އާހާން ޕާންޑޭ.
09 ފެބުރުއަރީ 2024 - 08:09
ބޮލީވުޑްގެ ތަރި، އަނަންޔާ ޕާންޑޭގެ ކަޒިންއެއް ކަމަށްވާ އާހާން ޕާންޑޭ، ލޯބީގެ ފިލްމަކުން ފިލްމީ ދާއިރާއަށް ނުކުތުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުންގެ 26 އަހަރުގެ އާހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު ޕްރޮޑިއުސްކުރަނީ ޔަޝްރާޖް ފިލްމްސް އިންނެވެ.
އެ ފިލްމުގެ ޑައިރެކްޓަރަކީ "އާޝިގީ 2" އާއި "އޭކް ވިލަން" އަދި "މަލަންގް" ކަހަލަ ފިލްމުތައް ގެނެސްދިން މޯހިތު ސޫރީ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އާހާން އަކީ ޔަޝްރާޖް ފިލްމްސްގެ ވެރިޔާ، އަދިތުޔަ ޗޯޕްރާގެ ދަރިވަރެކެވެ. އެ ޕްރޮޑަކްޝަންގެ އެކި ފިލްމުތަކުގައި ކެމެރާގެ ފުރަގަހުގައި އޭނާ ވަނީ އަދިތުޔަގެ ދަށުން މަސައްކަތް ކޮށްފަ އެވެ.
އާންމުންގެ ސަމާލުކަން އާހާން އަށް އެންމެ ފުރަތަމަ ލިބުނީ އޭނާގެ ދައްތަ އަދި އިންޓަނެޓް ޕާސަނަލިޓީއެއް ކަމަށްވާ އެލާނާ ޕާންޑޭގެ ކައިވެނި ޕާޓީގައި އޭނާ އާއި އަނަންޔާ އެކުގައި ނަށާ ވީޑިއޯއެއް ވައިރަލްވި ފަހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy