މޯލްޑިވިއަންގެ ފުރަތަމަ އޭޓީއާރު މަތިންދާބޯޓަށް ވެލާނާ އެއާޕޯޓުން ވޯޓާ ސެލިއުޓެއް ދެނީ: އޭޓީއާރުގެ އިތުރު ބޯޓުތައް ގެންނަން މޯލްޑިވިއަން އިން ވަނީ އޯޑަރު ދީފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
21 ފެބުރުއަރީ 2024 - 10:33
މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާބޯޓު ގެންނަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ ސިންގަޕޯ އެއާޝޯގައި އޭޓީއާރު 42-600 ދެ ބޯޓު ގެންނަން އޯޑަރު ދީފައިވާ ކަމަށެވެ.
އެ ބޯޓުތައް މި އަހަރުގެ ފަހުކޮޅު ރާއްޖެ ގެންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އަލަށް ގެންނަން ނިންމި އެ ދެ ބޯޓާ އެކު، އަންނަ އަހަރު އެ ކުންފުނީގެ ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓުގެ އަދަދު ހަތަކަށް އިތުރުވާނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.
We've just placed an order for 2 brand new ATR 42-600 aircraft in Singapore Airshow, scheduled for delivery by the end of this year. With these additions, our ATR fleet will reach a total of 7 aircraft in the year 2025, #FleetExpansion #SingaporeAirshow #ATR pic.twitter.com/QDQwxDF6sv
— MaldivianAero (@MaldivianAero) February 20, 2024
މޯލްޑިވިއަން އިން މިހާރު އޭޓީއާރު މަރުކާގެ ތިން ބޯޓު ދަތުރުތަކުގައި ބޭނުންކުރެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެ އެއާލައިނުން ވަނީ އޭޓީއާރު 42-600 ގެ ދެ ބޯޓަށް އޯޑަރު ދީފަ އެވެ.
އޭޓީއާރު ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓުތައް އިތުރުކުރުމުން ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ރަނގަޅު ހިދުމަތެއް ދެވޭނެ ކަމަށެވެ. އަދި ހަރަދު ކުޑަ ބޯޓުތަކަކުން މުޅި ރާއްޖެ ގުޅާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ ބޮއިން 787-8 މަރުކާގެ މަތިންދާބޯޓެއް ވެސް ހަ އަހަރަށް ކުއްޔަށް ނަގަން މިދިޔަ މަހު ނުވައެއްގައި އިއުލާންކޮށްފަ އެވެ. އެއީ 250 ސީޓުގެ ބޯޓެކެވެ. މިދިޔަ ޑިސެމްބަރު 31 ގައި ވެސް އައިލެންޑް އޭވިއޭޝަނުން ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދަން އިއުލާންކުރި އެވެ. އެފަހަރު ހޯދަން އިއުލާންކުރީ ފަސް އަހަރުގެ މުއްދަތަށް އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެކެވެ.
ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ ބޯޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ވައިޑް-ބޮޑީ ބޯޓުތަކުން އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. އަދި ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ކުރެވޭނެ އެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 25 ބޯޓު އެބަ އޮތެވެ. އެއީ އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި އޭޓީއާރުގެ ތިން ބޯޓާއި ޑޭޝް8 މަރުކާގެ 10 ބޯޓު އަދި ޓްވިން އޮޓާ 11 ސީޕްލޭން އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
21 February 2024
ހަމައެކަނި ސްރީލަންކަން އައްޑުއަށް އަންނަދުވަހަށް (ހަފުތާއަކު 2 ދުވަހު) މާލެއިން އައްޑުއަށް A-330 ޝެޑިއުލްކޮށް އެދުވަހުއަންނަ ގެސްޓުން ހުވަދުއާއި ލާމަށް އުފުލުމަށްޓަކާ މިދެންނެވި 2 ދުވަހަކީ ކޮޅުމަޑުލުން އައްޑުއަށްހިމެނޭ ޑޮމެސްޓިކް އެއަރޕޯޓްތަކަށް (ފުވައްމުލައް ފިޔަވާ) މާލެއިން ޑިރެކްޓް ދަތުރުނުކުރާ ދުވަހެއްކަމަށް ހަދާ މިދެދުވަހު މާލެއިން ފުވައްމުލަކަށްދާ ATT އައްޑުއަށް ފޮނުވައިގެން އެހެން އެއަރޕޯޓްތަކަށް ދަތުރުކޮށް 2 ކޮޅަށް ގެސްޓުން އުފުލިދާނެ.
އޮނަރަބްލް އަފީފު ދީދީ
22 February 2024
ސޮރީ.. އޭ330 އެއް ނޫން A-320 އިގޭތޯ. މަތީގައިދެންނެވި ބަދަލުގެސަބަބުން އައްޑުއަށް އުދުހެންޖެހޭ ކުދިބޯޓްގެ 6 ވަރަކަށްދަތުރަށް ކުރާންޖެހޭ އެތައްޙަރަދެއް (ޕައިލެޓް ކުރޫ އެލަވަންސް އާއި އެއަރޕޯޓް ލެންޑިންގ ޗާޖެސް ފަދަ) ސަލާމަތްވާނެ. # އަދި ޔަޤީންކަމާއިއެކު މިދަތުރުތައް ޝެޑިއުލްކުރުމުން އައްޑޫ ސެކްޓަރއަށް ކާރގޯލިބޭނެ. މީގެއިތުރުން ސްރީލަންކަންގެފަރާތުން ދެކުނުގެ ޓްއަރިޒަމް އިސްތިހާރުކޮށް ޑޮމެސްޓިކްދަތުރަށް ބޭނުންވާވަރަށް ގެސްޓުން ގެންނާނެ.
ޑްރޯން
21 February 2024
މޯލްޑިވިއަންއާ ބެހޭ ހަބަރެއް. ކޮބާ އަފީފްދީދީ؟
އޮނަރަބްލް އަފީފު ދީދީ
21 February 2024
ފައިދާވާނީ އެގޮތަށް ކުންފުނިހިންގާނެ ސިޔާސަތުކަޑައަޅައިގެން. ލ.އަތޮޅާއި، ހުވަދޫ، ފުވައްމުލަކާއި އައްޑޫގެ ރިސޯޓާއި، ގެސްޓް ހައުސްތަކާއިއެކު މޯލްޑިވިއަނަށް ގެއްލުންވާގޮތަށް އެއްބަސްވުން ހަދާފައިވޭ. # މިދެންނެވި އެއްބަސްވުމާއިއެއްގޮތަށް އަމަލުކުރާންހަދައިގެން ކ.މާލޭ އެއަރޕޯޓަށް ބޭރުންއަންނަ ފުލައިޓް ތަންކޮޅެއްލަސްވިޔަސް މަތީގައިދެންނެވި މަންޒިލްތަކަށް ޝެޑިއުލްކޮށްފައިވާ ޑޮމެސްޓިކް ބޯޓް ޑިލޭކޮށް ފަސިންޖަރުންނަށް އެތައް މުސީބާތެއް މިހާރު ކުރިމަތިކުރޭ.
އޮނަރަބްލް އަފީފު ދީދީ
21 February 2024
ޒަމާނަށް ނުފެތޭ ޙަރަދުބޮޑު އަދި ސްޕެއަރ ހޯދަންވެސް އުދަގޫ ޑޭޝް ގެ އުފެއްދުންތައް ދޫކޮށްލާން ޖެހުނީ ކީއްވެގެންކަން އެންމެނަށް އިގޭ ފަދައިން ތިޔަ ކުންފުނީގެ އިންޖީނާއި ކުންފުނީގެ ކައްޕިތާނާއި ފަޅުވެރިން (ޗެއަރމަން، އެމްޑީ، ސީނިއަރ މެނޭޖްމަންޓާއި ކުންފުނީގެ ބޯޑް) އެއްކޮށް ބަދަލުކޮށް މުޅި ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް އޮނިގަނޑު ރީސްޓްރަކްޗަރ ކޮށް އިސްރާފު ކުޑަކޮށްގެން ނޫނީ ކިތަންމެ ބޯޓެއް ގެނަޔަސް މޯލްޑިވިއަން އަކަށް ކުރިއެރުމެއް ނުލިބޭނެ.
ނާޑުވާ
21 February 2024
މި ސަރުކާރުން ދޮގު ހެދުން ނޫނއ ކަމެއް ނުކުރޭ. މަސްވެރިންނަށް ފައިސާ ދޭންވީމަ ޤައުމު ބަނގުރޫޓުވެފަ. އެކަމަކު ވޯޓާ ދިމާކޮށް ފިއްކަނޑައިގެން ދާވަރިގެ ވައުދުތައް އެ ކޮށްލަނީ. އޭޓީއާރެއް ނޫން. އޭ 380 ގެ ވިއްސަކަށް ބޯޓު ގަންނަންވީ.
ދޯބުރާލި ހަކުރު
21 February 2024
ކީއްކުރަން؟ ގެންނަންޏާ އެއާބަސް އޭ220 ނުވަތަ އެމްބްރާޔަރ އީ190 ގެ ބޯޓު ގެނެސްބަލަ.
އަމްޝާދު އަޒީޒް
21 February 2024
ވަރަށް ރަނގަޅު ކަމެއް. ޔާމީން ދައުރުގައި ހިގަ ހިގާ އޮތް ކުންފުނި ބަގުރޫޓްވާ ވަރު ކޮށްލީ އިބޫ.، މިއަދު ނިފެންނަނީ އަނެއްކާވެސް މޯލްޑިވިއަން ކޮޅަށް ޖަހާތަން.
ހޮޅިބޮޓުބެ
21 February 2024
ލޮލަށް މިރުސް އެޅުނީމައި ނުފެންނާނެ. އޭޓީއާރު ގެންނަންފެށީ ކުރީގެ ސަރުކާރުން. މިސަރުކާރުން ހަވާލުވިއިރު 5 އޭޓީއާރު އޮންނާނެ. ދޮގާއި މަކަރާއި އޮޅުވާލުން ނޫންކަމެއް ދަންނަބައެއް ނޫން.
ސޫއާދު ސައީދު
21 February 2024
މުއިއްޒް ވަރެއް ނެތް. މިއަދު މިފަށަނީ މިކަން ކުރިން. މިހާރު އޮތީ ވައިޑް ބޯޑް ފްލައިޓް ގެނެސް އިތުރު މަންޒިލްތަކަށް ދަތުރު ކުރަން. މިއީ ހިންގުންތެރި ކަމަކީ
އާސިމް ރިޒާ
21 February 2024
އިބޫމެން މި ކުންފުނިވެސް ހިންގަން ނޭނގިގެން ދިޔައީ ބަގުރޫޓް ކޮށްފަ. މިހެންވެ އަހަރުމެން އެ ސަރުކާރަށް ވޯޓް ނުދިނީ
ފިތުނަގުރޫޕު
21 February 2024
25 ބޯޓުއޮތީ ބަނގުރޫޓު ވީމަތާ! ދެން މިދިއަ ދައުރުގައި ގެނައީ ކިތައް ބޯޓުތޯ ބަލާބަލަ. ނުވިތާކަށް ކުންފުނީގެ ކުރީގެ އެމްޑީ އަކީ މިހާރުގެ ޗެއާމަން. ހިންގަން ނޭނގުނީމަތާ ބޮޑުމަގާމަކަށް ގެނައީ.
ބާސިމް ބިޒާ
21 February 2024
5 ބޯޓު އޯރޑަރ ކުރީ އިބޫ ސަރުކާރުން އިނގޭތޯ. މޮޔަނުގޮވާ.
ހަމަދު ސަލީމް
21 February 2024
ސާބަހޭ ސަރުކާރު. ވަރަށް ހިންގާލާ އެބަ