އައިޓީބީ. ވިސާ ރިޖެޓް ކުރި މީހުންގެ ޓިކެޓް ހުރީ ގަނެފައި -- ފޮޓޯ: އެމްއެމްޕީއާރްސީ
03 މާޗް 2024 - 15:08
ޖަރުމަނުވިލާތުގެ ބާލިންގައި އަންގާރަ ދުވަހު ފަށާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އައިޓީބީ އަށް ދިއުމަށް ހަމަޖެހިފައިވާ 15 މީހެއްގެ ޓިކެޓާއި ހޮޓެލް ބުކިން ވެސް ހަމަޖެއްސިފަހުން ވިސާ ނުލިބިގެން އެ ފެއާ އަށް ދެވޭ ގޮތެއް ނުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފެއާ އަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ދާން އޮތް 10 މީހުންނާއި ޓޫރިޒަމް ދާއިރާގެ ފަސް މީހަކަށް ވެސް ވިސާ ނުލިބެ އެވެ. އެމްއެމްޕީއާރްސީން ފޮނުވާ 10 ވަރަކަށް މީހުންގެ ޓިކެޓް އާއި ރީ ރޫޓުތަކުގެ ދަތުރުތަކާއި ބައެއް މީހުންގެ ހޮޓެލް ބުކިންތައް ވެސް ހުރީ ހަމަޖައްސައިފަ އެވެ.
ވިސާ ނުލިބުނު މީހުންގެ ތެރޭގައި ބޭންޑާއި، ސަގާފީ ހަރަކާތްތައް ހިންގާ ބައެއް މީހުންގެ އިތުރުން މީޑިއާތަކުން ދާ މީހުން ވެސް ހިމެނެ އެވެ.
ވިސާތައް ރިޖެޓް ކުރި އިރު، އެ މީހުންގެ ވިސާގެ ކަންކަން އެމްއެމްޕީއާރްސީން ފެށީ މިދިޔަ މަހުގެ 20 ހިސާބުގަ އެވެ. ޖާމަނީގެ ޝެންގަން ވިސާ ނުލިބުމުން ބައެއް މީހުން ޔޫރަޕްގެ އެހެން ގައުމުތައް މެދުވެރިކޮށް ޝެންގަން ވިސާ ލިބޭތޯ މަސައްކަތް ކޮށްފައިވެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ބާލިން ފެއާ ކުރިއަށްދަނީ މާޗް މަހުގެ ފުރަތަމަ ހަފްތާގަ އެވެ. މި އަހަރުގެ ފެއާ ކުރިއަށް ދަނީ 5-7 އަށެވެ.
ބާލިން ފެއާ އަކީ 1966 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާ އެވެ. މި އަހަރުގެ ފެއާގައި ވެސް 180 ގައުމަކުން 10،000 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ އެވެ. މިއަހަގެ ފެއާގައި ރާއްޖެއިން 106 ކުންފުންޏަކުން 247 މީހުން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލކަވ
03 March 2024
ހިންގުމުގެ ދޯހަޅިކަމުން. އަބަދުވެސް ޕްރައިވެޓް ސެކްޓަރއިން ބައިވެރިވޭ އަމިއްލަ ޙަރަދު. ސަރުކާރުންދަނީ ނާޗަރަންގީ ކުޅެން.
އަލިފްދާލް ގެ ގުތްރަސް ގުތްރަސް ބާލީ
03 March 2024
ދިވެހިން ގެ ހަޒާނާއިން މި ގެއްލުނު 2 މިލިޔަން ދިވެހިރުފިޔާ އަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫން. ދެން އަބިޓަރޭޝަން އަށް ލާފަ ޖަރުމަނު ހޯޓާތަކަށް ފައިސާ އަނުބުރާ ދައްކަން އަމުރުކުރާނެ.
ހައްހައްހައް
03 March 2024
އަދިވެސް ކަމަށް ނާގާބިލު ބޮޑާ ކުޑަކުދިން ވަޒީރުކަމަށް ލާ! މޮޅު ވާނެ. ކާކުތަ ޓިކެޓުނަގާ ހޮޓާ ބުކުކޮށް ހަދާފަ އެންމެ ފަހުން ވިސާ ހޯދަން އުޅެނީ؟؟؟؟ ކާކު ތިޔަކުރި އިސްރާފުގެ ބަދަލު ދެނީ؟ ފުލް ރިފަންޑެއް ނުލިބޭނެ އެއްވެސް އެއްޗަކަށް. އަދި އަގުހެޔޮ ޓިކެޓު ނަގަފައި ހުރިއްޔާ ރިފަންޑެއް ނުވެސް ލިބޭނެ!
ޢަލީ ކުރުސީ
03 March 2024
ތަނެއް ދޮރެއް ނުދަންނަ އަދި ތަޖްރިބާ ނެތް މީހުން މަޤާމްތަކަށްލީމަ ވާނީ މިހެން. ޓްވަރިޒަމް ދާއިރާއަކީ ކުޅޭކުޅޭ ދާއިރާއެއް ނޫން.! އުންމީދު ކުރީ މުއިއްޒު މުއަށްވުރެ ވިސްނުން ރަގަޅުވާނެކަމަށް. ޢެކަމަކު މަޤާމްތަކަށް ލާފައިތިބި ގިނަ މީހުންގެ ނެތް ކާމިޔާބުކަމާއެކީ ރާއްޖެ ހިންގޭނެ ފެންވަރެއް!
ކޮރަލް
03 March 2024
އިހްމާލް ވި ވެރި މީހާ ޒިންމާ ނަގަން ވާނެ އެވެ. ނޫނީ އިސް ތިއުފާ ދޭން ވީ އެވެ.
އަފްރާސިޔާބު
03 March 2024
އަލަށްދޯ ފެއަރ ގަނޑެއްގާވެސް މި ބައިވެރިވަނީ. މަހީކުރީ ވެރިމީހާ ބަދަލުވީމާ ދުނިޔޭ ގައުމުތަކުންވެސް ވިސާ އުވާލީ ކަމަށް ދިވެހިންނަށް. ގައުމިއްތަ ކުރިއަރުވާ ވަރުން.
އެނދިމަރިޔަނބު
03 March 2024
ޔޫރަޕުން ވިސާއެއް ނުލިބޭނެ. އޮފީހަށްދާން ނުކުންނަހެން ފަސްމިނެޓަށްވީމަ އުޅެގެން. 3 މަސް ކުރިން ވިސާއަށް އެދެންޖެހޭނެ.
ސަނީސައިޑްބޮންޑް
03 March 2024
ސްލޯވީމަ ނަންވާނީ ސްލޯލިހް އެކަމަކު މިމީހުން މިއުޅެނީ އެއަށްވުރެވެސް ސްލޯކޮށް
އުދުހޭ
03 March 2024
މީގެ ޒިންމާ ނަަގަންޖެހޭނީ ކުޑީތައުފީގެއްނޫން. އޭނާ އެމަގާމަށް ހަމަޖެއްސި މީހާ.
ޑައިޖިން
03 March 2024
ކޫޑިވެސް ނަގަން ޖެހޭބެ!
ާއުދުހޭ
03 March 2024
މިއީ ވޭތިވެތިޔަ 50 އަހަރުތެރޭ އައިޓީބީއަށް ދާންއުޅުން ދިވެހިންގެ ވިސާ ހަމަނުޖެހުން ފުރަތަމަ ފަހަރު. އެތެރޭން މައުލޫމާތު ލިބުނުގޮތުގައި ވިސާއަށް ހުށައެޅީ ވަރަށް ލަހުން.