ޏ. ފުވައްމުލަކު އެއާޕޯޓް: އެތަނުގެ އޮޕަރޭޝަންސް ވަނީ ހުއްޓުމަކަށް އައިސްފައި
02 ސެޕްޓެމްބަރ 2025 - 11:25
ފަޔަ ލޮރީއަށް މައްސަލައެއް ދިމާވެ ފުވައްމުލަކު އެއާޕޯޓު ވަގުތީގޮތުން ބަންދުކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސް އުވާލުމުގެ މަސައްކަތް ފެށުމުން މިހާރު އެމްއޭސީއެލް އިން ހިންގަން ފަށާފައިވާ އެ އެއާޕޯޓަށް ދަތުރުކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަނުން އެކަންޏެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފުވައްމުލައް އެއާޕޯޓު ވަގުތީ ގޮތުން އިއްޔެއިން ފެށިގެން ބަންދުކުރަން ނިންމީ ފަޔަ ލޮރީއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް އުވާލުމުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ވެސް ގްރައުންޑް ހޭންޑްލިން އާއި ފަޔަ ފައިޓިން ހޭންޑްލިން ސާމާނުގެ ހާލަތު ބަލަން ފަށާފައިވާ ކަމަށެވެ.
"އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. އަޅުގަނޑުމެން ގެންދިޔައީ އިމަޖެންސީކޮށް އެއްޗެހި ގަތުމުގެ ޕްރޮސެސްއެއް ފައްޓައިގެން. އެކަމަކު ފަޔަ ފައިޓިން އެއްޗެހި ގަންނައިރު ވަރަށް ބައިވަރު ކަންކަން އެބަ ބޭނުންވޭ ކަސްޓަމައިޒް ކުރަން،" ޝަރީފް ވިދާޅުވި އެވެ.
އެއާޕޯޓުތަކާ ހަވާލުވި ގޮތަށް އެ ތަކެތި ގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކު އެއާޕޯޓަށް ދިމާވެގެން އުޅޭ މައްސަލަ ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެ އެއާޕޯޓުގައި އޮންނަ ފަޔަ ޓްރަކް، ރަންވޭ މަތީގައި އޮއްވައި އިންޖީނު ހަލާކުވެގެން ހުއްޓުނީ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްގެ ޓެކްނިކަލް ޓީމް ރޭ އައްޑޫމަގުން ފުވައްމުލަކަށް ފޮނުވާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލަ ހައްލު ކުރެވޭނެ އިރެއް ނޭނގޭ ކަމަށާއި މަސައްކަތްކުރަނީ ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށް ހިދުމަތް ދޭން ކަމަށެވެ.
މޯލްޑިވިއަންއިން ވަނީ ފުވައްމުލަކުގެ ދަތުރުތައް ހުއްޓުމަކަށް އައިސްފައިވާތީ، އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެން ހެޕީ
02 September 2025
ލާރި ހަދާލާނެ މިފަހަރު.
ދިއްދޫމީހާ
02 September 2025
އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. އަޅުގަނޑުމެން ގެންދިޔައީ އިމަޖެންސީކޮށް އެއްޗެހި ގަތުމުގެ ޕްރޮސެސްއެއް ފައްޓައިގެން އެހެންވީމާ މިވާން އުޅޭގޮތް އެބައިނގޭތާދޯ؟ދެން ފެންނަނީ ހަސަން ކުރުޝީ ލީކްކޮއްލާ ޑޮކިޔުމެންޓްތަކުން ތިޔަ ބުނާ އިމަޖެންސީކޮށް ކޮއްފަ ހުރި ވައްކަންތައް ބަލަ ކަލޭމެން ވެރިކަމަށް ދެއަހަރު ވެގެންދާއިރު ކުރީ ސަރުކާރު ނޫން އެއްޗެއް ނުކިޔާއޭ..
ޓަނަލް އިންޖިނޭރު
02 September 2025
ތިވާނީ ކުރީ ސަރުކާރު ކަމަކަށް.
ޔަގީންކަމެއް
02 September 2025
ޔަގީންތާ. ޢެއްވެސް ވަރަކަށް މަރާމާތުނުކުރެޔޭ އެއޮތީ ބުނެފައޭ. ވެރިކަމާއި ހަވާލުވިތާ 2 އަހަރު ފަހުންވެސް މަރާމާތުކުރަން އަންނަން މިޖެހެނީ ކުރީސަރުކާރަށް.
ހިންގާ ތިކަމާ އުޅެން
02 September 2025
މިދަނޑިވަޅުގަ ބަޖެޓް ހަމަޖެހޭނެ ވަރަށް ފަސޭހައިން.
ދެންނާރާނެ
02 September 2025
ދެންނާރާނެ މައްޗަކަށް އެދަނީދަށްށް އެދަނީދަށަށް މި ބުނީއެއްނުން ދެން ނާރާނެއޭމައްޗަކަށް ދެންދާނީ ހަމަދަށަށޭ !
ގަބުޅި ކަތީބު
02 September 2025
ދެންވެސް ތި އެއާޕޯޓްގަ އޮންނާނީ ހަލާކުވި އެތި. ކޮންމެވެސް ގޮތަކުން ހަލާކުވި ތަނުގަ ޕެޗް އަޅައިގެން. ނޫނީ މާލޭ އެއާޕޯޓްގަ ބޭނުންކޮށް ބެކްޔާޑަށް ލާފައިވާ އެއްޗެއް ގެންދާނީ. އާ އެއްޗެއް އެތަނަށް ގެންދާނެ ކަމަކަށް ނުބެލެވޭ.. މާލޭ އެއާޕޯޓާ އަދިވެސް މަހުޖަނުން ހިންގާ ދެތިން އެއާޕޯޓެއް ފިޔަވައި ދެންހުރި އެއާޕޯޓްތަކަކީ ދެވަނަ ދަރަޖައިގެ ތަންތަނުގެ ގޮތުގަ ބަޔަކު ދެކޭ..
ކަޅޮ އަކިރިގަނޑޮއާ ދިމާއެން..
02 September 2025
ފުވައްމުލަކު އެއާޕޯޓަށް ފުރަން ގޮސް ތިބި ބައެކޭ ފޮޓޯގަ އެތިބީ؟ ކުއްލިއަކަށް ފުވައްމުލަކު އެއާޕޯޓަށް ހާދަބޮޑު ބަދަލެކޭ މިއައީ ދޮއްތޮ؟
ހަގީގަތު88
02 September 2025
އައްޑޫ ކޮޅުން ބަޔަކު ފޮނުވާ ތިކަން ކޮއްލަބަލަ . މިތާ ގިނަވާނެ ސަރޓިފިކޭޓް ނެތަސް ވަރަށްފުރިހަމަޔަށް ތިކަން ކުރެވޭނެ މީހުން