ޕެއިން ކްލިނިކުގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
06 މާޗް 2024 - 10:40
ޕެއިން ކްލިނިކުން ޕްލޭޓްލެޓް ރިޗް ޕްލާޒްމާ (ޕީއާރުޕީ) ފަރުވާދޭން ފަށައިފި އެވެ.
ޕީއާރުޕީ އަކީ އެ މީހެއްގެ ލޭ ނަގައިގެން, ލޭ ފިލްޓާކޮށް އޭގައި ހިމެނޭ ހީލިން ޕޮޓެންޝަލް ހިމެނޭ މާއްދާތަކާއި ނިއުޓްރިޝިއަސް މާއްދާތައް ފިލްޓާކޮށް, އެ އިންޖެކްޓުކޮށްގެން ދޭ ފަރުވާއެކެވެ. މި ފަރުވާ އަކީ ކޮންމެ މީހެއްގެ ލޭގައި ވެސް ގުދުރަތީގޮތުން ހިމެނޭ މާއްދާތައް އެކަނި ބޭނުންކޮށް, އެއްވެސް އިތުރު ކެމިކަލެއް ނުހިމަނާ, ހަށިގަނޑުގައި ހުރި މާއްދާތަކުން ދޭ ފަރުވާ އެކެވެ.
ޕެއިން ކްލިނިކުން މި ފަރުވާ ދެނީ އެކި އިންޖަރީތަކާއި އާތްރައިޓިސް ފަދަ ބަލިތަކުން ކަކުލުގެ އަދި ހަށިގަނޑުގެ އެހެނިހެން ޓިޝޫތަކަށް ލިބޭ ގެއްލުންތަކަށް ދޭ ފަރުވާއެއްގެ ގޮތުންނެވެ. ބައެއް ފަހަރަށް ތަދުވެ, ދުޅަވުމަށް މަގުފަހި ވަނީ ހުންނަ ބައްޔަކުން ނުވަތަ ލިބޭ ގެއްލުމަކުން ޓިޝޫތައް ހަލާކުވެގެންނެވެ. ޕީއާރުޕީ އިންޖެކްޝަން ދިނުމުން ހަލާކުވާންފަށާފައިވާ ޓިޝޫތައް އަވަހަށްފަސޭހަ ވުމަށް އިތުރު އެހީއަކަށް ވެގެންދެ އެވެ.
މި ފަރުވާ އަކީ ހަށިގަނޑުގައި ހުރި މާއްދާތައް ބޭނުންކޮށްގެން ދޭ ނެޗުރަލް ފަރުވާއަކަށްވުމުން މިއީ ސައިޑް އެފެކްޓުތައް މަދު ފަރުވާއެއް ކަމަށް ދިރާސާތަކުން ދައްކާފައިވާކަން ޕެއިން ކްލިނިކުން ފާހަގަކުރެ އެވެ. އެ ކްލިނިކުން ބުނި ގޮތުގައި ޕީއާރުޕީ އިންޖެކްޝަން ދޭން ޖެހޭ މިންވަރު ބިނާވާނީ, އެމީހަކަށް ޖެހިފައިވާ ބައްޔެއްގެ އަދި ނުވަތަ ލިބިފައިވާ އިންޖަރީގެ ކުޑަ ބޮޑު މިނަށެވެ. އަދި މިއީ ހަށިގަނޑުގައި ހުރި ހީލިން ޕޮޓެންޝަލް އޮޕްޓިމައިޒްކޮށް, މިފަދަ ބަލިތަކަށް ދެވިދާނެ އެކަށީގެންވާ ރަނގަޅު އެއް ފަރުވާކަމަށް އެ ކުލިނިކުން ބުންޏެވެ.
މިއީ ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ވެސް ދޭ ފަރުވާ އެކެވެ.
ޕެއިން ކްލިނިކަކީ އެކި ވައްތަރުގެ ތަދުތަކަށް ފަރުވާ ދޭ ކްލިނިކެކެވެ. މި ކްލިނިކު ހުންނަނީ އަލިކިލޭގެފާނު މަގުގައި ހުންނަ ގ. ހިޔާކުރި, ހަތަރު ވަނަ ފަންގިފިލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްލިކް
06 March 2024
މިކަހަލަ ރައްކާތެރި ފަރުވާތައް ބަލައިގަންނަންޖެހޭ. ސާޖަރީތައް ކުރުމަށްވުރެ މިކަހަލަ ކުޑަކަމެއް ކޮށްލައިގެން ރަގަޅުވެއްޖެނަމަ މާ ރަގަޅުވާނެ ކަމަށް ފެންނަނީ.