ފިނޭންސް މިނިސްޓްރީގެ އޮފީސް އިމާރާތް. އެސްއޯއީތައް ރީފޯމު ކުރުމަށް ތިން އެކްސްޕާޓުން ހޯދަން އެމިނިސްޓްރީން ވަނީ އިއުލާނުކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
29 ފެބުރުއަރީ 2024 - 13:34
ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމު ކުރުމަށްޓަކައި އެކަމާ ގުޅޭ ތިން އެކްސްޕާޓުން ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ކުންފުނިތަކުގެ މައްސަލަތައް ހައްލު ކުރަން ހޯދަނީ އެސްއޯއީ ރިޕޯމު އެކްސްޕާޓަކާއި އިކޮނޮމިކް ރިފޯމް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓެކެވެ. އެ މީހުން ހޯދަން އިއުލާންކޮށްފައި ވަނީ ރާއްޖެއިން ބޭރުންނެވެ.
ރާއްޖެ އިން، އެސޯސިއޭޓް ސޯޝަލް ޕްރޮޓެކްޝަން އިކޮނޮމިސްޓެއް ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
ސަރުކާރުން އެސްއޯއީތައް ރީފޯމުކުރުމުގައި އިގްތިސާދީ ގޮތުން ދިމާވެފައިވާ މައްސަލަތައް ހަމަ މަގަށް އަޅުވަން ވޯލްޑް ބޭންކާ އެކު "މޯލްޑިވްސް ކޮމްޕެޓިޓިވް އެންޑް ގްރޯތު ޕްރޮޖެކްޓް" ނަމުގައި މަޝްރޫއުއެއް ވަނީ ފަށައިފަ އެވެ. ފަސް އަހަރަށް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ މައްސަލަތައް ހައްލު ކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށް، ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތްތަކަށް ވަނީ އަލިއަޅުވާލައިފަ އެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެސްއޯއީގެ ބައިވެރިވުން ވަރަށް ބޮޑެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 15،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
އެސްއޯއީތަކުގެ ހަރަދު ބޮޑުވެ، ފައިދާ ނުވާ މައްސަލަ އާއި ބައެއް ކުންފުނިތައް ހިންގުމުގައި ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އަމަލު ނުުކުރުމާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ނިންމުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެފަދަ އެތައް މައްސަލައެއް އެސްއޯއީތަކާ ގުޅޭ ގޮތުން ފެންމަތިވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜިގޫމު
29 February 2024
ޜިފޯމު ނުކޮށް ތިތަންތަން އުވާލަބަލަ! ތިތަންތާ ތިބޭ މީހުންކޔރަނީ ހުސް ވައްކަން
ކުރަފި
29 February 2024
ބޭކާރު ކަމެއް. އެސްއޯއީ ތަކަށް އަތްނުބާނާ ވެރިކަން ކުރަން ކެރޭ ވަރުގެ ވެރިއެއް މިގައުމަކަށް މިއިން ޒަމާނަކު ނާންނާނެ. ވެރިކަން ބަދަލުވާއިރަށް ހުރިހާ އެސްއޯއީތަކުގެ އެމްޑީ އަދި ބޯޑު ބަދަލު ކުރަން އެބަޖެހޭ. އެކަން އެގޮތަށް ކުރާހާ ހިނދަކު ތީގެ އެއްވެސް ނަތީޖާ އެއް ނުނިކުންނާނެ. ކޮންމެވެސް ފައިސާގަނޑެއް ތަޅާލަން ކުރާ ކަމެއް.
މިއައު
29 February 2024
ތިނެގިހާ ޑެޕިއުޓީ ތަކުގަ ނެތީތަ އެއްޗެއް އެނގޭމީހަކު؟
ރިމޯމޭ
29 February 2024
ސިޔާސީ މީހުން ކޮންމެ ތަނެއްގެ ބޯޑަށާއި ބޮޑެތި މަގާމުތަކަށް ލަނީ. އެއްޗެއް ރަނގަޅަށް އިންގެނީ މަދުބަޔަކަށް. ކުންފުންޏަށް ފައިދާވާގޮތަށް ހިންގުމުގެ ބަދަލުގައި ޕާޓީ ކަންކަން އިސްކުރަނީ. ކޮންމެ އެސްއޯއީއެއްގަ ތިން ހަތަރު ޑީއެމްޑީ. ދެންކޮންމެބައެއް ގެނެޔަސް ނުވާނެ އެއްކަމެއްވެސް.
ޜިފޯމު
29 February 2024
ރިފޯމޭކިޔަިގެން އަނެއްކާ ލާރިގަނޑެއް ޕަކަޅާ ކޮށްލަނީ