ޕީޖީގެ މަގާމަށް ޑިސެމްބަރު، 2019 ގައި ޝަމީމް އައްޔަންކުރެއްވުމަށްފަހު، ކުރީގެ ރައީސް އިބޫ (ކ) މަގާމުގެ ފަތްކޮޅު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
31 ޖެނުއަރީ 2024 - 13:29
ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމަށް މަގުމަތިން މިއަދު ދިން ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ހިންގި ކަމެއް ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތުހުމަތު ކުރައްވައި ކުރެއްވި ޓުވީޓާ ގުޅިގެން ތަހުގީގުގައި އެމަނިކުފާނާ ސުވާލުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ނޫރު މިސްކިތް ކައިރިން މަރުތޭލަކުން ޝަމީމަށް ހަމަލާދިން މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ޕީޖީ އޮފީހުން ބުނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ޝަމީމަށް ހަމަލާދިނުމުން އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މަރުތޭލަކުން އޭނާގެ ވައަތުގެ އުޅަނބޮށިން ތިރިއަށް ދިން ހަމަލާގައި ކަށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ.
އެ ހަމަލާ ކުށްވެރިކުރައްވައި ކުރީގެ ރައީސް އިބޫ "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ސިޔާސީ މަގުސަދު ހާސިލްކުރުމުގެ ބޭނުމުގައި ހަމަނުޖެހުންތައް ހިންގަން އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އެއާއެކު، އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ސަރުކާރަށް ގޮވާލެއްވި އެވެ.
@PoliceMv is currently investigating this case. Former President declaring that the attack was “politically motivated” suggests that former President has credible information about motive and people behind this attack. I would like to request former President to please share the… https://t.co/PKImtfowGY
— Minister of Homeland Security & Technology (@min_mohst) January 31, 2024
އިބޫގެ ޕޯސްޓަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، ޝަމީމަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، އެއީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއްކަމަށް ކުރީގެ ރައީސް އިއުލާންކުރެއްވުމުން އެ ހަމަލާގެ މަގުސަދާއި އެކަން ކުރި މީހުންނާ ގުޅޭ އިތުބާރު ހުރި މައުލޫމާތެއް ލިބިވަޑައިގެންނެވިކަން ދޭހަވާ ކަމަށެވެ. އެހެންވެ، އެ މައުލޫމާތުތައް ވަގުތުން ފުލުހުންނާ ހިއްސާކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"މި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސްގެ އޮފީހާ ކޯޑިނޭޓްކުރުމަށް އިންވެސްޓިގޭޓަރުންނަށް އަޅުގަނޑު ދެންނެވިން. މި މައްސަލައަކީ ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ތަހުގީގު. އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" އިހުސާން ވިދާޅުވި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޝަމީމަށް ދިން ހަމަލާ އަދި އެ ނޫން އެހެން ހަމަލާތައް ދޭ މީހުން ހޯދައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ގާބިލްކަން ފުލުހުންގެ މުއައްސަސާގައި މާ ރަނގަޅަށް ވެސް ހުންނާނެ ކަމަށެވެ. އެކަން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ދެ މީހުން ދިޔައީ މިއަދު ފަތިހު ޝަމީމް ދުވަން ގެއިން ނުކުމެވަޑައިގަތީއްސުރެ ފަރާލަމުންނެވެ.
ކަސްރަތަށް ޝަމީމް މާލޭގެ މަގުމަތީ މިއަދު ފަތިހު ދުވަމުން ގެންދެވިއިރު، އޭނާގެ ފަހަތުން ހަމަލާދިން ދެ މީހުން ފަރާލާފައިވާ ކަން މިހާތަނަށް މި މައްސަލައިގެ ތަހުގީގަށް އެއްކުރި މައުލޫމާތުން ވަނީ އެނގިފަ އެވެ. ސައިކަލެއްގައި އެ ދެ މީހުން ތިބީ ހެލްމެޓް އަޅައިގެން ކަމަށް ވެސް "މިހާރު"އަށް އެނގިފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރު1
31 January 2024
ފުރަތަމަ ކަމަކަށް ތި މެސެޖް ލިއެފައި ތިއޮތީ އަމިއްލައކަށް ނޫން . ދެވަނަ ކަމަށް މިނިސްޓަ އިހްސާން ތި ނިންމުން ވ ރަގަޅު . އިބޫ ތިހާ ޔަޤީންކަމާއި އެކު ސިޔާސީ ހަމަލާއެކޭ ބުނާނީ ހެކި ހުރީމަ ތިއީ ފުލުހުންގެ ތަހްޤީގަށް ވ މުހިންމުވާނެ . އެހެންނޫނީ ޑރ އަފްރާޝީމް ކޭސް ގޮތަށް ވަރަށް މުހިންމު މައުލޫމާތު ތަކެއް ގެއްލިގެން ދާނެ . އަފްރާޝީމް އަވަހާރަކޮއްލީ ކިތައްމީހުންކަމާއި އެމީހުން ރާއްޖެއިން ފުރިކަން އަންނި ބުނި އިރު އެމައުލޫމާތު އޭނަގާތުން ހޯދާފައި ނުވޭ
ކަނބިލި
31 January 2024
އިބޫއަށް ތިޔަހެން ބުނެވުނީ އެހެންމީހަކު ބުނެގެންކަމަށް ހީވަނީ. އެއީ އިބޫއަކީ އަމިއްލަ ސިކުނޑިން އެއްޗެއް ވިސްނޭވަރަށްވުރެ ދެރަވަރުގައި ހުރި ބޭކަލެއް. މިހެންމިބުނީ ވެރިކަމުގެ ދުވަސްވަރުގައި އަމަލުތައް ހުރިގޮތަށް ބަލާފައި. ރާއްޖޭގެ ތާރީޚުގައިވެސް އެންމެ މުޑުދާރު ރާއްޖެއަށް އެންމެ ގެއްލުންދެނިވި ވަރިކަމެއް ފެނިގެންދިޔައީ ވޭތުވެދިޔަ ފަސްއަހަރުގެ ވެރިކަން.
ޢިބުރޭ
31 January 2024
ޅައީ އަދި
ސަރުކާރުގެ
31 January 2024
ޢިބޫ ހައްޔަރުކުރަން ގޮވާލަން
ޖުހާބެ
31 January 2024
މި މިނސްޓަރުންގެ ފެންވަރު. ސިޔާސީ މީހަކު ޓުވީޓެއްކޮށްލާއިރު ތަހުޤީޤުކޮށް ދައުވާކުރެވޭތޯ މިވެރިން މިއުޅެނީ. ތަންކޮޅެއް ތަސައްރަފު ފުދިބަލަ. އިސްލާމީ ވަޒީރަށް ކޮރަޕްޝަނަށް ތުމަތުކުރެވޭ ބުނާއިރަށް ވިއްދާފަ މިބުނަނީ ދައުވާ ކުރެވޭތޯ ބަލަމޭ. ތަހުޒީބުގޮތަކީ ކަމާބެހޭފަރާތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެދިވަޑައިގެން އެއްބާރުލުން ދެއްވާނަމޭ ބުނުން. ޑިފެންސިވް ވުމަކީ ތިމަތަށް ބާރުލިބޭކަމެއް.
ޛުލަމާ
01 February 2024
އިބޫއަށް ދައުވާ ކުރަންތަ އެ މަޢުލޫމާތު ހޯދަން އެއުޅެނީ؟ އެ މަޢުލޫމާތު ހޯދަން އެއުޅެނީ ޝަމީމަށް ހަމަލަ ދިނުމުގެ އަޑީގައި ސިޔާސީ ބަޔަކު ތިބިކަމަށް ދޭހަވާގޮތަށް އިބޫ ވާހަކަދައްކާފައިވާތީ، އެމީހުނާ ބެހޭގޮތުންނާއި އެކަން އެމީހުން ހިންގިގޮތާ ބެހޭގޮތުން އިބޫއަށް ލިބިފައިވާ މަޢުލޫމާތު ހޯދުމަށް. މީހުން ދައްކާ ވާހަކަ ފަހުމު ނުވިޔަސް ކޮމެންޓް ކުރާތި.
ފަރު
31 January 2024
ޢިހުސާނަކިީ ކަންނުވާ ބޭކާރު އަނގަތަޅާމީހެއް
ސްކާފް
31 January 2024
މަގުތައް އަމާންކޮށް މުޖުތަމައު ރައްކާތެރި ކުރުމަކީ ކޮންމެ ސަރުކާރެއް އޮތަސް އެންމެ އިސްކަންދޭންޖެހޭ އެއް ކަންތައް... އެކަން ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް.
ޏަމްޏަމް.
31 January 2024
ޢަސްލު ސުވަލުކުރަން ޖެހޭނެ. ޢިގޭތީ ތާ ބުނާނީ
ހުނިނަަ
31 January 2024
އަހަރެންވެސް ތިހަން ބުނަން ކެރޭ ހަމަ. ޕޮލިހުން ނޫން އެންމެންނަށް ގޭންގު ތަކުގެ ކަންކަން ހިނގާގޮތް އެނގޭ. ފުޓްސެލް ދަނޑު ހަދާ ފާޅުގަ އެއުޅޭ ގޮތް އެނގޭ. ނުހައްގު މުއްސަނދިކަން ފެނޭ. އިންޓަލިޖަންސޭ ކިޔައިން ފުލުހުން ސްކޭމެއް ހިންގާހެެން މަށަށް ހީވަނީ
ތާރޭ
31 January 2024
ދުވަހަކު އިނގިރޭސިން ބަހެއްނުބުނާމީހަކު އިނގުރޭސިންބަހުން ބޮޑުޓްވީޓެއްކުރުމުގެ ފަހަތުގައިވަނީ ކޮންކަމެއްބާއޭ މަގޭހިތައްވެސްއެރި.
މައި ވައިފް ދިސް ވަން
31 January 2024
ވެރީ އިންޕޯޓަންޓް!