05 ފެބުރުއަރީ 2024 - 15:27
ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމުގައި "ހުޅުގަނޑެއް" ރޯކުރީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ކޯސްޓް ގާޑުން ރާއްޖެ ސަރަހައްދަށް ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ހިލާފަށް ވަދެ، ދިވެހި މަސްދޯނިތަކަކަށް ހަތިޔާރާ އެކު އެރި މައްސަލާގައި މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ އެފަދަ ކަންކަން ހިނގަން މެދުވެރިވަނީ ވޭތުވެދިޔަ ސަރުކާރުތަކުން ގެންގުޅުނު ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހާރިޖީ ސިޔާސަތު ގެންގުޅުއްވީ ރަނގަޅަށް ކަމަށާއި އޭގެ ފަހުން އައި އެއްވެސް ވެރިކަމެއްގައި އަމަލު ކޮށްފައި ވަނީ ރަނގަޅަކަށް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ރާއްޖެ އަށް އެންމެ ފުރަތަމަ އިންޑިއާ ސިފައިން ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ގެނައި ހެލިކޮޕްޓަރާ އެކު، ގާނޫނުއަސާސީއާ ހިލާފަށް އިންޑިއާ ސިފައިން ރާއްޖެ ގެނައި ކަމަށް ގާސިމް ވިދާޅުވި އެވެ.
"އޭގެ ފަހުން އައި ސަރުކާރުތަކުން ވެސް ކަންތައް ކުރީ ހަމަ އެހެން،" ގާސިމް ވިދާޅުވި އެވެ.
"އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ހިތްހަމަނުޖެހުމާއި ހުޅުގަނޑު ރޯކުރީ އަބްދުﷲ ޔާމީން. މިއީ ފެންނަން އޮތް ހަގީގަތެއް."
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި "އިންޑިއާ އައުޓް" ކިޔުން މަނާ ކުރާ ގަރާރެއް އެ ސަރުކާރުން ނެރުނު ކަމަށާއި އެ ގަރާރު ބާތިލް ކުރަން ޔާމީން ބޭނުންފުޅުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އެކަން ކުރައްވާ ގޮތަކަށް ނޫން ކަމަށާއި އެ ބާވަތުގެ ވާހަކަ ވެސް އެ މަނިކުފާނު ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނުމެއް ނެތް
07 February 2024
ޔާމީނެއް ނަޝީދުއެއް މި ގައުމަކައް ދެން ބޭނުމެއް ނެތް. މި އޮތީ ޑިމޮކްރަސީ ވެގެން ހައްދުފަހަމަ އަޅާފަ.
ވާންވަނީ
06 February 2024
ނޮވެމްބަރު 3 ގެ ފަހުން ބޭރު ސިފައިން އެކި އެކި ނަންނަމުގާ އުޅުނު. ގާސިމެއްކަމަކު ތެދައް ވާހަކަ ދެއްކުން މުހިންމު
ހާމިދު ޝާޙިދު
06 February 2024
ރައީސް ޔާމީން ދަރުމަވަންތަ ހޮސްޕިޓަލް އަޅާ، ބޭސްފަރުވާ ރާއްޖޭގައި ދެވޭގޮތް ހެދީމާ ގާސިމް މެންނަށް ގެއްލުން. އެހެނީ، ޓްރިވެންޑްރަމްގައި ގާސިމްގެ ކުންފުންޏަކުން ދިވެހިންނަށް ބޭސް ފަރުވާ ދެނިމަށް މައުމޫނު ޒަމާނުންސުރެއް ހިންގި އޮޕަރޭޝަނުން އެންމެ ބޮޑު ފައިދާއެއް ނެގީ ގާސިމް. އެހެންވީމަ، ބުނާނެ ޔާމީނޭވެސް، އިބޫއޭވެސް! އެހެނީ މިހާރު ތިޔައުޅެނީ މުއިއްޒު މާ ގާތްކޮށްގެން މިސަރުކާރުންވެސް މާލީ މަންފާތަކެއް ހޯދޭތޯ!
ޖޔހޖޔހ
06 February 2024
ދެން ތި ބަލަނީ ވައި ޖަހައިގެން މުއިޒުއާ ގުޅެވޭތޯތަ
ދިހާ
06 February 2024
ދެން ދުރުގަ މަޑުން ތިބިހާ ބަޔަކަށް އެބަ ރުޅިގަނޑު ބާލަ. އެއް ފަހަރު ބުނާނެ އިބޫ ސޯލިހޭ. އަނެއްކާ އެބުނީ ޔާމީނޭ.، ގައުމިއްޔަތޭ ކިޔައިގެން މާބޮޑަށް އަނގަ ފުޅާކުރުމުގެ ނަތީޖާ ތި ފެންނަނީ. ދީނީ ގޮތުން ބައެއް ފަހަރު މީހުން ކިކު އަރައިގެން ހައްދުފަހަނައެޅިއޭ އެކިޔާ ގޮތަށް ގައުމިއްޔަތުގަވެސް ފެންނަނީ އެކަހަލަ ފޯރިގަނޑެއް. ގައުމަށްޓަކައި ޖިހާދުވާން ރެޑީވެގެން އެތިބީ އެކްޓިވިސްޓް ކުދިންކޮޅު
ޔޫޓޫ
06 February 2024
ގާސިމް ދަލުބޭރާ އެތެރެއޮޅިއްޖެ ކުއްލިއަކައް ޚާރިޖިތައުލީމުލިބުނީތާދޯ
އިހްސާސް
06 February 2024
ދީނީ ހިޔާލުތަފާތުވުން ހުއްޓަސް ތިޔަކަމުގައި މައުމޫނު ގަދަ.
MySuperGreenDOTcom
05 February 2024
ތިޔަކަމާކީއްތޯކުރާނީ، އުޅެއުޅެވެސް ގާސިމަކަށް ވެރިކަމަށްއާދެވޭނެގޮތެއްނުވި ދެއްތޯ! އިންޑިޔާއާ ރާއްޖޭގެ ގުޅުމުގައި ހުޅުރޯކުރީ ޔާމިނެއްނޫން، ދެވަނަދައުރަކަށް ހޮވުނުނަމަ އިންޑިޔާސިފައިންނާ ހެލިކޮޕުޓަރުގަނޑު މިހާރުމިތާކުނޯތީސް، ޔާމިނު ނުހޮވުނީ މާބޮޑަށް ހަރުކަށިވެ އެއްވެސްހަމައެއްނެތި ސިޔާސީމީހުން މައުމޫނު ފަކީރުވެސް ޖަލަށްލާހެދީމަ، އިންޑިޔާއެއީ މިހާރުމާޒި ގާސިމުމެނަށްމިކަން ގެޓުނުވިޔަސް އިންޑިޔާއާ ގުޅުންދެންނުބޭއްވޭނެ އެއީ އިންޑިޔާއާހެދި!
ވަރަށް ސާފު
05 February 2024
ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވީ ދިވެހިރާއްޖޭގައި ތިބި ގާސިމް ފަދަ މަދު ވިޔަފާރިވެރިންތަކެއްގެ އަމިއްލައެދުން އިންތިހާދަރަޖައަށް އިސްކުރުމުގެ ސަބަބުން. ކޮންކަހަލަ ނާތަހުޒީބީ ކަމެއްތޯ ވަކިގައުމަކަށް ނިސްބަތްކޮށް ސާފު ބަހުން " އިންޑިއާ އައުޓޭ" ގޮވިއިރު، އިންޑިޔާއަކީ މިގައުމު ބަނގުރޫޓުވާންދަނިކޮށް އަތުގައި ހިފައިގެން 1 ފަހަރަށްވުރެ ގިނައިން މިގައުމު ސަލާމަތްކުރިގައުމެއް. ދިވެހިރާއްޖޭގެ ކަނޑުތައް ހިމާޔަކޮށް ބެލެހެއްޓުމުގެ އެންމެ އިސް ބައިވެރިޔާ.
ބުހުތާނު
05 February 2024
ބުހުތާނު ދޮގު. ރާއްޖޭގެ މިނިވަންކަން 5ރ އަށް 2010 ގަ ވިއްކާލީ މަރުމޯލު އައްނި