ހައި ކޯޓް: އެ ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ރިވިއު ނުކުރެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
07 ފެބުރުއަރީ 2024 - 14:54
ހައި ކޯޓުގައި ހިނގާ އިސްތިއުނާފް މައްސަލަތަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުންގެ ބަންދު މުރާޖާ ނުކުރެވޭނެ ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ މަހަކު އެއްފަހަރު މުރާޖާކުރަން ޖެހެ އެވެ. ނަމަވެސް އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު މުރާޖާ ކުރަންޖެހޭ ކަމަކަށް ގާނޫނުގައި ސާފުކޮށް ބުނެފައެއް ނުވެ އެވެ.
މާލޭގެ ކެފޭއެއްގެ ތެރޭގައި ޖުލައި، 2017 ގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ އަހަރު ހައި ކޯޓުން އޮތީ އަންގައިފަ އެވެ. އެހެންވެ، ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އޭނާގެ ބަންދު މުރާޖާކުރަން ދައުލަތުން ހުށަހެޅި އެވެ.
އެ މައްސަލާގައި ހައި ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު މުރާޖާ ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާ ކަމަށެވެ.
އެހެންވެ، އެފަދަ މީހުންގެ ބަންދު މުރާޖާކުރަން ހައި ކޯޓުގައި ނޭދެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަޒީދެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫޓޫ
10 February 2024
މުއިޒް އެންޖޯއިކުރަނީ ޥާނުވާގައެތަކެއްރައްޔިތުން ބޮލުންކަޓުވާލަންގޮވަނީ ސަރުއީދާއިރާމިނިވަންވިއްޔޭ ވަލިއްޔުލްއަމްރުޒިންމާވާންޖެހެ ހައްޔަރުކުރަނީ ޝަރީއަތްނިމެންދެން ޝަރީއަތްތައްނުބާއްވަ ކުރިމިނަލްކޯޓުގަޖާގައޮވޭވާނުވާޖަހަން ޝަރީއަތްބާއްވަންވީމާޖާގަދަތިޖާގަނޯވެ ކުރިމިނަލްކޯޓުސަރވަރފެންއެޅިފަ މުއިޒް ދެރަވަރު
ބޮގޭ
08 February 2024
އަނިާގެ މައްޗަށް އަނިޔާއެވެ. ކުށްވެރި ނުވާ މީހާއަށްވެސް ކުށްވެރިއެއްގެ އަދަބު ލިބޭ ބަންދެކެވެ.
ޙަޒް
07 February 2024
ތިވެސްއިންސާފު؟
މާ އިން ސަރފް
07 February 2024
މީސް މީހުންގެ ޙައްޤު ކަށަވަރުވާނީ މިވަރަށް ދޯ.