ނައީމާގެ މަރާލި ސަަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: އެ މައްސަލާގައި ތިން މީހަކަށް ދައުލަތުން ދައުވާ ކުރޭ
25 ޖެނުއަރީ 2024 - 10:22
ނ. މަނަދޫގައި މިދިޔަ އަހަރު މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.
ނައީމާ ދިރިއުޅޭ ގޭގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެރަށު ފެހިވިލާގޭ އަޒުހަމް އަބްދުއްޝުކޫރާއި އެރަށު ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކުރެ އެވެ.
އޭގެ ތެރެއިން ރިފާސް އާއި ފަވާޒްގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށްފަހު ތާވަލްކުރީ ކަރެކްޝަންސްއިން މީހުން އުފުލުމަށް ބޭނުންކުރާ ލޯންޗް ހަލާކުވެ، އެ މީހުން މާލެ ނުގެނެވޭތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ނައީމާގެ ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އޭނާގެ ގެއަށް ވަދެ ބެލިއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
25 January 2024
އޭނާގެ ޙަބަރެއް ނުވެގެން އެގެއަށް ވަނީ އާންމުންތަ ނޫނީ ފުލުހުންތަ؟ މިސުވާލު އުފައްދާފަ ޤާތިލުން ސަލާމަތްކޮށްފާނެ އޭނާގެ ވަކީލުން. އެކަމަކު ދަންނާތި ހުރިހާކަމެއް ދެކެދެނަވޮޑިގެންވާ އިލާހެއްވޭ. ދުނިޔެމަތީ އިންސާފު ނުލިބުނަސް އަދި އިންސާފުލިބޭ ދުވަހެއް އެބައޮތް.
ލަސްބެ
25 January 2024
ލަސް ކުރަންވީ. ގިނަދުވަހު ދަންމާ. ނައީމާ ﷲގެ ދާއިމީ ނިޢްމަތިގަ ސުވަރުގޭގަ ލައްވާށި. އާމީން. މަރާލި މީހުން ނަށް ދުނިޔެ ދަތި ކުރައްވާނެ. ދުނިޔެމަތީގެ ޚޮޓެއްގެ ހުކުމަކަށްވުރެ ﷲ ދެއްވާނޭ ގަދަފަދަ އަޒާބު ހިތަށް އެރިޔަސް ބިރުން ފިތްކެނޑޭ ވަރުވޭ.
ޙަސަންތަކުރުބެ
25 January 2024
މައްސަލައެއް ހަމައެކަނި ފެށުމަކުން ހަމަޖެހުމެއް ނުލިބޭނެ! މައްސަލަ ފަށައިގެން ކޮންމެވެސް އެއްގޮތަކަށް ނިއްމަންޖެހޭ. ޚާއްސަކޮށް މިޤައުމުގައު ސިޔާސީޕާޓީތަކާއެކު ވުޖޫދަށް އައި ގޭންގް ތަކާއި އަދި އަދި ބޯޑެތިކުށަށް އަރައިގަތުން ތޫނުއެއްޗެހީން ހަމަލާދީ މީހުން ޒަޚަމްކުރުމާއި މަރާލުން މިއޮތީ ޢާއްމުވެފަ. ގޭންގްތައް އިތުރުވާއިރު ގޭންގް ކޮންޓްރޯލްކުރަނީ ސިޔާސީ ބޭފުޅުން. މަޖްލިސް މެމްބަރުންވެސް އެބަތިބި ނުކުޅެދޭ މީހުންނަށް ހަދާފަ.
ޕީޖީސަމާލް
25 January 2024
ކުށްވެރިން ދޫކުރުމުގެ ޘަގާފަތެއް މިސަރުކާރު ފެށުނީއްސުރެން އެބަފެނޭ.