މާލޭގައި ނުގަވައިދުން ޕާކުކޮށްފައިވާ އުޅަނދުތަކެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
06 މާޗް 2024 - 17:28
މާލޭގައި ނުގަވައިދުން ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމަށް ފަހު، ބެހެއްޓުމަށް ހުޅުމާލެއިން ދެ ބިމެއް ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނިއުސް ބްރީފިންގައި މާލޭ އޭރިޔާގެ ޕޮލިސް ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ ހުޅުމާލެއިން ދެ ބިމެއްގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ޓޯޔާޑެއްގެ ގޮތުގައި ބޭނުންކުރަން ލިބިފައިވާ ކަމަށެވެ.
އެހެންވެ، ނުގަވާއިދުން ޕާކުކުރާ އުޅަނދުތައް ގެންދާނީ އެ ސަރަހައްދަށް ކަމަށާއި ވެހިކަލްތައް ނެގުމުގެ ކުރިން އެ އުޅަނދުތައް ގަވާއިދުގެ ދަށުން ޕާކުކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ.
"މިހާރު ވެސް ފުރުސަތު ދެން އަޅުގަނޑުމެން ވެހިކަލްތައް ނެގުމުގެ ކުރިން ގަވާއިދާ އެއްގޮތަށް ވެހިކަލްތައް ބަދަލުކުރަން،" ސަމީރު ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ހުރި ސައިކަލުތައް ނެގުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު މިހާތަނަށް 100 އަށް ވުރެ ގިނަ ސައިކަލު ނަގައި ޓޯކޮށްފައިވެ އެވެ.
"ހަމަ ގައިމު ވެސް ހަތް ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ނުދުއްވާ ހުރި ސައިކަލުތައް ވާނީ ނެގިފައި. އެ ޕްރޮގްރާމު ރޯދަ މަހު ވެސް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ފުލުހުން ވަނީ ސައިކަލުތައް ޓޯކުރަން ފަށާފައި..
އެ މަސައްކަތުގެ ދަށުން މާލޭގައި ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ހުރި ހަތަރު ފުރޮޅުލީ ވެހިކަލްތައް ވެސް ނަގަން މާދަމާ ފަށާނެ އެވެ.
ސަމީރު ވިދާޅުވީ މާދަމާ އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ހުންނަ އުޅަނދުތައް ނަގަން ފަށާނެ އެވެ. އޭގެ ތެރޭގައި އަމީނީ މަގާއި މަޖީދީ މަގާއި އޯކިޑު މަގުގެ އިތުރުން ސްކޫލުތަކާއި އޮފީސް އަދި މިސްކިތްތައް ހިމެނޭ ސަރަހައްދުތައް ހިމެނޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
"އެހެންވީމަ ފުލުހުންނާއި ކުންފުނިތައް ގުޅިގެން މި މަސައްކަތް ކުރަނީ. އަމީނީ މަގަކީ ޕާކުކުރުން މަނާ މަގެއް. މަޖީދީ މަގުގައި ވެސް އެއްގޮތަކަށް ޕާކުނުކުރެވޭނެ މަގެއް. އޯކިޑު މަގުގެ ވަކި ފަޅިއެއް މަނާވާނެ ޕާކުކުރަން. މީގެ ކުރިން ބަސް ދުއްވަން ފެށިއިރުގައި މާލޭގެ މަގުތައް އޮތްގޮތަށް ބޭއްވުމަށް އެބަ މަސައްކަތް ކުރަން،" ސަމީރު ވިދާޅުވި އެވެ.
ހިތުހުރި ގޮތަކަށް މާލޭގައި ޕާކުކުރަމުން އަންނައިރު ސަމީރު ވިދާޅުވީ ސޯސަން މަގަކީ ބޮޑު ޕާކިން ޒޯނެއް އޮތް ތަނަކަށްވާއިރު އެ ޕާކިން ޒޯނުގައި ޖާގަ އޮއްވައި ވެސް އެތަނުގެ ކައިރީ މަގުމަތީގައި ޕާކުކުރަމުންދާ ކަމަށެވެ. އެހެންވެ، ވެހިކަލްތައް ނަގައިގެން މާލެގެ މަގުތައް ހަމައަކަށް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ އެކަށީގެންވާ ޕާކިން ޒޯނު ހުރި ތަންތަނުގައި ވެސް އެގޮތަށް ޕާކުނުކުރާކަން ހިތާމައާއެކު ފާހަގަކުރަން."
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ އެކި ތަންތަނުގައި ޕާކުކޮށްފައިވާ ހުރި އިންޖީނު ނެތް ތޮށިގަނޑުތަކުގެ ތެރެއިން މިހާތަނަށް 156 ވެހިކަލެއް ވެސް ނައްތާލާފައިވާ ކަމަށެވެ.
ވެހިކަލްތައް ނެގުމުގެ މަސައްކަތްކުރަމުން ދަނީ މާލޭގައި އެކި ގޮތްގޮތަށް ޕާކުކުރަމުންދާތީ އޭގެ ސަބަބުން އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ސްޓިކާ ޖެހުން ހުއްޓާލުމާ އެކު ވަނީ ޕޭވްމަންޓުތަކާއި މަގުތަމުގެ ދެ ފަރާތުން ވެސް ޕާކުކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިންގާ ސަނާ
07 March 2024
ތިނުން ކަމެއް ކަލޭމެނަކައް ނުވާނޭ! ލާރި ކޮޅުު ހުސްވީ ދޯ؟
ޕޮލިސް ސަނާ
08 March 2024
ލާރި ހުސްވީކީ ނޫން، ކަލޭމެން ގޮތެއް ފޮތެއް ނެތިގެން ހިތައް އެރިހާތާކު ޕާކު ކުރާތީ އެކަން ހުއްޓުވަން މިއުޅެނީ
ގާނާ އަންނި
07 March 2024
ކިހިނެއްހޭ ތިހުރިހާ ކާރެއް އެތެރެވީ ޕާކުކުރާނެ ގަރާޖެއް ނެތި. މަގުތަކުން ވިއްކާފަހުރި ޕާކިންތައް ނަގާ. ޕާކުކުރާނެ ގަރާޖެއް ނެތީޔާ ކާރު ނުގެންގުޅޭ. މީހުން އުޅެވޭވަރު ތަނަކަށް މިތަން ހަދާދީބަލަ ހެޔޮނުވާނެ.
ބާބޫޖީ
07 March 2024
ގާނޫނު ތަންފީޒް ކުރަނީ ފުލުހުން ހިތަށް އެރީމަ ... ގައުމު މިހާލަތަށް ވެއްޓުނީވެސް ފުލުހުންގެ ނުބައިނުލަފާ ކަމުން.
ޓޯޔާޑް
06 March 2024
ޓޯޔާޑުގަ ޕާކިން ބިލްޑިން ހަދާ ނުގަވައިދު ޕަާކިން ހުއްޓާ ދިނުން ކީއްތޯ
ބޯޓްޔާޑް
07 March 2024
ޕާކިންގ ބިލްޑިންގެއް ނޫން ކޮންމެ ތަނެއް ހެދިއަސް ނުވާނެ. ދިވެހިންނަކީ އެއްގޮތަކަށްވެސް އަނެއްމީހާއަށްވާ އުދަގަލަށް ވިސްނާބައެއްނޫން. އަބަދުވެސް ތިމާ ޕާކު ކުރަންޖެހެނީ ތިމާ ދާ އިމާރާތެއްގެ ކުރިމަތީގައި. އެ ހެޔޮ 50 ފޫޓު ދުރުން ޖާގަ ލިބެން ހުއްޓަސް.. އެހެންވީމާ ޕާކިން ބިލްޑިންގ އެއް ހެދިއަސް ނުވާނެ ހައްލެއް. އަހަރެމެންގެ އުޅުން ރަގަޅު ކުރެވިގެންވާނީ..
ހިސްޓަމުިން
07 March 2024
ކޮންތާކު! ޖެހިގެން އޮންނަ ގޯޅީގައި ޕާކު ކުރާނެ ތަން ހަދާފަ ހުއްޓާވެސް ފިހާރަޔަށް މި ވަންނަނީ މަޖީދީ މަގު އަރިމަތީ ޕާކު ކޮށްފަ.
ސްޓިކާ
06 March 2024
ޤަނޫނުތަކާއި ގަވައިދުތައް ހަދާފައި ހުންނަނީ ރައްޔިތުން މިހެން ހަމައެއް ލަމައެއް ނެތި އުޅޭނެތީވެ. ހޮޅި ވައުދު ވީމާ ދެންވާނެ ހައެތިވެ ބޮއްސުންލާފަ މިއޮތީ. ސްޓިކާ ޖެހުމާ މިކަންކަން ކުރިއަށް ގެންދަން ޖެހެނީ އެންމެންގެ ވެސް ސަލާމަތާ ރައްކާތެރިކަމަށްޓަކައި. ފަރުވާކުޑަކޮށް އުޅޭ ރައްޔިތުން ފަރުވާތެރިވާނީ ކޮންމެސް ކަހަލަ އަދަބެއް ދެންޏާ. އެހެންވީމަ ކަންކަން ލުއި ކޮށްދޭންވާނީ ދިވެހިންނަކީ ވަރަށް ކަންނެތް ބަޔެއްކަން ދަނެގެން.
ޤަވާއިދު
06 March 2024
ޤަވާއިދާއި ޙިލާފުވާނަމަ ވަގުތުން ޓްރެފިކް ވަޔޮލޭޝަން ޖޫރިމަނާ އެމީހެއްގެ އެކައުންޓުން ކަނޑާލަންވީ. މާބޮޑަށް ދޫދިނީމާ އޭގެ ފައިދާ ބަޔަކު ނެގީ، ދެންވެސް ހަރުކަށިވެ ޤަވާއިދަށް އުޅެން ދަސްވެ އަމަލު ކުރަންދެން ލުޔެއް ނުދޭތި. ބޭނުމީ އެންމެނަށްވެސް ރައްކާތެރިކަމާއި ފަސޭހަގޮތް، ވަކި ބައެއްގެ ބޭނުންވާ ގޮތެއް ނޫން.
ސާޖި
07 March 2024
ވަރަށް ރަނގަޅު ވާހަކައެއް. މާބޮޑައްވެސް ހުރިހާ ކަމެއްގަ ދޫ ދެވެނީ. ހަރުކަށިކޮއް ގާނޫނުތައް ތަންފީޒުކޮއްލަ ބަލަ. ޔާމީން އެކަނި ފެނުނީ އެވަރުގެ ވެރިއަކަށް މިފަހުން.
ކޮރަލް
06 March 2024
ހައިވޭ ތަކުގަ ސައިކަލް އަށް ދުއްވާ ލެވެން ނެތެވެ. ހައިވޭ ތަކުން ނަގާ ވެހިކަލް ތަކުގެ އަދަދު ބުނެ ބަލާށެވެ.
ހާލިދު ގަނީ
06 March 2024
ٱلْحَمْدُ لِلَّٰهِ