09 ފެބުރުއަރީ 2024 - 07:25
ލަންޑަން (ފެބްރުއަރީ 9) އިނގިރޭސި އެފްއޭ ކަޕްގައި ނޫ ކާޑް ދައްކަން ތައްޔާރުވެއްޖެ އެވެ.
ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ ބައިނަލްއަގުވާމީ އިދާރާއިން ވަނީ ނޫކާޑް ތައާރަފު ކުރުމަށް، ގަވާއިދު ހަދައިފަ އެވެ. އެކަމަކު އާންމުކޮށް އަމަލުކުރަން ފެށުމުގެ ކުރިން އެންމެ ފުރަތަމަ އޮންނާނީ ޓެސްޓިން މަރުހަލާ އެވެ.
އަންނަ ސީޒަނުގައި އިނގިރޭސި އަންހެން އަދި ފިރިހެނުންގެ އެފްއޭ ކަޕުގައި ވެސް، ނޫ ކާޑް ޓެސްޓް ކުރުމުގެ ގޮތުން ބޭނުން ކުރާނެ އެވެ.
މެޗުގައި ކުރާ ކުދި ފައުލުތަކަށް މީގެ ކުރިން ކާޑެއް ނުދައްކަ އެވެ. އެކަމަކު ނޫ ކާޑްގެ އުސޫލާ އެކު ކުޑަ ފައުލެއް ކުރުމުން، އެ ފައުލު ކުރި ކުޅުންތެރިޔަކަށް ނޫ ކާޑް ދައްކާނެ އެވެ. ނުވަތަ މެޗުގެ އޮފިޝަލަ ހިތްހަމަނުޖެހޭކަން ދެއްކުމުން ވެސް ނޫ ކާޑް ދައްކާނެ އެވެ. އެ ކާޑް ދައްކުމުން ކުޅުންތެރިޔާ 10 މިނެޓަށް ދަނޑުން ބޭރުގައި މަޑުކުރަން ޖެހޭނެ އެވެ.
މިއީ ފުޓްބޯޅައިގެ ގަވާއިދު ހަދާ އިދާރާއިން 1970 ގައި ރީނދޫ ކާޑާއި ރަތް ކާޑް ތައާރަފު ކުރި ފަހުން، ކާޑުގެ އުސޫލަށް ފުޓްބޯޅައިގައި ގެންނަ އެންމެ ފާހަގަ ކުރެވޭ ބަދަލެވެ.
ބޮޑެތި ފައުލުތަކަށް ދައްކާ ރީނދޫ ކާޑާއި ރަތް ކާޑަށް އަމަލު ކުރާނެ އެވެ. މެޗުގައި ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑު ނުދެއްކި ނަމަވެސް އާ ގަވާއިދާ އެކު އެ ކުޅުންތެރިޔަކަށް ދެން ކުޅުން ކުރިއަކަށް ނުގެންދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
10 February 2024
ދެރީނދޫ ކާޑާއި އެކު ރަތްކާޑު ދެއްކުން ނަފްސާނީ ގޮތްވެއެވެ .ގެނެވުނު އިސްލާހަށް މަރްހަބާއެވެ.
ސވލ
10 February 2024
ފުޓުބޯޅައިގެޒަމާން ހަމަވަނީބާ؟
ލައްބަ
09 February 2024
5 މިނެޓު ބޭރުގަ ހުންނަގޮތަށްވެސް ކާޑެއް ހަދަން ފެނޭ.