ހޯމް މިނިސްޓަރު އަލީ އިހުސާން: އެއްވެ އުޅުމުގެ ގާނޫނު އެއްކޮށް ދޫކޮށްނުލާނެ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
12 ފެބުރުއަރީ 2024 - 16:35
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އެއްކޮށް ދޫކޮށްލުމުގެ ވިސްނުމެއް ސަރުކާރުން މިހާރު ނުގެންގުޅޭ ކަމަށް ހޯމް އެންޑް ލޭންޑް ސެކިއުރިޓީ މިނިސްޓްރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނު އެއްކޮށް ދޫކޮށްނުލާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ އެ ގާނޫނުގެ ދަށުން ލުއިތަކެއް ދިނުން ކަމަށެވެ.
"ހަފުތާ14ގެ ތެރޭގައި ވަރަށް އަވަހަށް އިއުލާން ކުރާނަން އޭގެ ތެރެއިން ދޫކުރާނެ ލުއިތައް. އަޅުގަނޑުމެން މިހާރު ބަލަމުން މިދަނީ މިސާލަކަށް ހުއްދައެއް ނުނަގާ މާލެ ތެރޭގައި އެއްވާން މި އޮންނަނީ އެންމެ ތަނެއް، އޭގެ ބަދަލުގައި ފުލުހުންގެ ހުއްދަ ކުރިއާލައި ނުނަގާ އުޅެވޭނެ އިތުރު ތަންތަން އައިޑެންޓިފައި ކުރެވޭތޯ މި ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު މި މަހުގެ ފަސް ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ސުލަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް މަޖިލީހުގައި އެދިވަޑައިގެންފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. ސަރުކާރުން ކަނޑައަޅާފައި ވަނީ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ މާލޭގެ ކާނިވާ ސަރަހައްދަށް އެކަނި ކަމަށެވެ.
އެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެއްވެ އުޅުމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސްއެޅޭތީ، އެ ގާނޫނު އުވާލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް، އޮގަސްޓް 8، 2019 ގައި މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ މާއްދާ އުވާލަން ހުށަހެޅުއްވި އިސްލާހުގެ މަސައްކަތް އަދިވެސް މަޖިލީހުން ނިންމާފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައްމާން ވަހީދު
13 February 2024
ސާބަހޭ އިހްސާން. ގައުމު ހަމަނުޖެހުމަށް ވައްޓާލަން ފުރުސަތު ނުދޭތި.
އާބިދު ސައީދު
13 February 2024
މިކަމާ ދެކޮޅަށް ވާހަކަ ދައްކާ އެމްޑީޕީ މީހުން ހަދާން ނެތުނީމާ އެމީހުންގެ ވެރިކަމުގައިވެސް މިކަން މިޔަށްވުރެ ހަނިކުރިކަން؟
އަހްމަދު ސަލީމް
13 February 2024
އަހަރެން ތި ނިންމުމަށް ތާއިދު ކުރަން. ސަބަބަކީ މި 5 އަހަރު ހަމަޖެހިގެން ކުރިޔަށް ދިޔުމުގެ ފުރުސަތު ސަރުކާރަށް ދޭންވާނެ.
ފަތުހުﷲ އަލީ
13 February 2024
އެމްޑީޕީ އިދިކޮޅުގަ އޮންނަ އިރު ނުވާނެ ތި ފުރުސަތު ދޭކަށް. ވަރަށް ނުބައިވާނެ.
މުހައްމަދު ސަމީހް
13 February 2024
ރަނގަޅު ނިންމުމެއް. ނުޖެހޭ ހަމަނުޖެހުން ހިންގަން ފުރުސަތު ދޭކަށް
ޔޫޓޫ
13 February 2024
މިސަރުކާރު ޕުރެސަރައްވައްޓާލާފަ އިސްތިއުފާދޭނެ ފިރިހެނެއްތީ
އެއްކޮށްމަނާކުރޭ
13 February 2024
މުޒާހަރާކުރުމާއި އެއްވެ އުޅުން އެއްކޮށް މަނާކުރަންޖެހޭ. ދުނިޔޭގެ ޤައުމުތަކުގައި ގޮތެއް ފޮތެއް ނެތް މީހުން ޖަހާ ސަކަރާތްތައް އެއީ މިނިވަންކަމާއި ޙައްޤުތައްކަމަށް ދެކިގެން، މި އޮތް ކުޑަ ފަސްގަނޑުގައި އެކަން ކުރާއިރު، ކިހާ ބަޔަކަށް ދުއްޕާނަކަށްވޭތޯ ވިސްނާނުލާ. އަނެއްކުންގެ ޙައްޤަށް އަރައިގަންނަ ކަންކަން އެއީ ޙައްޤެއް ނޫން.
މަލީސް
12 February 2024
ރައްޖޭގެ އެއްވެ އުޅުމުގެ ގާނޫނު އެއްކޮށް ނުވަތަ ބައެއްވެސް ދޫކޮއްލަނީ ރާއްޖޭގައި ހަދާގާނޫނުތަށް ތަންފީޒް ކުރެވޭތޯއެވެ. ރައްޔިތުން ގަބޫލު ކުރާގޮތުގައި މިހާތަނަށް ހަދާފައިވާ ގާނުނު ތަކަކީ ތަންފީޒީ އިދާރާތަކުން އަމަލުކޮއްފައިވާ ގާނޫނު ތަކެށް ނޫނެވެ. ތަންފީޒް ކުރާ އެންމެ ގާނޫނެތް ވެސް ބުނެދީފިނަމަ ވާޖިބު އަދާކުރައޭ ބުމެވިދާނެއެވެ. މިސާލަކަށް އިމިގްރޭޝަން ގާނޫނު ، ވިޔަފާރިއާއި ބެހޭ ގާނޫނު ، ޓެކްސްއާއި ބެހޭ ގާނޫނު ފަދަ ގާނޫނު ތެކެވެ.
ކަކުނިބޯ
12 February 2024
ޢެއްތަންކޮޅުވެސް އުވާލާނެކަމެއްނެތް
ޙޯހޯ
12 February 2024
ހުދުމުހުތާރުކަން ނުދެއްކޭނެ ރައްޔިތުންކުރިމަތީގައި. އާންމު ތަންތަނަށް އެއްވެ އުޅެވޭނެ ގައުމީ ބޮޑެތި މައްސަލަތަކުގައި.