މަޖިލީހުގެ ތަޅުމުގެ ތެރޭގައި ސަރުކާރު މެންބަރުން އިހުތިޖާޖު ކުރަނީ --
28 ޖެނުއަރީ 2024 - 14:44
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމުން، މަޖިލިހުގެ ތަޅުމުން އެ ކަމާ މެދު ގޮތެއް ކަނޑައަޅަން މިއަދު ބާއްވަން އުޅުނު މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެން މެދުކަނޑާލައިފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އެހުން އޮތީ މިއަދު 1:30 އަށް ތާވަލުކޮށްފަ އެވެ. ނަމަވެސް އެ ގަޑިއަށް ސަރުކާރުގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތުގެ ގޮނޑީގައި ބައެއް މެމްބަރުން އިށީނދެވަޑައިގަތީ އެވެ. ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެން އިންނެވީ ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމެވެ.
އޭގެ އިތުރުން ޗެމްބަރު ތަޅުލައި މެންބަރުން ވޯޓުލާ ކާޑުކޮޅުތައް ވެސް ސަރުކާރު މެންބަރުން ވަނީ ނަގައިފަ އެވެ.
ޖަލްސާ މެދުކަނޑާލާފައިވާ ކަން މަޖިލީހުގެ އިދާރާ އިން ބުނެފައިވާއިރު، ބައެއް މެންބަރުން ވެސް ވަނީ މަޖިލިސް އިދާރާ ދޫކުރައްވައި ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ މެންބަރުންނާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އިތުރުން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ވޯޓު ޖަލްސާ ހުއްޓުވާފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ ސަޕޯޓަރުންނާ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަޖިލިސް ދޮރުމަތީގައި މުޒާހަރާ ކުރަމުންނެވެ. އެ މީހުން ގޮވާލަމުން އަންނަނީ ވަޒީރުންނަށް ރުހުން ދިނުމަށެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ. އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފަ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ބުނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ކެބިނެޓުގެ ބޭފުޅުންނަށް މަޖިލިހުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.
"ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތު ދީ ވަޒަންކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ." އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބޭގެ ދަރި
28 January 2024
ކުރިއަށް މިއޮތް 05 އަހަރަށް ރާއްޖޭގެ ވެރިކަންކުރަން އަހަރެމެން ހޮވީކީ އެމް.ޑީ.ޕީއެއް ޑިމޮކްރެޓްސްއެއް ނޫން. މިކަން ހަނދާން ބަހައްޓާ!
ދިލްެު
28 January 2024
އިންޑިއާގެ އަޅުވެރިކަމާ ފިއްތުމާ ނުފޫޒާ ބުލީކުރުމުގާ ތާށިވެ ހުރިހާކަމަކަށް އިންޑިއާގެ މަށްޗަށް ބަރޯސާވެ ހިންދެމިނުލެވި ކުރިއަށްނުދެވި އަޅުވެތިވެފަ ތިބޭކަށް ދިވެހިން މިއަދަކު ބޭނުމެއް ނުވެއެވެ. ޢިންޑިއާ ރުއްސަން އިންޑިއާގެ ޕަޕެޓުން ކޮޅެއް ތެޅިފޮޅި އުޅުނަސް ދިވެހިން ތިބީކީ ގައުމުގެ މިނިކަން ގުރުބާންކުރާ ގޮތަކަށް ނޫނެވެ. ޢެމްޑީޕީ އާ ގުޅި ޑިމޮކްރެޓުސްގެ ނަމުގައި މަދުބަޔަކު ޖަހަންއުޅޭ މުޑުދާރު ސަކަރާތް ހުއްޓާލާށެވެ. ރައްޔަތުން އެއޮތީ ގޮތްނިންމާފަ
ކަނބިލި
28 January 2024
މާގިނަ ދުވަހެއް ނެތް ދެން. ތިޔަ ބައިގަނޑަށް ރައްޔިތުން ނޫނެކޭބުނެ ބޭރުކޮށްލާނެ. އިންޝާ ﷲ
ކަރީމާ
28 January 2024
މިވައްތަރު ޖައްސާބަޔަކަށް ވޯޓްދޭނެ ކަމެއްނެތެވެ.
އެމީލިއޯ
28 January 2024
ހުރިހާ ކުދިން މި ޅެން ކިޔާ... ކޮންމެ ކަމަކައް ނިމުން އަންނަނީ އޮންނަ ހަމައިން މިކަން ނިންމަނީ.
އިސްމާލު
28 January 2024
ކީއްވެބާ ރުހުންދޭން އޮންނަނީ ......
އިބް
28 January 2024
ޕީޕީ ކުދިން ތިޔަކަހަލަ ހަޑި މުޑުދާރު ކަންކަން ނުކުރުމައް ގޮވާލަން. ރިވެތި އަހުލާގު އިސްކުރައްވާ. ކުރިޔައްވެސް އިންތިހާބެއް އެބައޮތްކަން ހަދުމަފުޅު ބަހައްޓަވާ.
އަފްރާސިޔާބު
28 January 2024
ކޮން އިންތީޚާބެކޭ ކިޔާކަށްތަ؟ ހުރިހާ މީހުންނަށް ރުހުން ދޭންޖެހޭނީ. އެއީ ކަލޭމެން އެމްޑީޕީ މެންބަރުންނަށް އޮތް ހައްގެއްނޫން. ތަން ފަޅާލާފައިވެސް ރުހުން ދޭންޖެހޭނީ. ދިނަސް ނުދިނަސް އަހަރެމެން ކުރިއަށް ގެންދާނަން. ރައީސް ކަން އެއީ ދެން ލިބޭނޭ އެއްޗެއް ނޫން. ނުވެސް ދޭނަން ކިތަންމެ ދުވަހެއްވިޔަސް. ގާނޫނު އަސާސީވެސް ބަދަލު ކުރާނަން. ބޭނުން ގޮތަކަށް ހިންގާނީ މިރާއްޖެ.
ޑޮންދީނި
28 January 2024
އެމްޑީޕީ، ތިމީހުންގެ މައްސަލަ އަކީ އަސްލުކޮބާ ތަ؟
ދިމޮކްރާތީ
28 January 2024
ޑިމޮކްރަސީގައި ރުހުމާއި ނުރުހުން އޮންނާނެ. ރުހުން ނުލިބޭމީހުންގެ ބަދަލުގައި އާ ނަންތަކެއްހުށަހަޅަން ޖެހޭނީ. އެއީ ޑިމޮކްރަސީގެ ރީތި ގޮތަކީ.
އަފްރާސިޔާބު
28 January 2024
ކޮން ޑިމޮކްރަސީއެއް. ތީ ކުދިންގެ ބޮލަށް އެމްޑީޕީން ޗިޕް ޖަހަން ދައްކާ ވާހަކައެއް. މަޖިލީސްގައި ހަ ގޮނޑިވެސް ނުލިބޭނެ ވޯޓްނަގައިފިއްޔާ.
އުޑު
28 January 2024
ވަޒީރެެތް ނެތް، ސަފީރެތް ނެތް! އެމްޑީޕީ އަށް ވެރިކަން ނުލިބުނީމަ ހާދަ ވަރެއްކުރެޔޭ ދޯ ދެން.