މާލޭގެ މަގަކަށް ނެރެފައިވާ ކުނިތަކެއް: އިއްޔެ އެކަނި ވެސް 60 ޓަނުގެ ކުނި މާލެއިން ނެގި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
11 މާޗް 2024 - 14:22
މާލޭގެ މަގުތަކަށް ގޭބިސީތަކުން ގިނަ އަދަދަކަށް ކުނި ނެރެ ގޮނޑުކުރަމުން ދާއިރު އިއްޔެ އެކަނި ވެސް 59.6 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން އުކާލައިފި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ 15 ދުވަސް ތެރޭގައި މާލެ ތެރެއިން 200 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. މިއި 25 ފޫޓުގެ 8 ކޮންޓެއިނަރަށް އެޅޭހާ ކުނިކަން އޭނާ ފާހަގަކުރެއްވި އެވެ.
އާޒިމް ވަނީ ދިރިއުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެންނަށް ހިތްފަސޭހަ ކަމަކަށްވާނެތީ އެގޮތަށް ކުނި ނޭޅުމަށް ވެސް އިލްތިމާސް ކުރައްވައިފަ އެވެ.
10 މާރޗް 2024ވީ އާދީއްތަ ދުވަހު އެކަނިވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި MaleCitymv@ ގެ ހީވާގި މުވައްޒަފުން ނެގި. މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު. މިއީ 25 ފޫޓުގެ 8 ކޮނޓޭނަރުގެ ކުނި.
— Adam Azim (@adamazim) March 11, 2024
އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި…
ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތައް އޮތީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. ބާވެފައި ހުންނަ ފަރުނީޗަރާއި ގޭގޭގައި ހިފާ ގެންގުޅޭ އެހެން ސާމާނު މަގުތަކަށް ނެރެ، ޕޭވްމަންޓުތަކާއި ގޯޅިތަކުގެ ކަންމަތިތައް އޮތީ ފުނި ޖެހިފަ އެވެ.
އެ މައްސަލަ ބޮޑުވެ މާލޭ ސިޓީ ކައުންސިލާއި އެހެން އިދާރާތައް ގުޅިގެން މާލޭގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ފެށިއިރު އިއްޔެ ވެމްކޯ އިން ވެސް ވަނީ މަގުތަކަށް ބޮޑެތި ކުނި އުކަމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން ތިން ދުވަހަށް އާންމުންނަށް ހިލޭ ކުނި އުކާލަދިނުމުގެ އިންތިޒާމު ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާހާ
12 March 2024
ކުނި އެޅީމާ އަޅާވާހަކަ ބުނާނީ. ރޯދަމަހުގެ ކުރިން 2 ހަފްތާވަންދެން ކޮންމެ ދުވަހަކު ވެމްކޯއަށް ގުޅިން ސޯފާއެއް އެއްލާލަދޭން ޕިކަޕެއް ހަމަޖައްސަން. ބަރާބަރު ހުޅުވާ ގަޑިއަށް ގުޅިއަސް ކޮންމެ ދުވަހަކުވެސް ބުނަނީ މިއަދަށް ފުލްއޭ. އެކަންނުވެގެން ރައްޓެއްސެއްގެ އެހީގައި އެންމެފަހުން އެއްލާލެވުނީ
ސޯފާ
13 March 2024
ތި ގޮތް ވެސް އޮތެއްނު. ކޮންމެހެން ސޯފާ އެއްލާނުލެވުނީމަ އަންނަ ރުޅީގަ މަގު މައްޗަށް އެޅީމަ ނިމުނީ؟
ހާމިދު ޝާހިދު
12 March 2024
ތިއީ އަސްލު ދިވެހިންގެ ފެންވަރު. އެކަމަކު ތިކަމުގައި ފުލުހުންގެ ޒިންމާއާއި، ވެމްކޯގެ ޒިންމާއާއި ސިޓީ ކައުންސިލްގެ ޒިންމާބޮޑު. ދިވެހިން ޑިސިޕްލިން ކުރަންޏާ ތިފަރާތްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ. ރައްޔިތުން ކޮންމެވެސް ސްކީމަކުން ރޯދައަށް މުދާގަނެއާކޮށްފައި ބާތަކެތި އުކާލަން ވަރަށް ބޮޑު ތަކުލީފެއް އަދާކުރަންޖެހޭ. މިފަދަ ކުނި އަގަކާ ނުލާ އަމިއްލެއަށް ސައިޓަށް ގެންދަން ހުއްދަދީ. އަދި މަގުމަތީގައި ކުނި ބަހައްޓާމީހުން ޖޫރިމަނާކުރޭ.
އާޒިމު
12 March 2024
ޢާޒިމު ކަލޭމޭޔަރު ކަމަށްހޮވި މީހުންގެ ފަރާތުން ރާއްޖޭގެ ދެންތިބި ރައްޔަތުންކިބައިން މާފަށް އެދެންޖެހޭނެ. މިދެންކިހާ ނާތަހުޒީބު، ބައަކުކުރި ހިތުންމޮޅުކަމެއްތަ؟ ބަލަތި މާލެއަކީ ދުނިޔޭގެ ގައުމުތަކުން ދަންނަ މޯލްޑިވްސްއޭ. ތީ ތިތާގައިއުޅޭ މީހުންގެ އެކަނިތަނެއްނޫނޭ. ތިތަނަށް ލިބޭކޮންމި ގެއްލުމަކާއި، ހަޑިނަމެއް ދިވެހި ކޮންމެ ދަރިޔަކަށް ލިބޭ. މީދެން ދިވެހިންނަ ޖެހިފައިއޮތް ބައްޔެތަ؟ ތިމީހުންނަށް ފުލެޓްވެސް ގޯތިވެސް، އެވެސް އަގުބޮޑުކޮށް ހިއްކާފައި ހިލޭ.
ޚާލެ
12 March 2024
ބޭފުޅާ މޮޔަފުޅުވީތޯ!
ޖެއްސު
12 March 2024
އާޒިމު ވަނީ އަލައް އެމްޓީސީސީ ވެސް ދަރުވާލާފަ އަދި 6 މަހުންނޭ ކުނި މެނޭޖްވާނީ ބުނީވެސް. މުޅިދައުލަތް ދަރުވާލީމަ ޖެހޭ ވެރިކަން ހަވާލުވާތާ ފުރަތަމަ ފުވަހުން ވައުދު ފުއްދަން ހީވަނީ މުއީޒު ގޭން ރުފިޔާ ހިފައިގެން ކުރަން ޖެހޭ ކަމެއްހެން ބަޔަކު 5 އަހަރު ދައުރެއް ނިންމާލީ އެއްވެސް ކަމެއް ނުކޮއް ލޯނުނަގާ ޖެހި ރުފިޔާތައް ވެސް ނޭނގޭ ވީތަނެއްވެސް
ކުނިބުނި
12 March 2024
މުޑުދާރު ކަމައް ނަންވާނީ އިންޑިޔާ ބަގުލާދޭސް މީހިން ހަގީގަތަކީ ދިވެހިންގެ ތާހިރުވަނީ ލޯނުނަގައިގެން ގަނެގެން ގެންގުޅޭ ފޯނާ އަތުގަ އޮއްނަގަޑި ދުއްވާ ސައިކަލާ ކާރު އަޅާ އަވިއައިނު އެހެން ކޯޗެއްތޯ؟ ފެންބޮއިފަ ހުސްފުޅިވެސް މަގުމައްޗައް ނޫނީ ކައިރީގަ ހުއްނަ ސައިކަލް ވަށިގަޑައް ކައްނެއްކަން ހުރިހާ ކަމެއް ހިލޭ ކޮއްދޭންވީ ސަރުކާރުން ދެންހުރިކަންކަން އިތިހާބެއް އޮތިޔާ ވޯޓުގަޑު ވިއްކަލައިގެން!!
ޒުހޫރު
12 March 2024
ހަނދުވަރުދޭ ގޯޅިޔަށްވެސް ވަދެލައްޗޭ، ވަރަށް ކުނި އެބަހުރި.
އޮނަރަބްލް އަފީފު ދީދީ
12 March 2024
ދިވެހިރާއްޖޭގައި ވެރިކަންކުރާރަށް "ކ.އަތޮޅު މާލެއަކީ ދުނިޔޭގެ އެންމެ މުޑުދާރު ވެރިރަށް ކަމަށާއި، މިހާރު ދުނިޔޭގައިއޮތް އެންމެ ނުރައްކާތެރި ސްލަމްގެ ގޮތުގައި Guinness Book World Records އިން ވަރަށް އަވަހަށް ޖާގަ ކަށަވަރު ކުރާނެ" ކަން ޔަޤީން. # މިފަދަ ހާލަތްތައް ކުރިމަތިވި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ކަންކުރިފަދައިން ރާއްޖެގެ ވެެރިރަށްވެސް ބަދަލު ކުރާންޖެހޭ. މިކަމަށް އެންމެ ރަގަޅުވާނީ ލ.ގުޅިފައިވާ ރަށްތައް. މަޖިލީހުން މިބަދަލު ގެންނާންޖެހޭ.
ކާސިމްބޭ
12 March 2024
މީ ދިވެހިން ކުރިން އުޅުނު ގޮތެއް ނޫން. މިހާ ނާތަހުޒީބު ކޮށް ނޫޅޭ..މިހާރަކަށް އައިސް މި ދިވެހީން މި އުޅޭ ގޮތުން އަޖައިބު އަންތަރީސް ވާވަރުވޭ.. މީ ކުރިން ވަރަށް ރީތި ދިރިއުޅުމެއްގަ ވަރަށް ސާދާކޮށް ، ވަރަށް ސާފުތާހިރު ކޮށް އުޅުނު ބައެއް. އެކަމު، މިހާރު އެމީހަކާ އެމީހެއް. ކޮންމެ ކަމެއްގައިވެސް. މާލޭގެ ޕާކިންނަށް ބެއްޔަސް، ނޫނީ ކުންޏަށް ބެއްޔަސް، ބަޔަކަށް ވެދާނެ އުނދަގުލަކަށް ބެލުމެއް ނެތް. މީވާޤައުމެއް.ފަހުޒަމާނުގެ އަލާމާތްތައް. ހާދަހާ ދެރަކަންތަކޭމީ
ކުނި
13 March 2024
އެހެނެންނު ވާނީ. އެހާ މާލެ ދެކެ ރުޅިއާދޭ. އެކަމު މިތާ އުޅެން ވަނީ. ދެން މިތަން ކުނި ކޮށްފަ އައިލެންޑް ހޯމަށް ޗުއްޓީއަށް ދެވުނީމަ ނިމުނީނު
ނުގަނެވޭ
11 March 2024
ގަނެވޭ އެއްޗެހިވެސް ގިނަވީމަ އުކާލާނެ އެއްޗެހި ގިނަވަނީ. އެއްޗެހި ގިނައިން ގަނެވެނީ އެއްޗެހި އަގުހެޔޮވީމަ ނުވަތަ މީހުން ތަނަވަސްވީމަ. މާލޭގެ ހުރިހާ ދިމާލެއްގަ ހުންނަނީ ދަހިވެތިކަން އާލާކުރުވަން ފިހާރަތައް މުދަލުން ފުރާލާފަ. ދިރިއުޅުމުގެ އިސްރާފު ބޮޑު އިންތިހާއަށް. އެންމެން ތަކެއްޗަށް އަޅުކަންކުރާ ހިސާބަށް ދަނީ. އެންމެ ކަމަކަށް ތިންހަތަރުވައްތަރުގެ އާލާތް އެބަ ބޭނުންކުރޭ. އުކާލާ އެއްޗެހި ގިނަވާނެ.
މިއައު
11 March 2024
ކުނި އަޅާ ބަޔަކު ޖޫރިމަނާ ކުރޭ. ތިއީ ހަމަ ކުއްލިއަކަށް ބާއްވާލައްވާ އެއްޗިސެއްނޫން. ސަރުކާރެއް އޮވެ ދުސްތޫރެއް ހިނގުމުގެ މާނައެއް ނެތް އެހެން ނޫނީ. އެމީހަކު އުޅެންވިގޮތަކަށް އުޅެންވީ. ހަޔާތް ކުޑަ މީހާ ގަދަކޮށް
ދެރަ
11 March 2024
ފޭސް 2 ވެސް ހަމަ އެހާ ގޮޑު، ނަފްސު ހޭލައްވަނީ ގޭގެ ގޮޑުން އެހެން މީހުންނަށް އުދަގުލަކަށް ހަދައިގެން،
އެފުލެޓު
12 March 2024
ހިޔާ ފްލެޓް ކައިރި ގޮނޑުވެދާނެ. އެކަމަކު އަހަރުމެން އުޅޭ ހިސާބުގައި ކުންޏެއްނެތް.