މުސްއަބު: އޭނާ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވިޔަސް، އެއް މިލިއަން ރުފިޔާގެ ބަދަލު ދޭން އެންގި ބައި ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލް ކޮށްފައި --- ފޮޓޯ/މިހާރު
24 ޖެނުއަރީ 2024 - 14:22
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި ނަމަވެސް އޭނާއަށް ބަދަލުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭނާއަށް ދޭން އަންގާފައިވާ ބައި ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބެލި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު މުސްއަބު ވަޒީފާއިން ވަކިކުރި މައްސަލާގައި ހައި ކޯޓުން ވަނީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ.
އެ މައްސަލަ ސީއެސްސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މުސްއަބު ވަކިކުރީ ދައުލަތުގެ ރަސްމީ ލިޔުމެއް ޓްވިޓާގައި އާންމު ކުރުމުން ކަމަށް ވަޒީފާއިން ވަކިކުރި ލިޔުމުގައި ބަޔާން ކުރާއިރު އެ ލިޔުމަކީ ސިއްރު ލިޔުމެއް ކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި އެކަމަކީ ގާނޫނުގެ ދަށުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު ކަމަށްވާ ވަޒީފާއިން ވަކިކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ނޫން ކަމަށްވާތީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވިޔަސް، ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ނަގައިދިނީ ގޯސްކޮށެވެ. ސަބަބަކީ މުސްއަބުގެ ފަރާތުން ބަދަލު ނަގައިދޭން ފުރަތަމަ އެދިފައިވަނީ ހައިކޯޓުގެ މަރުހަލާ ކަމަށްވާތީ އާއި ބަދަލު ނަގައި ދިނުމަކީ ފުރަތަމަ މަރުހަލާގައި ހުށަހެޅި، ގޮތް ނިންމަންޖެހޭ ކަންކަމަށް ވާތީ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ބަދަލުގެ ގޮތުގައި 1.1 މިލިއަން ދޭން އެންގި ބައި ބާތިލްކުރާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ނަމަވެސް މުސްއަބުގެ ފަރާތުން ބަދަލު ހޯދަން އެދޭނަމަ އެކަމަށް ވަކި މައްސަލައެއް ހުށަހެޅުމުގެ ހައްގު މުސްއަބަށް އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
25 January 2024
ބަދަލު ދިނުމުގެ ބައި އަލުން ބަލައި ހުކުމް ކުރާއިރު އަނެއްކާ އެއަށްވުރެ ބޮޑުނުވާނެބާވައެވެ. އަދިވެސް ތިޔަ ކޯޓްތަކުގައި ނާޖާއިޒް މަންފާ ނަގާ ބަޔަކު އުޅޭކަން ތިޔަތަންތާނގައި މަސައްކަތްކުރާ މުވައްޒަފުންގެ ފުށުން ވަރަށް މުއުތަބަރު ގޮތެއްގައި ވަނީ އެނގިފައެވެ. އެހެންކަމުން ދަށުކޯޓުން ދެންވެސް ފައިސާ ދޭން ނިންމާއިރަށް ލާރިކޮޅުދީ ނިންމާނުލައި އެންމެ މަތީކޯޓާހަމައަށް ގެންދަންޖެހެއެވެ.
ކޮރަލް
24 January 2024
ސިޔާސީ ބޮޑެތި މީޙުންގެ މައްސަލަ ތަކާ ސަރުކާރު ބަދަލު ވުމާ ވަނީ ގުޅިފަ އެވެ. އެއްބަޔަކު ބަންދު ކުރާ އިރު އަނެއް ބަޔަކު ދޫކުރާނެ އެވެ.
އަސްރަފަ
24 January 2024
މިއީ ވަރަށް ކޮރަޕްޓް މީހެއް
ގަދައޭ
24 January 2024
ރަނގަޅު ސަކަރާތެއް ތިޖަހަނީ ބޮޑު މުސާރައެއްލިބޭ ވަޒީފާއެއްދީފަ ދުވަސްކޮޅަކުން ވަކިކޮށްފަ ވަކިކުރާތާ 10 އަހަރު ފަހުން މައްސަލަ ޖައްސައިފަ 10 އަހަރަށްވާ މުސާރަ އެއްފަހަރާދިނުން ސަޅި
ހޯހޯހޯ
25 January 2024
ކޯޓްތައް ހަމަ ސުލޮލީއެވެ.
ހުސެއިން ގާދިރު
24 January 2024
މަށައް އެނގޭ މީނައަށް ސުޕުރީމާ ނުކުޅެވޭނެކަން. ދެރައީ އަނެއް ދެ މަރުހަލާ އޮންނާތީ
މުސްއަބު
24 January 2024
ކެމްޕޭނަށް ލާރި ކޮޅެއް ލިބޭނެ ކަމަށް ހީކުރީ. މުޅިން ފަނިވީނު.