މާލޭ ސިޓީގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
09 މާޗް 2024 - 12:08
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ކުރިއަށް އޮތް ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް މާލޭގައި މިއަދު ބަހަން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ސަރުކާރުގެ ރޯދަ ހަދިޔާ ދޫކުރާނީ ކޮންމެ ކަރަންޓް މީޓަރުގެ ނަންބަރަކަށް ކަމަށާއި ހަދިޔާއާ ހަވާލުވާން ދާއިރު މީޓަރު ނަންބަރު ދައްކަން ޖެހޭނެ އެވެ.
ހަދިޔާ ބަލާ ދާން ޖެހޭނީ ދިވެއްސަކު ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ހަނޑޫ އަދި ފުށް ބަލާ ދާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންދަން ޖެހެ އެވެ.
މާލޭ ސިޓީގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ:
- ހެނދުނު 10:00 އިން ހަވީރު 4:00 އަށް
- ރޭގަނޑު 8:30 އިން 11:00 އަށް
ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ:
- ހެނދުނު 9:30އިން މެނދުރު 1:00 އަށް
- ރޭގަނޑު 9:00 އިން 11:00 އަށް
މާލޭ ސިޓީގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސިޓީ ކައުންސިލުން ބުނިގޮތުގައި މާލޭގެ ހަ ސަރަހައްދަކުން ކާޑުގެ ބާވަތްތައް ދޫކުރުމުގެ މަސައްކަތް ކުރާނެ އެވެ. އެއީ
- ގަލޮޅު ދަނޑު
- މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި
- މާލޭ ސޯޝަލް ސެންޓަރ
- ވިލިމާލޭ ބިއްރި މިސްކިތް ހޯލް
- ހުޅުމާލޭ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިން
- ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ
މާލޭ ސިޓީގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު ރައީސް ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑުލާއި ހަކުރު އަދި ފުށް އެތެރެކުރަން ވަކި ގައުމަކަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެންނަން އެ ގައުމާ އެކު އެއްބަސްވެފައިވާ ކަމަށެވެ.
އަންނަ އަހަރު އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ ދުވަހު ރައީސް ވާހަކަފުޅު ދެއްކެވީ އިންޑިއާއަށް އެކި ކަންކަމުގައި ރާއްޖެއިން މާބޮޑަށް ބަރޯސާވެފައި އޮންނާތީ އެކަމާ ގުޅޭ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު33
11 March 2024
10ކިލޯ ހަނޑޫ + 10 ކިލޯފުށް = 100ރ ގެއަކަށް 100 ރުފިޔާ އެޖެހެނީ.
ރަދީފް ފޭން
11 March 2024
ބާސްމަތީ ހަނޑޫ 10 ކިލޯ 100ރ އަށް ލިބޭ ތަނެއް ބުނެބަލަ.
ބޭފުޅާ
10 March 2024
މާލެ މީހުންނަށް ދައުލަތުގެ ފައިސާ ބަހަނީ.
ބޮޑުރިޔާ
10 March 2024
އަހަރެމެން މިއުޅެނީ 3 އާއިލާ 1 ގެއެއްގައި ދެން މިތަނުން 1 އާއިލާ ރަންޓް މީޓަރުގެ ނަންބަރު ހިފައިގެން ދިޔައީމަ ބާކީ 2 އާއިލާ އަށް ލިބޭނީ ކޯޗެއްތޯ އެކަމަކު ސުރުހީގައި ޖަހާލާފައި މިއޮންނަނީ ކޮންމެ ގޭބިސީ އަކަށް ކާޑުގެ ބާވަތްތަށް ބަހަން ފަށައިފި ވީމާ ގޭބިސީ އަކީ ކަރަންޓް މީޓަރުގެ ނަމްބަރު ކާޑުގެ ބާވަތް ތަކަކީ ހަނޑުލާއި ފުއް އޭގެތެރޭގައި ހަކުރު ނުހިމެނޭނެ އެކަމަކު ދިވެހިން މީގެކުރިން ކާޑުގެ ބާވަތްތަށް މާނަ ކުރަނީ ހަނޑޫ ހަކުރު ފުއް މި3 ބާވަތަށް
ގޭބިސީ
10 March 2024
ކޮޔާ ގޭބިސީ އާއި ޢާއިލާގެ ތަފާތު ނޭންގި ކޮމެންޓް ތިކުރަނީ.
އަބްޑޫޅް +
10 March 2024
ހަނޑުލާ އެކު ލައިގެންކާ އެއްޗެއް ދިއްކޮށެއް ނުލާ ދޯ؟ މަސްބަނަސް ކޮޅެއް ނޫނީ މޫޑުލިސް ޕެކެޓެއް ދިންނަމަވެސް ރޯދައިގެ ވަރުބަލި ފިލީސް ނުން.
އަބްޑޫޅް +
10 March 2024
ގޭބިސީ ތަކަށް ބެހީމަ ފިތުނަފަސާދަ އުފެދުން އެކަށިގެންވޭ. ބަހަންވީ ވަކިބިސީ ތަކަށް.
ކިމް
09 March 2024
ތިވަރު އެއްޗެއްވެސް ގޭގަ ބަހައްޓާނެ ޖާގައެއް ނެތް. ގިރާވަރު ފަޅަށް ލާން ޖެހޭނީ
ދިއްކޮށްލާ
09 March 2024
ރާއްޖޭގެ މަދުގެއަކަށްމެނުވީ މީހަކުދިއްކޮލާ 10 ކިލޯގެ ހަނޑުލާއި 10 ކިލޯގެ ފުށެއް (100 ރުފިޔާ) ބޭނުންނުވާނެ. މާނައަކީ ތިގެންދާ ގެއެއް މަދުވާނެއޭ. އެހެންނެއްނޫން ވަކިބަޔަކަށް ބަހައި ހުސްކޮށްލެވިދާނެ. އޭރުން އެމީހުން ތިވިއްކައިގެން މުއްސަނދިވެދާނެ. ހަގީގީ ބޭނުމަކީ އެއީކަމަށްވެސް ވެދާނެ. ހަމަ ބޮޑުއިސްރާފެއް.
ވަޠަންގެ ދަރި
09 March 2024
10 ކިލޯ ހަނޑުލާ 10 ކިލޯ ފުށް ބައެއްބޭޅުންނަށް އެއްޗަކަށް ނުވެދާނެ. އެކަމަކު 10 ނިލޯ ބާސްމަތީ ހަނޑޫ 50 ރުފިޔާއަށް ގަނެވޭބާވައޭ ހިތަށްއަރަނީ
ބިތަނަބޭ
10 March 2024
ނޫނޭ 500000 ރުފިޔާއަށް ގަނެވޭނީ. ބާސްމަތީގެވެސް ހުރޭ އެތައް ފެންވަރެއް. އާދައިގެ ހަނޑުލާއި އެއްއަގެއްގައިވެސް ލިބިދާނެ. ތިކަން ނިމޭއިރު ވާގޮތް ބަލަންތިބޭ. މިތާނގައި މުހިއްމީ ހަނޑުލުގެ ބާވަތެއް ނޫން. ތީގެން ކުރާނެ ފައިދާއާއި މަގުސަދު.
ޢުނބޭ
09 March 2024
ތީ އިސްރާފެއް،، މިޒަމާނުގަ އެއްޗެއް ދޭނަމަ އެއަށް ހަރަދުވާނެ ފައިސާ ދޭނީ،، ޕާޓީތަކުގަވެސް އޮންނަނީ އެއުސޫލު،،
2024
09 March 2024
މީ 24 ތު ސެންޗަރީ ކާކު ތިބަލާދާނީ.. ތިޑެލިވަރކޮށްދީބަލަ..... ބޮއިހަލަކި
އަބްޑޫޅް +
10 March 2024
އުނހުނ. މިއީ 21ސުޓު ސެންޗަރީ. ހިޖުރަ (މީލާދީ) އޮޅުނީ އުތަ؟
ސެންޗަރީ
10 March 2024
އަދި ކިރިޔާ މި އިނގުނީ އަހަރާ އެއްވަރަށް ސެންޗަރީ ބަދަލުވާކަން. ވަރަށް ބޮޑަށް ޝުކުރުވެރިވަން...25 ވަނަ ސެންޗަރީގައި ބައްދަލުވާނެ ކަމުގެ އުއްމީދުގައި ވަކިވެލަން..
އައިންތު ނޫލް
09 March 2024
ވަރައް އުފާވެއްޖެ އަލްހަމްދުﷲ ސުކުރުކުރަން އަޅުގަނޑު ކަހަލަ ނިކަމައްޗަކައް މީތިލިބުނުކަމައް ވަރައް ހާލުގަ މިއުޅުނީ 4 ކުދިންގޮވައިގެން.....
އަޖައިބުވޭ
09 March 2024
ސްމާޓް ފޯނާއި އިންޓަރނެޓް ނިކަމެތިން ބޭނުންކުރޭތަ.