގޮތް ހެދުމަށްޓަކާ މިކަމަށް ބޭނުންވާ ކަންކަން GAN International Airport ފުރިހަމަ ކުރަންވީ ނޫންތޯ؟
މަކީނާ
02 September 2025
ގައުމުގެ ނިކަމެތި ހާލަތު. އެސެޓަށް އިންވެސްޓް ނުކޮށް ފައިސާ އިސްރާފު ކުރަނީ.
ގަހުރަމު
02 September 2025
މިޔޮށް ވިއްސާރައިގަ ތިޔަ މޫދަށް ވައްޓާނުލާތި
ޗިލްކޭ
02 September 2025
އެމް،އޭ،ސީ.އެލްގެ ހާލަތު ވަކި ރަނގަޅުތަ؟ ހަމަ އަހާލީ. އައި.ކޭ.އޯ އޮޑިޓެއް ހަދައިފިނަމަ ރާއްޖޭގެ ސިވިލް އޭވިއޭޝަން ސަސްޕެންޑްކުރާނެކަން ގައިމު. ރަނގަޅު އެއްކަމެއްވެސް ނެތް.
ރަދީފްއޮފިޝަލް /
03 September 2025
އައި.ކޭ.އޯ އޮޑިޓެއް ؟؟؟ މިއީ ކޮން ޖަމިއްޔާއެއް ތޯ؟
އަފުންގެ ކުދޭ
02 September 2025
ޢަފުންނަކީ އެވޭލާ ޒަމާނުއްސުރެން ފެށިގެން އެއްބަނޑު 2 ބަފާ ބައެއް! ޢެންމެ 2 ތި އޮންނަ އިރު އެކަތި އެ ފޮނުވީ
އަފިންގެ ބޫދޭ
03 September 2025
އަހުން ހީކުރީ މިހާރު އައްޑޫގައި އަލިފާން ނިއްވާ ލޮރީ އުފައްދަނީކަމަށް.