03 މާޗް 2024 - 06:29
ހޮލީވުޑްގައި މިހާރު މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ތަރި ޕްރިޔަންކާ ޗޯޕްރާ އޭނާގެ އާ ފިލްމު އިއްޔެ އިއުލާންކޮށްފި އެވެ.
ޕްރިޔަންކާ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ބުނީ އެ ފިލްމުގެ ނަމަކީ "ދަ ބްލަފް" ކަމަށެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގައި ޕްރިޔަންކާ ކުޅޭނީ ކަނޑުފޭރޭ މީހެއް ނުވަތަ ޕައިރެޓެއްގެ ރޯލެވެ. އަދި މި ފިލްމުގައި ދައްކާނީ 19 ވަނަ ގަރުނުގައި ކެރީބިއަންގައި ހިންގާ ކަންތައްތަކެއް ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.
ޕްރިޔަންކާއާ އެކު މި ފިލްމުގައި ލީޑު ރޯލުން ފެންނާނީ ޕްރައިމް ވީޑިއޯގެ ސީރީޒް "ދަ ބޯއިސް" އިން ގިނަ ބަޔަކަށް އެނގޭނެ އެކްޓަރެއް ކަމަށްވާ ކާލް އާބަން އެވެ.
މި ފިލްމަކީ އެމެޒަން އެމްޖީއެމް ސްޓޫޑިއޯސް އާއި އޭބީޖީއޯ އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
"ދަ ބްލަފް" ޑައިރެކްޓުކުރަނީ މި މަހު ނުކުތް ޖެމައިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބޮބް މާލީގެ ބަޔޮޕިކް ޑައިރެކްޓުކުރި ފްރޭންކް އީވެން ފްލާވާސް އެވެ.
މި ފިލްމު ރިލީޒްކުރާ ދުވަހެއް އަދި އާންމެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
03 March 2024
އޭނަޔައް ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެން ވަރައް ފަސޭހަވާނެ. އޭނައަކީ ކުރީގަ މީހުންގެ ފިރިން ފޭރޭބައި ކުޅެފަހުރި މީހެއް.