ލެބޯޓްރީގެ ހިދުމަތް ފެށުން އިފްތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސްލެބޯޓްރީގެ ހިދުމަތް ފެށުން އިފްތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
22 ފެބުރުއަރީ 2024 - 21:27
ލެބޯޓްރީގެ ހިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިފްތިތާހު ކޮށްދެއްވައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އާންމު ސިއްހީ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއްނެތް ހަތަރު ރަށެއްގައި މިއަދު މި ހިދުމަތް ދޭން ފަށާނެ އެވެ. އަދި އަންނަ މެއި މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ހިދުމަތް ދޭން ފަށާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ސިއްހީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ހިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ހިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރ
23 February 2024
ދަތުގަ އަޅާ ފުޓުނިކޮޅެއް ނެތްއިރު ކޮންތާކުންތޯ އެވަރަށް ޓެސްޓް ކިޓްތައް ހޯދަނީ.
ކިހިނެއް
23 February 2024
ނިމިދިޔަ 5 އަހަރު ތިކަހަލަ އެތައް ކަމެއް ކުރި
ވޯޓެއްނުދެވޭނެ
23 February 2024
ލެބޯޓެރީއެޅިދާނެ. ފެށިދާނެ. އެކަމަކު އެތަންތަނުން ޚިދުމަތް ފޯރުކޮށްދެވޭނީ އެތަންތަނަށްބޭނުންވަރަށް މީހުނާއި ސާމާނާއި ކެމިކަލް ލިބިގެން. ތިޚިދުމަތް ދެމުންގެންދާތަންތަން ހަމަޔަކަށްނުއަޅުވައި ފަލަސުރުޚީ ހޯއްދެވުމުން ކުރުއްވެވޭކަމަކީ އެޚިދުމަތާއިބެހޭކަމެއްނޫން. ކެމިކަލަށްއޯޑަރުކޮށްގެން އެނުލިބި ޚިދުމަތްނުދެވި ބޭކާރަށް ޓެކްނިޝަނުންތިބީ ކިތައްތަނުގައިތޯ ފުރަތަމައަށް ބައްލަވާ. އޭގެފަހުން މަޖިލީހުވޯޓުހޯއްދަވަން ތިކަހަލަވާހަކަދައްކަވާ!
ކިހިނެއްދޭނީ
23 February 2024
އެމްޑީޕީ ގެ ވެރިކަމުގަ ސިއްހީދާއިރާ އެންމެ ދަށައް ދިޔައީ ޓެސްޓް ހަދާ ކިޓްތައް ވެސް ނުހުރޭ
ސަލަަމަތީ ސެޓްފިކެޓް
22 February 2024
ކިޔަވައިގެން އައިސްތިބި ދިވެހި ޑޮކްތަރުން ވަޒީފާ ނުލިބިގެން ގިނަވެގެން އެބުރެނީ އެކުދިންނަށް ވަޒީފާލިބެޔެެ ގޮތް ހަދާދިނީޔާ މާރަނގަޅުވާނެ މިހާރުވެސް ކިޔުބޮޑުކަމުން ނަންބަރެއް ނުލިބިގެން މީހުން ދުވަންޖެހިފަ މިއޮންނަނީ mikamaa ސަރުކާރުން ވިނާ ވަޑައިގެން ހަލްލެއް ހޯއްދަވައި ދެއްވަބަލްލަވާ