ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޝިޔާމް ޖަވާބު ދެއްވަނީ--ފޮޓޯ: މަޖިލިސް
20 ފެބުރުއަރީ 2024 - 10:26
މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ފައިސާ ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު މި ދައުރުގެ ކުރީކޮޅު ފުއްދަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިސްމާއިލް ސުވާލު ކުރެއްވީ، މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަހުގެ ހަމަ އަގު މަސްވެރިންނަށް ދޭނެ ކަމަށް ކެމްޕެއިންގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް 48 ދުވަސް ފަހަނައަޅައި ދިޔައިރު ވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ވިދާޅުވެ އެވެ.
މަސްވެރިންނަށް ދަތި ނުވާ ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ އުސޫލު އެކުލަވާލައި ދާއިމީ ހައްލެއް ގެނައުމަށް ގެންގުޅުއްވާ ވިސްނުމަކީ ކޮބައިތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވައުދުތައް ފުއްދަމުން އައީ ދައުރުގެ ފަހުކޮޅު ނުވަތަ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމުން ކަމަށެވެ.
ނަމަވެސް ވަކިން ހާއްސަކޮށް މަސްވެރިންނާ ގުޅޭ ވައުދުތައް މި ސަރުކާރުން ދައުރުގެ ކުރީކޮޅު ފުއްދަވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދައުރުގެ ކުރީކޮޅު 48 ގަޑިއިރު ތެރޭގައި [މަސްވެރިންނަށް] ފައިސާ ދެވޭ ގޮތަށް މަސައްކަތް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިންނަށް ފައިސާ ދިނުމުގައި މި ފަހަރު ދިމާވި އެންމެ ބޮޑު މައްސަލައަކީ މަހުގެ އަގަށް ކުރީ ސަރުކާރުން ގެނައި ބަދަލު ކަމަށާއި އޭގެ އިތުރުން ސަރުކާރަށް މާލީ ގޮތުން ބޮޑެތި އުނދަގޫތަކެއް އެބަހުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިންނަށް ފައިސާ ނުލިބިގެން ކޫއްޑު އާއި އައްޑޫގައި މުޒާހަރާ ކުރަމުންދާތާ ދެ ދުވަސް ވެއްޖެ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް މިނިސްޓަރު ވިދާޅުވީ، މި މަހުގެ 26 ކުރިން 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ނިންމާނެ ކަމަށެވެ. އަދި އަންނަ މަހުގެ ފަހެއްގެ ކުރިން ހުރިހާ ފައިސާއެއް މަސްވެރިންނަށް ދޫކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މި ސަރުކާރުން މިހާތަނަށް 400 މިލިއަނާ ގާތްކުރާ އަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާއިރު، ބާކީ ދޭން ޖެހެނީ 300 މިލިއަނެއްހާ ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހުސިނު
20 February 2024
48 ގަޑިއިރަކީ ދައުރު ނިމޭހާތަނެއް ނޫންތޯ. ރައްޔިތުންނަށް ދޮގުހަދާފަ މަސްވެރިންނަށް އޮޅުވާލައިގެ އެމީހުންގެ ވޯޓްތައް ފޭރިގަނެގެން އައި ސަރުކާރެއް ދެންވެސް ތެދެއް ނަހަދާނެ.
ކިންޑ
20 February 2024
މަސްގެނެވޭނީ އެންމެ ބޮޑު އަގަކީ 14ރ. ފައިދާއެއް ގެންލުމެނުވާ އަގު. ދެން ކިހެނެއް ހަދަނީ، މިނިސްޓަރު ވިދާޅުވަނީ މިފްކޯގެ ހިންގުމުގެ ހަރަދު ކުޑަކުރަން. އެންމެ ބޮޑު ހަރަދެއް ހިގާނެކަމަ ބެލެވެނީ މުސާރަ ދިނުމަ، މުސާރަ ކުޑަކުރާނީ، ވަޒީފާތަކުން މީހުން ވަކިކުރާނީ. ކޮބޮޔޯ 20ރ މަސްވިއްކާފަ ދައުލަތުގެ ހަޒާނާއައް އަތް ނުބާނާ މިކަން ކުރާނި ގޮތަކީ.
އެދުރު1
20 February 2024
މިކަންކުރެވޭނެ އެއް ގޮތަކީ ތައިލެންޑަށް ރޯމަހުގެ ގޮތުގައި ބޭރުކުރާ މަސް ރާއްޖޭގައި ޕްރޮސެސްކޮށްގެން ތައިލެންޑާއި ތުރުކީ ޗައިނާ ކަހަލަ މާކެޓްތަކަށް ބޭރުކުރުން . ގެޓްތަ ކިންޑ
އިއްބެެ
20 February 2024
ޝިޔާމް މެން ބުނެފި ކަމެއް ނަމަ ކުރާނެ. މި ސަރުކާރުން ތަންތަނަށް ލާފަ ހުންނާނީ ވަރަށް ގާބިލް ކުޅަދާނަ މީހުން.
މީމާ
20 February 2024
ރައްޔިތުންގެ މަޖްލިސް ވީ ފުރަތަމަ އުވާލަން. މިއޮއް ކުޑަ ގައުމުގަ މިހާ ގިނަ މެންބަރުން ބޭނުންވޭތަ؟؟
މޮޔަގެރިބަލި
20 February 2024
ތީ އަދުރޭގެވެސް ވިސްނުން. އެކަމަކު މަޖިލީހުގެ އަގުލަބިއްޔަތު ލިބުނީމަ މަޖިލިސް އުވާލަން ގޮބާނަންތަ؟
ޝައިމަން މުހައްމަދު
20 February 2024
ރަނގަޅު ގަބޫލް ކުރަން މަސްވެރިންނަށް ލާރި ލިބެން ޖެހޭނެ ކަން. އެކަމަކު ކޮން ފާޑަކަށްތަ މިއުޅެނީ މި މީހުން. ހީވާ ކަހަލަ މި މީހުން އެކަނި ހެން މި ގައުމުގަ މަސައްކަތް ކުރަނީ. 400 މިލިއަން މިހާރުވެސް ދެވިއްޖެ. ސޯލިހު މަސްވެރިންނަށް ދޭން ޖެހޭހާ ލާރި ހުރީ މުޅިންވެސް. އެކަމަކުވެސް މުއިއްޒު ސަރުކާރު ގޯސް މި ކުރަނީ މި މީހުން. މުއިއްޒުތަ ދެތިން މަސް ވަންދެން ލާރި ނުދީ ހުރީ؟ މިހެންވެ އަހަރުން ބުނަނީ ދިވެހީން މީ ގަމާރުންނޭ
ގަމާރޭ
20 February 2024
ބަލަ ވާނުވާނޭގުނަސް ކޮމެންޓުކުރާތި
އަފްރާސިޔާބު
20 February 2024
ސާލިހު ގަތް މަސް ވިއްކާލީ މިސަރުކާރުން ނޫންތަ. އެ ވިއްކާލާފައި ލާރި ކޮޅު ޖީބަށް ޖަހާލީ މިސަރުކާރުން ނޫންތަ. ޕާޓީކުދިންނަށް މަސްކޭސް ބަހާލީމާ ސޯލިހް ޖެހޭނެތަ އެޒިންމާ ނަގަން. ބަހާލީ ކީއްވެހޭ އެހީމާ ޝިޔާމު ބުނި އެއީ އިޝްތިހާރު ކުރަން ބަހާލީއޭ.
އާލިމްް
20 February 2024
މަހުވާ ޝިޔާމް ވަރުގެ މިނިސްޓަރެއް މަ އަދި ދުވަހަކުވެސް ނުދެކެން. ވަރަށް ގަޓު ހުރި މިނިސްޓަރެއް. ދާއިރާ ދަންނަ ގަދަފަދަ މީހެއް. މޭން އެކޭ
އަނާނު
20 February 2024
މަސްވެރިކަމުގެ ސިނާއަތަކީ ސަރުކާރަށާ ގައުމަށް ފައިދާ ވާ ގޮތަށް ހިންގާ ސިނާއަތެއް ނޫން. މަސްވެރިންނަށް އައިސް ލިބެނީ އަގުހެޔިކޮށް. ތެލުން ސަބްސިޑީ. ނުވިތާކަށް ސަރުކާރުން މަސް މިގަންނަނީ މާކެޓް ޕްރިޒްއަށް ވުރެން މާ ބޮޑު އަދުގަ. ސަރުކާރަށް ބޮޑު ގެއްލުން
ޅިޔަނު އަލީ
20 February 2024
ކުރީގަވެސް ބުނި އެތި ތަކުރާރުކޮށްލާނަން. ސަރުކާރުން މަސްގަތުން ހުއްޓާލާ އެ މަސްވެރިކަމުގެ ސިނާއަތް އެއްކޮށް ޕްރައިވެޓް ކުންފުނިތަކަށް ދޫކޮށްލަން ޖެހޭ.
އަސީލު
20 February 2024
މަސްވެރިކަން މިހާރު މިވަނީ ގައުމަށް ޖެހިފަ އޮތް ބޮޑު ދުއްޕާނަކަށް، 400 މިލިއަން ރުފިޔާ މި މީހުންނަށް 3 މަސް ދުވަހުން ދިނީމަވެސް ފައިސާ ނުދެއޭ
އަފްރާސިޔާބު
20 February 2024
އެއްބިލިއަން ދޭން ހުރިތާކުން ހަތަރު ސަތޭކަ ދީފާ ދެން ހުރިބައި ނުލިބޭނޭ ބުނިނަމަ ނޫޅޭނޭ ނުން ހޯދާކަށް.
ޓީޖެޓީ
20 February 2024
މިވެސް ޚަބަރެއް؟؟؟
ޖެޓީ
20 February 2024
ނޫނޭ. މިއީ ކަބަރެއް.