ޗައިނާގެ ފޫޖިއަން އިން ރާއްޖެއަށް އައި ފްލައިޓުގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
14 ފެބުރުއަރީ 2024 - 16:06
ޗައިނާގެ ޒީއޭމަން އެއާލައިން އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.
އެމްއޭސީއެލް އިން ބުނީ، އެ އެއާލައިން އިން މިވަގުތު ކުރަނީ ޗާޓާ ދަތުރުތަކެއް ކަމަށެވެ. މިއަދު އައި ފްލައިޓުގެ އިތުރުން މިމަހުގެ 18 އާއި 22 ގައި ވެސް ދަތުރުތައް ރާއްޖެއަށް ކުރާނެ އެވެ. މިއީ ޗައިނާގެ ފޫޖިއަން ސިޓީއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކެކެވެ.
އެ އެއާލައިނުން މިއަދު ވަނީ ރާއްޖެއަށް 238 ފަސިންޖަރުން އައިސްފަ އެވެ.
ޗައިނާގެ ޒީއޭމަން އެއާލައިންގެ ކްރޫއިންނާ އެކު. އެ އެއާލައިނުން މިވަގުތު ކުރަނީ ޗާޓާ ދަތުރުތަކެއް -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ކުރިއަށް އޮތްތަނުގައި ވެސް ޗައިނާގެ އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފެށުމަށް މަސައްކަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. މިވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ.
މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ވަނީ 40،000 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެއީ ރާއްޖެއަށް ޓޫރިސްޓުން އަންނަ މާކެޓުތަކުގެ 14 ޕަސެންޓެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ތިން ލައްކަ އެއްހާ ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 16 ޕަސެންޓުގެ ކުރިއެރުމެކެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗައިނާ
14 February 2024
ޒިއާމެން އެއްނޫން . ޝިއާމަން އެކްސް އައި ޗައިނާ ބަހުން ޝި އެއީ ރަނގަޅު ކޮށްލާ
1828
14 February 2024
މިކިޔަނީ ހެވޭ އިންޑިއާ މީހުން ރާއްޖެ ނަޔަކަސް. ދުނިޔޭގައި އޮތީ އިންޑިއާ އެކަންޏެއްނޫނޭ. އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑެމޮކުރަސީކަމަށް ދަޢުވާކުރިޔަސް އަދިވެސް އިންޑިއާ ތަސައްރަފްނުފުދޭކަން ހާމަވަނީ ރާއްޖެ ބޮއިކޮޓްކުރަން ގޮވި ހިސާބުން. އިންޑިއާ ސިފައިން އަދި އެމީހުންގެ 02 ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް އެމީހުންގެ ސިވިލް މީހުންލައިގެންވެސް ރާއްޖޭގައި އުދުހުމާއިވެސް އަހަރެން ދެކޮޅު.
ޖައިނަބު
15 February 2024
މަ ވެސް ބޭނުން ވާގޮތް ތީ، މަ ވޯޓު ދިނީވެސް ތި ކަމަ. އެކަމު މި ސަރުކާރު ނިންމީ އިނޑިޔާ ސިފައިން ކުލަހެދުމުގަ ހެލިކޮޕްޓަރު ދުއްވަން.