23 ޖެނުއަރީ 2024 - 06:32
މިދިޔަ އަހަރަކީ ބޮލީވުޑަށާއި އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަށް ވެސް އެންމެ ކާމިޔާބު އަހަރު ކަމަށް އިންޑިއާގެ ބޮކްސް އޮފީހުގެ ރިކޯޑްތަކުން ދައްކައިފި އެވެ.
އިންޑިއާގެ ބޮކްސް އޮފީހުގެ މިދިޔަ އަހަރު ތަފާސްހިސާބުތައް މިހާރު އާންމުކޮށްފައިވާ އިރު، އެ ރިކޯޑްތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރު ވަނީ އިންޑިއާގެ ފިލްމުތަކަށް 12،226 ކްރޯޑް ރުޕީސް (1.5 ބިލިއަން ޑޮލަރު) ލިބިފަ އެވެ.
މިވަރުގެ އާމްދަނީއެއް އިންޑިއާގެ ފިލްމުތަކަށް ކުރިން އެއް އަހަރު ތެރޭ ލިބިފައެއް ނުވެ އެވެ.
މިދިޔަ އަހަރުގެ ކުރިން އިންޑިއާގެ ފިލްމުތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 2019 ވަނަ އަހަރެވެ. އެ އަހަރު ވަނީ 10،948 ކްރޯޑް ރުޕީސް (1.3 ބިލިއަން ޑޮލަރު) ލިބިފަ އެވެ.
ބޮލީވުޑްގެ ފިލްމުތަކަށް ލިބުނު އާމްދަނީ އަށް އެކަނި ބަލާ ނަމަ، 5،380 ކްރޯޑް ރުޕީސް (647 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. މިއީ ބޮލީވުޑަށް ވެސް މިވަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ބޮކްސް އޮފީހުގެ ރިޕޯޓްގައި ބުނީ މިދިޔަ އަހަރު އެ ގައުމުގައި 1،000 ވުރެ ގިނަ ފިލްމު އުފެއްދި އިރު، ލިބުނު އާމްދަނީގެ 40 ޕަސެންޓަކީ އެންމެ 10 ފިލްމު ލިބުނު އާމްދަނީ ކަމަށެވެ.
މިދިޔަ އަހަރު އިންޑިއާގެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީއެއް ހޯދީ ޝާހްރުކް ހާންގެ "ޖަވާން" އެވެ. އެ ފިލްމަށް ވަނީ 734 ކްރޯޑް ރުޕީސް (88 މިލިއަން ޑޮލަރު) ލިބިފަ އެވެ. ޝާހުގެ ތިން ފިލްމު މިދިޔަ އަހަރު ނުކުތެވެ. އެ ތިން ފިލްމަށް ވަނީ 1،622 ކްރޯޑް ރުޕީސް (199 މިލިއަން ޑޮލަރު) ލިބިފަ އެވެ.
އިންޑިއާގެ ބޮކްސް އޮފީހުގެ މިދިޔަ އަހަރު އެންމެ ކާމިޔާބު ފިލްމުތަކަކީ ޝާހުގެ "ޖަވާން އަދި "ޕަތާން" އާއި ސަނީ ޑިއޯލްގެ "ގަދަރު 2" އާއި ރަންބީރް ކަޕޫރްގެ "އެނިމަލް" އާއި ޕްރަބާސްގެ "ސަލާރް ޕާޓް ވަން" އާއި ރަޖްނީކާންތުގެ "ޖެއިލާ" އަދި ވިޖޭގެ "ލިއޯ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިކް
23 January 2024
ބޮލީވުޑުން ރާއްޖެ ސޫޓް މުކުރަން ނިންމާފައިވާތީ، ބޮލީވުދްގެ ހަބަރު ނުކިޔަން ނިންމާފިން، ނޫސްތަކުންވެސް ބޮލީވުޑްގެ ހަބަރު ނުޖެހުމަށް ގޮވާލަން