ނެޓްބޯޅަ އާއި ސްޕޯޓްސް ކޮމްޕްލެކްސް އަޅަން ހުޅުމާލެއިން ދެ ބިން ދޫކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
25 ފެބުރުއަރީ 2024 - 16:55
ނެޓްބޯޅަ އާއި ފުޓްސަލް އިންޑޯ ކޮމްޕްލެކްސް ހަދަން، ހުޅުމާލޭން ދެ ބިމެއް ދޫކޮށްފި އެވެ.
ފުޓްސަލް އިންޑޯއަށް 54،992 އަކަފޫޓުގެ ބިމެއް ދޫކުރީ ފޭސް ދޭއްގެ ހިޔާ 16 ވަނަ ޓަވަރުގެ ގެ އުތުރުން ކުރިމަތީގައި އޮންނަ ބިމުގަ އެވެ. ނެޓްބޯޅަ އިންޑޯ ހަދަން ބިން ދިނީ ފޭސް އެކެއްގެ ގާޒީ ސްކޫލް ކުރިމަތީގައި އޮންނަ ބިމުން، 50،142 އަކަފޫޓްގެ ސަރަހައްދެކެވެ.
ބިން ދޫކުރުމަށް، އެއްބަސްވުން ހެދީ އެޗްޑީސީ އާއި ފިނޭންސް މިނިސްޓްރީ އަދި ސްޕޯޓްސް މިނިސްޓްރީއާ ދެމެދުގަ އެވެ. އިއްޔެ ހަވީރު ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ބޭއްވި ހަފުލާގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރުޑރ. މުހައްމަދު ޝަފީގެވެ. އަދި މިނިސްޓަރު ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
އެ ރަސްމިއްޔާތުގައި ރާފިއު ވިދާޅުވީ އެ ދެ ކޮމްޕްލެކްސްއަކީ ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް، މަލްޓި ޕާޕަސް ބޭނުމަށް ހަދާ އެންމެ ބޮޑު ދެ ކޮމްޕްލެކްސް ކަމަށެވެ. އެ ދެ އިމާރާތާ އެކު ކުޅިވަރަށް އިންގްލާބީ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުޓްސަލް އިންޑޯ އަޅަން ހަމަޖައްސާފައިވާ ބިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ފަޒުލް ވިދާޅުވީ ކުޅިވަރަކީ ޒުވާނުންނާ ގުޅުން ބޮޑު އެއް ކަންތައް ކަމަށް ވާއިރު ކުޅިވަރު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި އެ ކުންފުނިން އަބަދުވެސް އެއްބާރުލުން ދެމުންދާނެ ކަމަށެވެ.
އިންޑޯ ކުޅިވަރެއްގެ ގޮތުގައި އޮންނަ ފުޓްސަލްގެ މަގުބޫލުކަން ރާއްޖޭގައި ބޮޑު ވިޔަސް މުބާރާތްތައް ކުރިއަށް ގެންދަނީ މިނީ ޓާފް ދަނޑުތަކުގަ އެވެ. އިންޓަނޭޝަނަލް ފުޓްސަލް މުބާރާތްތަކަށް ދާން ކައިރިވުމުން، ސޯޝަލް ސެންޓަރުގެ އިންޑޯގައި ޕްރެކްޓިސް ކުރަން ފުރުސަތު ލިބުނަސް، އެ އިންޑޯއަކީ ފުޓްސަލްއަށް ފީފާއިން ކަނޑައަޅާފައިވާ ސްޓޭންޑަޑަށް ފެތޭ ތަނެއް ނޫނެވެ.
މީގެ ހަތް އަހަރު ކުރިން، ނެޓްބޯޅައިގެ ރަސްމީ މުބާރާތްތައް ކުރިއަށް ގެންދަނީ އައުޓްޑޯގައި ހުސް ބިމެއްގަ އެވެ. އެކަމަކު ފަހުން ސޯޝަލް ސެންޓަރުގެ އިންޑޯ މުބާރާތްތަކަށް ބޭނުން ކުރެ އެވެ. މިހާރު ވެސް ކްލަބްތައް ޕްރެކްޓިސް ކުރުމަށް ބޭނުން ކުރަނީ އައުޓްޑޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތރގދގފދގފދގފދގ
26 February 2024
ކޮބާތަ ވޮލީ އިންޑޯ
ވިޔަފާރިވެރިން
26 February 2024
ޓެނިސްކޯޓު އަޅަންދިން ތަންތަނުގައި ޓެނިސްކޯޓު އަޅައިފިތޯ؟ އާންމުންނަށް ކޫލޭލަންދެވޭ ކޯޓުތައް ނުހުރޭ. ހުސް ވިޔަފާރިއުސޫލުން ހިންގާ ޓެނިސްކޯޓުތައްހުންނަނީ ކީއްވެތޯ؟
ބިޔަމަޝްރޫއެއް
25 February 2024
ވާވާ، ބިޔަމަޝްރޫއެއް ތިފެށީ. ތިމަސައްކަތް ފަށަންވާނީ ނޫސްވެރިންގެ ހާޒިރުގައި ޓީވީތަކުން ލައިވުކޮށްގެން.
މިއައު
25 February 2024
ކުޑަ ކުދިންނަށް ކުޅެލަން ދާން ލިބޭނެތަ؟ ގޭންގަކަށް ތިތަން ވެސް ދޭނީ؟