ޚަބަރު / މަޖިލިސް އިންތިހާބު 2024

މަޖިލިހަށް ކުރިމަތިލައްވަން ޓެކްސް ކޮމިޝަނަރު ފަތުހުﷲ އިސްތިއުފާ ދެއްވަނީ!

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގެ ލިޔުން އޮކްޓޫބަރު 31، 2019 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަތުހުﷲ އާ ހަވާލު ކޮށްދެއްވަނީ.

27 ޖެނުއަރީ 2024 - 14:10

18 comments

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ތ. ތިމަރަފުށި ދާއިރާ އަށް ނުކުންނަވަން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓެކްސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވާކަން ތިމަރަފުއްޓަށް އުފަން ފަތުހުﷲ ވަނީ އެ އިދާރާގެ އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި މިދިޔަ ހަފުތާގައި އަންގަވައިފަ އެވެ. އެހެންވެ، ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަތުހުﷲ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްުޔަންކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެމްޑީޕީގެ ވެރިކަމުގައި އޮކްޓޫބަރު 28، 2019 ގަ އެވެ. ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން މީރާގައި އޭނާ އަދާކުރެއްވީ ޑިރެކްޓަ ޖެނެރަލްގެ މަގާމެވެ.

ކުރިން ހިންގި ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު އޮތޯރިޓީގައި އުޅުއްވުމަށް ފަހު، މީރާގައި ފަތުހުﷲ ގެ ފުރަތަމަ ވަޒީފާއަކީ ރެވެނިއު އޮފިސަރު ކަމެވެ. އޭގެ ފަހުން ސީނިއާ ރެވެނިއު އޮފިސަރު ކަން ވެސް ކުރެއްވުމަށް ފަހު ފަތުހުﷲ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމަށް ހަމަޖެއްސީ 2010 ގަ އެވެ.

އެކަމަކު، ވަކި ހިސާބަކުން މީރާ އިން ވަކިވެވަޑައިގަތުމަށް ފަހު، ޓެކްސް ކޮމިޝަނަ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމާ ހިސާބަށް 2016 ވަނަ އަހަރުން ފެށިގެން އޭނާ އުޅުއްވީ ދިރާގުގެ ޓެކްސް، ރިސްކް އެންޑް ކޮމްޕްލެއަންސްގެ މެނޭޖަރަކަށެވެ

18 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 33%
icon angry icon angry 38%
icon wow icon wow 5%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުނބުށޭމު

28 January 2024

ތައުލީމާއި ތަޖްރިބާއާއި ހުނަރާ ލިބިގެން ދައުލަތުގެ މަތީ މަގާމުތަކުގައި ބޮޑެތި ޒިންމާތަކާ ހަވާލުވެގެން ތިބޭ މީހުން މަގާމު ދޫކޮށްލާފައި ރިސްކެއް ނަގައިގެންވެސް މެންބަރުކަމަށް ކުރިމަތިލާކަމީ، އެފަދަ ބޮޑެތި ޒިންމާއާއި މަސްއޫލިއްޔަތާ ހަވާލުވެތިބި މީހުންނަށްވުރެ ފަރުދީގޮތުން މާބޮޑު ޒިންމާއެއް މަސްއޫލިއްޔަތެއްނެތް މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް އިންތިހާއަށް ބޮޑުކަމުގެ ހެއްކެކެވެ. އުފުލަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުގެ ނިސްބަތުން އުޖޫރ

The name is already taken The name is available. Register?

އަބްޑޫޅް +

28 January 2024

ޓެކިސް ނަގާ މީހަކަށް ވުރެން ގިނައިން މިންބަރުކަމުން ލިބޭނެ.

The name is already taken The name is available. Register?

ކައުންސެލަރު...

28 January 2024

ކޮންމެމީހަކުވެސް ރުފިޔާގެ ފަހަތުން.

The name is already taken The name is available. Register?

ގައުމު

27 January 2024

ގައުމު ގަނޑު ފީވެއްޖެ ބާފަންތޮށި ގަނޑަކަށް ވުރެން. ބައު ދަގަނޑަށް ވުރެން ދަށްވެއްޖެ ދިވެހިން އަގުން.

The name is already taken The name is available. Register?

ކޭމީހާ

27 January 2024

މާލީ އިދާރާތަކުގައި އިސް މަގާމުތައް އަދާކުރާ ފަރާތްތަކުން ސިޔާސީ މަގާމުތަކަށް ކުރިމަތިލާ ރައްޔިތުން ބަލައި ނުގަތުމުން އަލުން އަނބުރާ މިފަދަ މަގާމުތަކަށް ނާދެވޭނެ އުސޫލުތަކާއި ގާނޫނުތައް ސިންގަޕޫރު ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި އޮންނާނީ ވޯޓު ނުދޭނަމޭ ބުނާ މީހުންގެ ރައްކަލަކަށް . މިފަދަ ގާނޫނެއް ރާއްޖެއަށް ވެސް މުހިންމު. ބަދަލު ހިފާނެ ފުރުސަތެއް ނުލިބޭނެ.

The name is already taken The name is available. Register?

ދެރަ

27 January 2024

މަޖިލިސް 1 ދައުރު ފުރިހަމަ ކުރިއަސް މުޅިޢުމުރަށް، ކޮންމެ މަހަކު 25000 ރުފިޔާ ލިބެމުން ދޭ. ޢެހެން މަޤާމެއްގައި އިޚްލާޞްތެރިކަމާއެކު މުޅި ޢުމުރު ހުސްކުރިއަސް ލިބޭ މާލީ މަންފާއެއްނެތް. ކުރިމަގަށް ރަގަޅުު ނިންމުމެއް ކާމިޔާބަށް އެދެން، އިންޝާ ﷲ

The name is already taken The name is available. Register?

ދުވެލިބަލި

27 January 2024

މިވާ ގޮތް ވަރަށް ސާފު

The name is already taken The name is available. Register?

އަދޫގެ ސަޅިބައިސީ

27 January 2024

ތިމާގެ ޅިޔަން ފަހަރިއެއް ވައްޓާލާނެ ތަނެއް މަތިވީ.ހިމާރެއް ވިޔަސް ގެނެއްސިއްޔާ މުސާލަލިބޭ ތަނެއްތިޔަވީ

The name is already taken The name is available. Register?

55559

27 January 2024

ފަތުހުﷲ އަކީ ޓެކްސް ދާއިރާގައި ޓެކްނިކަލީ ވަރަށް ރަގަޅު ބޭފުޅެއް އެހެންނަމަވެސް އެހާ ހިނގުންތެރި ބޭފުޅެއްނޫން.

The name is already taken The name is available. Register?

އުދުހޭ

27 January 2024

އިދާރާތަކުގެ އެންމެ އިސްމީހަކަށް ރަގަޅުވާނީ ހިންގުންތެރި މީހެއް، އޭގެ ދަށުން ޓެކްނިކަލް މީހުން. މިސާލަކަށް މީރުކޮށް ކައްކާ ޝެފަކު އެއީ ވަރަށް މުހިންމު މީހެއް އެކަމަކު އެކްޒެކެޓިވް ޝެފުގެ މަގާމަށް ބޭނުންވާނީ ގިނަ ޝެފުން ބޭނުންކޮށްގެން ރަގަޅު ރަހަތަށް ނެރެވޭ ހިންގުންތެރި މީހެއް.

The name is already taken The name is available. Register?

3

27 January 2024

ރައްޔިތުންނަށްޓަކާ މޮޔަފުޅުނުވާށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454