އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ފިފްޝީން. އޭނާ މީގެ ކުރިން ވަނީ ބީއެމްއެލްގެ އިސް މަގާމުތަކެއް ފުރުއްވާފައި -- ފޮޓޯ: އެސްޑީއެފްސީ
22 ޖެނުއަރީ 2024 - 21:03
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ ހަމަޖައްސައިފި އެވެ.
އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ އެވެ.
ފިފްޝީން ވަނީ ބޭންކިން ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ބޭންކް އޮފް މޯލްޑިވްސްގަ އެވެ. ފިފިްޝީން 2003 ވަނަ އަހަރު ބޭންކިން ދާއިރާއާ ގުޅިވަޑައިގެންނެވި އިރު އޭނާ ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑްސް އާއި ހެޑް އޮފް ޗެނަލް މެނޭޖްމެންޓާއި ހެޑް އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓްސްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ފިފްޝީން ވަނީ އޮސްޓްރޭލިއާގެ އީޑިތު ކަވަން ޔުނިވާސިޓީން އެމްބީއޭ ހާސިލްކުރައްވައިފަ އެވެ. އޭނާ ޑިގްރީ ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީންނެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް އުފެއްދި އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަހުމަދު ޒީނާދެވެ. އެސްޑީއެފްސީ މާޗް 2019، ގައި އުފެއްދީއްސުރެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އޭނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުބެއިދާ
23 January 2024
އުފާވެރި ހަބަރެއް. ދެން ލޯންތައް ލިބޭނެ
ނަފާވެރި ބިކަވެރިޔާ
22 January 2024
އެސްޑީއެފްސީ އަށް މެނޭޖިން ޑިރެކްޓަރ އެއް އައްޔަން ކުރުން މާ ބޮޑަށް ލަސް ވެއްޖެ. 6 މަސް ކުރިން ލޯނަށް އެޕްލައި ކޮއްފަ ތިބި މީހުންގެ ލޯނުތަށް ޕެންޑިންގަ. ލޯނުދޫކުރުމާއި ހަވާލުވެ ތިބޭ މުވައްޒަފުންނަށް ރިޝްވަތުގެ ގޮތުގައި ހަދިޔާއެއް ނުދޭތީވެ، ތަފާތު ބަހަނާ ދައްކައިގެން ލޯނު ހިފައްޓާފަ. ފިފްޝީން އަކީ ވަރަށް ނަޒާހަތްތެރި ކަނބަލަކަށް ވާނެ ކަމަށް އުއްމީދުކުރެވޭ!!!
ފިފްޓީން
23 January 2024
މިއީ ވަރަށް ބޮޑު ހަޤީޤަތެއް. އަޅުގަނޑު ވިޔަފާރިއެއް ފެށުމަށް ލޯނައް އެދިގެން 7 މަސް ދުވަސް ވަންދެން ލޯނު ނުދީ ހިފަހައްޓާލި. ދުވަހަކުވެސް ޑޮކިއުމެންޓް ހަމަކުރެވޭ ތަނެއް ނާދޭ. ކުރިން ހުށަހަޅައިފަ ޑޮކިއުމަންޓް ތަކުން ފިއްޔެއް ނުބައިކޮއް ޖަހާފަ އޭ ހުރީ. ނޫނީ އަލިފު ސުކުންކުރަންވާ ތަނެއްގަ ށަވިޔަނި ސުކުން ޖަހާފައޭ ކިޔާގެން ބަހަނާ ދައްކާތީވެ، އެސްޑީއެފްސީ އަށް ގޮސް އެމްޑީ އާ ބައްދަލުކޮށްގެން ލޯނު ހަމަޖެހޭ ގޮތްވީ. ފިފްޝީން ހާދަ ރީއްޗޭ!
ސިކްސްޝީން
22 January 2024
މަރުހަބާ ފިފްޝީން.
ސެވަންޝީން
23 January 2024
މަރުހަބާ ފިފްޝީން ♥️
ފިފްޓީން
24 January 2024
ފިފްޓީންގެ މާނަ އެނގެނީ. ފިފްޝީން.. ނޭނގޭ
ލާއި.
22 January 2024
މަބުނީ ބެންކް އޮފް މޯލް ޑިވްސް އަކީވެސް ބެންކެއްދޯ ؟ އެތަނުގައި 20 އަހަރު އުޅެފި މީހަކަށް ލައްކަ ތަޖުރިބާ ހުންނާނެ ލިބިފަ. މީހުންނަށް އޭނާ އަކީ ކާކުކަން ނޭގުމަކީވެސް އާދައިގެ ތަޖުރިބާއެއްނޫނެއްނު.
އާއިލާއި
24 January 2024
މީހުންނަށް އޭނަ ނޭނގުމަކީ އޭނައާ އެހެން މީހުންނާ ޖެހުނު މައްސަލަތައް ނެތްކަން އަންގައިދޭކަމެއް. އެއީ އޭނަ މިހާތަނަށް ހޯދާފައިވާ ކާމިޔާބީއެއް. ދެން އެކަމު އެކަން ބަދަލުވެދާނެ. ލައިމްލައިޓަށް އާދެވުނީމަ ދެން އޮންނާނީ ކޮންމެވެސް އަޑެއް އަރާފަ. ގިނަ ބައެއްގެ ކަށީގައި ހިފާފައިވާ ގޮތުގެ މަތިން އިވޭނީ ކޮންމެވެސް ނުބައި ވާހަކައެއް.