ފުވައްމުލަކު ހޯދަނޑު އަވަށުގެ ކުޅީގައި މިރޭ ރޯވެ އަނދަނީ.-- ފޮޓޯ: އެމްއެންޑީއެފް
13 ފެބުރުއަރީ 2017 - 20:54
ފުވައްމުލަކުގެ ޗަސްބިން ސަރަހައްދުގައި އަނެއްކާ ވެސް މިރޭ އަލިފާން ރޯވެއްޖެ އެވެ.
މިިދިޔަ ހުކުރުދުވަހު ވެސް ފުވައްމުލަކުގެ ކުޅީގެ ދެކުނު ފަރާތުގައި އަލިފާން ރޯވި އެވެ.
މިރޭ އަލިފާން ރޯވީ ކުޅީގެ އުތުރު ފަރާތުގަ އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ޝާފީ ވިދާޅުވީ އެ ރަށުގެ ކުޅި ފަދަ ތަންތަނުގައި އަލިފާން ރޯވުން އާއްމު ވަމުންދާއިރު، އެއީ ބަޔަކު ގަސްދުގައި ކުރާ ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ފުވައްމުލަކު ހޯދަނޑު އަވަށުގެ ކުޅީގައި މިރޭ ރޯވެ އަނދަނީ.-- ފޮޓޯ: އެމްއެންޑީއެފް
"ބައެއް ފަހަރު ކުޅެ ސަކަރާތް ޖެހުމުގެ ތެރޭގައި ވެސް އެބަހުރި އަލިފާން ރޯވެފައި. މިހާރު މި ބެލެވެނީ ބަޔަކު ގަސްތުގައި ކުރާ ކަމެއް ކަމަށް،" ޝާފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޗަސްބިމުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:30ހާއިރު އެވެ. އެ އަލިފާންގަނޑު އަދިވެސް ނިއްވާ ނުލެވޭ ކަމަށް ޝާފީ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވާލުމަށް ޗަސްބިން ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙައްމަދު
14 February 2017
ރޯކުރަނީ ގަސްދުގަ. އެކަމަކު ރޯވެ މުޅިތަން އަނދަމުންދާއިރު ފުވައްމުލަކު ރައްޔިތުންނާއި ވެރިން ކުޅިބަލާ ފޮޓޮ ނެގުމުގަ. އަލިފާން ނިންވަން މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދީ ހަދާކަށް ނޫޅެ. މިއަދުގެ ކޮމިއުނިޓީގެ ހާލަތު
އަބްދުއްލާ އަލީ
13 February 2017
ގަސްދުގާ ކުރާކަމެއް ރޯވަން ދޫކޮށްލުން ނޫން ގޮތެއްނޯންނާނެ