އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރުގެ ސަލާން ބަލައިގަންނަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
07 ފެބުރުއަރީ 2024 - 13:31
ސައޫދީ އަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ހައްޖު މޫސުމުގައި ދިވެހި ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދިނުމަށް އެދި ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުން އެ ގައުމުގެ ހައްޖު މިނިސްޓްރީން ބަލައިގެންފައިވާ ކަމަށެވެ.
ސައޫދީ ސަރުކާރުން އެކަމަށް އެއްބަސްވެ، އެކަން މިހާރު ހަމަޖެހިފައިވާކަން ރަސްމީކޮށް ދިވެހި ސަރުކާރަށް މިއަދު އަންގާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖެ އިން ރަސްމީ ކޯޓާގައި 1،000 މީހުން ހައްޖަށް ދާއިރުގައި، އެ ގައުމުގެ އެތެރޭގެ ޓްރާންސްޕޯޓް ބަސްތަކުގައި އަރަބި ބަސް ދަންނަ މީހުން ތިބުމަކީ ވަރަށް މުހިންމު ކަމެއް. އަރަބި ބަސް ދަންނަ މީހުން މަދުވީމާ ބައެއް ފަހަރު ވަރަށް ދަތިތައް ހައްޖުވެރިންނަށް ދިމާވޭ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ލިބުނު ހުއްދައާ އެކު އެކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މެންދުރު ނަމާދުކުރަމުން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝަހީމް ވިދާޅުވި ގޮތުގައި، ސައޫދީގެ ހައްޖު މިނިސްޓްރީން ކުރިން ކަނޑައަޅާފައި އޮންނަ ގޮތުން ނަމަ، އެ ގައުމުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ހައްޖުވުމުގެ ފުރުސަތު ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރެވެ. އެއީ ސައޫދީގެ ރައްޔިތުންނާއި އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވެސް ހިނގާ އުސޫލެވެ.
ސައޫދީ ސަރުކާރުގެ މި ނިންމުމާ އެކު، އެ ގައުމުގެ ޔުނިވާސިޓީތަކާ ގުޅިގެން ދިވެހި ދަރިވަރުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ދަރިވަރުންނަށް މި ފުރުސަތު ދޭނީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ކަނޑައަޅާ ވަކި އަދަދަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަށް ވަނީ އަންނަ ޖޫން މަހުގެ 16 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫޓޫ
10 February 2024
ޝަހީމް ރާއްޖެ ޢަލައްއިސްލާންވެ އަލައްހައްޖުވަނިއްޔަކީނޫނޭ އަލްމަރުހޫމްޑރމަޖީދުމެން ޝޭޚުރަޝީދުމެން ސައުދީގަކިއަވަންތިބިޒަމާނުގަ މައުމޫންމެންމިސުރުގަތިއްބަވާފަހައްޖުމޫސުމުގަ ސައުދީއަށްދިވެހިހައްޖުވެރިންނައްއައިސްއެހަިވެ
ގެދެރައެންނޭ
08 February 2024
ސައުދީ ވެރިކަން ވެއްޓިގެން ނޫނީ ފަލަސްތީނަށް ކުރިއެރުމެއްނެތް
ކޮރަލް
08 February 2024
ހައްޖު ކިއު ވ ބޮޑެވެ. ކުރިއަށް އޮތް ހަ އަރަށް އޮތީ ފުލްކޮށެވެ. ވީމާ ހައްޖަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު ނުދެވޭގޮތް ހަދަން ވީ އެވެ. އޭރުން ގިނަ ބަޔަކަށް ފުރުސަތު ލިބޭނެ އެވެ. ހައްޖު ވާޖިބް ވާނީ އުމުރުން އެއް ފަހަރު އެވެ.
ލަތީފާ
07 February 2024
އަނެއްމޮޅުވާހަކަ ބުނެލީ އެ ބަލަންތިބޭތި މޮޮޅުވާހަކައެއް ނޫންތޯ އެބުނީ ހައްޖުގެ އޅުކަމުން މީހުން ރާއްޖެ އައްނަންދެން
މިއީދޯ މިވާގޮތަކީ
07 February 2024
މިކަހަލަ ކަންކަަން މިހެން ހިންގާލާތީދޯ ދަނޑިމޮކްސްއާ އެމްޑީޕީ ކުދިން ޝަހީމްދެކެ ރުޅި މި އަންނަނީ. ހަމަ ޔަގީނުންވެސް ނިމުނު 5 އަހަރުގެ އިސްލާމިކް މިނިސްޓްރީއަށްވުރެ މާ ހިންގުންތެރި މިނިސްޓްރީއެއް މިހާރު ފެންނަނީ.
ނުރައްކާ
07 February 2024
މިއީ ސަމާލު ވާންޖެހޭ ކަމެއް. މި ޑިސެމްބަރު މަހު ގްރޫޕަކާ އެކީ ޢުމްރާއަށް ދިޔަ ދަތުރުގައި އުހުދު ފަރުބަދަކައިރިއަށް ދިޔައިރު މަޢުލުމާތު ދިނުމަށް ސައުދީގައި ކިޔަވާ ދަރިވަރުންގެ އެހީ ގްރޫޕުން ހޯދި. އުހުދު ހަނގުރާމައިގެ ތަފްސީލް ދިނުމުގެ ބަދަލުގައި އެ ދަރިވަރު ބެލީ އަމިއްލަ ވިސްނުން އެތާތިބި މީހުންގެ ސިކުނޑިއަށް ވެއްދޭތޯ. ޔޫރަޕު މީހުން ގޯސް ކަމާއި، ކޮފީ ބޮއެގެން ނުވާނެކަމާއި، ޖިހާދު ކުރަންވާނެކަމާއި މުސްލިމް ނޫން އެހެން މީހުންނަކީ ދުޝްމަނުންކަން.
ރައްކާތެރި
07 February 2024
ތީގަ ނެތެއްނު ގޯސް ވާހަކަ އެއް.
އިސްމާއިލް ކަލީމް ހަކީމް
07 February 2024
ދިވެހިންނައް ހާދަ ކަމެއް ނުވެޔޭ! ދޮންހިޔަލަ އާއި އަލިފުޅު ގަ ވާހަކަ ވަށައިގެން ރައިވަރެއް ހަދާލަބަލަ. ކޮންމެހެން ކޮންމެ އިންސާނަކު އެރަށައް ޒިޔާރަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމަކައް ހަދާފަ، ހަބަރުތައް ފަތުރަބަލަ! ވިސްނާލުން ބުއްދިވެރި!
މުޅިންވެސް
07 February 2024
ދަފްތަރު ސަރުކާރު
އައިސް އޭޖް
07 February 2024
އެކަމަކުވާ، މިވެސް ހިތުން އާ ކަމެއް. ޚަބަރުގަ ޖަހަން ފޮނުވާ ކޮންމެ ކަމަކީ އާ ކަމެއް ނޫން. މީ އެންމެ ޒަމާނުން ފެށިގެންވެސް މިކަން އޮންނަ ގޮތް. ޙައްޖުކޯގެ ވަޒީފާގައި އުޅޭތީ މިކަން އޮންނަ ގޮތް އިނގޭތި މިބުނަނީ.
ޢަހު
07 February 2024
ކަލޭ ބުންޏަސް ތީ ދޮގެއް ހައްޖާޖީންނަށް އެހީތެރިވާ މީހުންނަށް ޙައްޖު ކުރެވެނީ ވ މަދުފަހަރެއްގަ އެކަން ޢުމްރާވެރިންނަށް އެހީތެރިވާ މީހުންނަށް ޢުމްރާވުމުގެ ފުރުސަތު އޮވޭ އަބަދުވެސް