ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕޭނުގައި މިއަދު ކުޑަހުވަދޫގައި ބޭއްވި ހަރަކާތްތަކުގައި މައުލޫމާތު ދެނީ. -- ފޮޓޯ: ބީއެމްއެލް
15 ފެބުރުއަރީ 2017 - 21:12
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއެސްއާރް ޕްރޮގްރާމްތައް އަތޮޅުތަކުގައި އިތުރުކޮށް ރަށްރަށުގައި ހިންގާ ޖަމާއަތަށް ފައިދާހުރި މަޝްރޫއުތަކަށް އެހީ ދިނުން އިތުރުކުރަން ނިންމައި މިއަދު އެކަން އިއުލާނުކޮށްފި އެވެ.
ބީއެމްއެލްއިން މިކަން އިއުލާނުކުރީ އާންމުންނާއި ބޭންކާ ދެމެދު އޮންނަ ގުޅުން އިތުރު ކުރުމަށް މިހާރު ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ހާއްސަ ރަސްމިއްޔާތެއްގައި ދ.ކުޑަހުވަދޫގަ އެވެ.
އެ ބޭންކުން ބުނި ގޮތުގައި އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ މުޖުތަމައުއަށް ފައިދާ ހުރި ހަރަކާތްތަކަށް ފަންޑު ހޯދަން އެ އަތޮޅެއްގެ ބޭންކް ބްރާންޗަށް މިހާރު ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.
ބީއެމްއެލްއިން ކުރިން ވަނީ ސީއެސްއާރު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ މިންވަރު މި އަހަރު ދެގުނަ އިތުރު ކުރާނެ ކަމަށާއި ރާއްޖޭގެ ސަރަހައްދުތަކަށް ބޭންކްގެ ހިދުމަތް ފުޅާކުރުމަށް 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަން ހާމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީމާ
16 February 2017
ރަށްރަށުގެ ޒުވާނުން މިފަދަ ފުރުސަތު ތަކުގެ ބޭނުން ހިފައިގެން ހިންގަން ބޭނުންވެފަ ނުވެފަ ހުރި ކަންކަން ފަށަންވީ. ވަރަށް ގިނަ ފުރުސަތު ތަކެއް މިދަނީ ފަހިވަމުން.
އަޔޫބު
16 February 2017
އަހަރުމެން ރަށުގަ ޓިއުޝަން ސެންޓަރެއް ހިންގުމަށް ސްޕޮންސަރޝިޕް ބޭނުން. ހެލްތު ސެންޓަރުގައި އެމެޖެންސީ ޖަނަރޭޓަރެއް ސްޕޮންސަރ ކޮށްދީބަލަ ޒުވާން އަންހެން ކުދިންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފަދަ ގޮތެއް ހޯދައިދޭން ކޮންމެސް ކޯހެއް ސްޕޮންސަރ ކޮށްލަދީބަލަ
ީއިބްރާހިމް
16 February 2017
ދޯނި ބޭންކިންގ ސާރވިސް ޒަމާނާ އެއްގޮތަށް ބަދަލުނުވާކަން ފާހަގަ ކުރަން. ޥ ފެންވަރު ދަށް ހިދުމަތެއް ލިބެނީ