ވ. ބޮޑު މޮހޮރާ: މި ރަށް މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އާ ހަވާލު ކުރުމަށް، ސަރުކާރުގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމް ވަނީ ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައި. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
16 ފެބުރުއަރީ 2017 - 23:47
ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް، ވ. ބޮޑުމޮހޮރާ، މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އާ ހަވާލު ކުރުމަށް، ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމް ބާތިލުކޮށް އެ މައްސަލަ ބެއްލެވި ގާޒީ މަގާމުގެ ޒިންމާތަކުން މިއަދު ދުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ދެ އަމުރެއްގައި ބުނެފައިވަނީ، ސިވިލް ކޯޓުން އެ ހުކުމް ކުރީ، މީގެ ކުރިން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ހުކުމް އިއްވާފައި ވަނިކޮށް އެ ހުކުމާ މުޅިން ޚިލާފަށް ކަމަށެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމި އިރު ބުނެފައިވަނީ، ތަންފީޒު ކުރުން ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމުވާ އެގްރީމެންޓެއް ދިވެހި ސަރުކާރާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އާ ދެމެދު ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން މިއަދު އެ މައްސަލަ ސިވިލް ކޯޓުން ބަލައި ކުރި ހުކުމްގައި، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ، ވ.ބޮޑުމޮހޮރާ ހަވާލު ކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސުޕްރީމް ކޯޓުގެ ހުކުމާއި ކަމާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ޚިލާފަށް ކުރި ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު ފުރަތަމަ އަމުރުގައި ބުނެފައިވެ އެވެ.
އެހެންކަމުން ސިވިލް ކޯޓުން މިއަދު ކުރި "އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅައި ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އެންގީ" ކަމުގައި އެ އަމުރުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ދެ ވަނ އަމުރުގައި ބުނެފައިވަނީ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ، ވ.ބޮޑުމޮހޮރާ ހަވާލު ކުރުމަށް، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު (ސ.ފޭދޫ/ބެލޫން) ހުކުމް ކުރެއްވީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކާ ބެހޭ ގާނޫނުގެ އިތުރުން ޝަރީއަތް ކުރުމަށް ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކާއި އިޖުރާއާތުތަކާ ވެސް ޚިލާފަށް ކަމަށެވެ.
އެހެންކަމުން، "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދު (ސ.ފޭދޫ/ބެލޫން)ގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ދިވެހި ރާއްޖޭގެ ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދަށް ލިބިގެން ނުވާ ކަމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އެންގީމެވެ" ސުޕްރީމް ކޯޓުން މިއަދު ނެރުނު ދެ ވަނަ އަމުރުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފފ
19 February 2017
ޖޭއެސްސީ އަޅަންޖެހޭ ފިޔަވަޅު ސުޕްރިން ކޯޓުން ފަންޑިޔާރަކާއި ދޭތެރޭގައި އެޅިއިރު ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސު ނަޝީދު ޤާޒިޔަކާއި މެދުގައި ފިޔަވަޅު އެޅިކަމަށްބުނެ 13 އަހަރު ޖަލުހުކުމް.
ކކ
18 February 2017
ހިތަން އަރާ ބަޔެއް މަޖިލިސް މެމްބަރުން މަޖިލިސްގައި އެދަކަވާ ވާހަކަ ފުޅުން އެމެމްބަރުންގެ މެމްބަރުކަމުގެ އަހުލިއްޔަތާއި ވިލާޔަތު އޮއްތޯ ނެއްތޯ ނުބައްލަވަނީ ކީއްވެބާ؟
ފާތުމާ
18 February 2017
ސުޕްރީމް ކޯޓްގެ ފަނޑިޔާރުން އުމުރުދުވަހު އެމަޤާމުގައި ތިބެވޭނެބާ..؟
އަހުމަދު ފިޒާން
18 February 2017
އެއްވެސްގޮތަކަށް މިހާރު މިނޫސްތަކުގަ ބޭނުންކުރާ ބަސްތަކެއްނޭގެ. ދިވެހިބަހޭކިޔާފަ ފާޑުފާޑުގެ އަރަބިބަސް ބޭނުންކުރަނީ. މިއީ އިހުޒަމާނުގަ މާލޭގެ ބޮޑެތިން އަރަބިކަރާގަ ކިޔަވަންތިބެފަ އައިސް ބޭނުންކުރާ ބަސްތައް. މިބަސްތައް ދިވެހިބަހުގެ އެކަޑަމީންވެސް ދިވެހި ބަހޭކިޔާފަ ހަދަނީ.
ރައްމާ
18 February 2017
"އަހުލިއްޔަތު" އާއި "ވިލާޔަތު" މީ ކޯޗެއްތޯ؟ އަހަރުމެން ދިވެހިންނަށް އެނގޭގޮތަށް ލިޔަންވެއްޖެ ނޫންތޯ؟
ދޮގެއްތަ؟
19 February 2017
ގަބުޅިންނަކަށް ނޭނގޭނެ. ކިރިޔާވެސް ތަޢުލީމެއް ހުރި މީހެއް ވިއްޔާ އެނގޭނެ. ވަރަށް ވެދުން.
ކުޑަދޫ އަހްމަދު
17 February 2017
1 ބިލިއަން މީހުން ދިރިއުޅޭ އިންޑިޔާގައި މީގެ ދެ ދުވަސް ކުރީން އެގައުމުގެ އެންމެ ބޮޑު އެއް އަވަށުގެ ޗީޕް މިނިސްޓަރު ކަމުގެ މަގާމަށް އަންނަން ހުރި މީހާއަށް 4 އަހަރު ދުވަހުގެ ހުކުމެއްކޮށް ޖަލަށްލީ. 1 ބިލިއަން މީހުން ތެރެއިން ހަމަ އެކަކުވެސް އެ ހުކުމަށް ފާޑެއްނުކިޔާ! އަދި މީޑިޔާއަކުންވެސް ފާޑެއްނުކިޔާ! ކޮބާތޯ ސަބަބަކީ، އިންޑިޔާގެ ފަނޑިޔާރުގެއަށް ރައްޔިތުންގެ އިތުބާރު އޮތުން. ފަނޑިޔާރުގެ މިނިވަން ވެފައި އޮތުން. ސިޔާސީ ހުކުމްތަށް އިންޑިޔާގެ ފަނޑިޔާރުގެތަކުން ނުކުރުން. އުއްމީދުކުރަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެ މިނިވަންވާނެ ދުވަހަކަށް! އަދި މިދާގޮތުން އުއްމީދެއްނެތް!
މުޙައްމަދު
18 February 2017
އިތުރުކޮށްލާށެވެ. ޤާނޫނުއަސާސީއާ ޤާނޫނުތަކުގެ ބޭރުން ޖަޒްބާތުގައި ޖެހިގެން ހުކުމް ނުކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އޮތުމެވެ. މަރިޔަމްވަޙީދު ތަންފީޒު ކުރުމަށް ފިޔަވަޅު އެޅީ ވުޖޫދުގައި ނެތް ޙުކުމެއްތޯއެވެ. ކޯޓު ތަކުގެ ހުކުމްތައް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ސޮއިކޮށްފައި ނެރޭ ލިއުމަކުން ވެސް ބާޠިލު ކޮށްލެވޭނެތޯއެވެ. ސިވިލްކޯޓުގެ ޤަޟިއްޔާ ސުޕްރީމްކޯޓުގައި ޝަރީޢަތް ހިންގުމަށްފަހު ބާޠިލު ކުރުމަށް ފަސްޖެހެނީ ކީއްވެތޯއެވެ. އަހުލިއްުޔަތާ ވިލާޔަތާ ޝަހުސިއްޔަތު ނެތް ކިތަންމެ ބަޔަކު މަރިޔަމް ވަހީދު ނޫނަސް މަތީމަރު ހަލާގެ ކޯޓުތަކުގައި އެބަ ތިއްބެވެ.
މަރީ
17 February 2017
މަރިޔަމް ވަހީދާ މަޤާމުން ދުރު ކުރި މައްސަލަ ސުޕްރީމް ކޯޓްގެ ފަނޑިޔާރުނާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހެޅުން ކިހިނެއް ތޯއެވެ؟ މަރިޔަމް ވަހީދަށް މިކަން ކުރަން ކެރޭނެ ބާއެވެ. ދެން ބަލާނެ ކަމެއް ނެތެވެ.
އަހުމަދު
17 February 2017
ފައިސާ އާ މަގާމް ގެ ބޭނުމުގައި އެއްބަޔަކު ހުކުމް ކުރަނީއެވެ. އަނެއް ބަޔަކު ހުކުމް ކެންސަލް ކުރަނީއެވެ.
ދދ
17 February 2017
ޖޭއެސްސީ ކަހަލަ ސިޔަސީ ކޮކްޓެއިލް ކޮމިޝަން އާއި ފައިސާ ގޯނި ހިފައިގެން ދުވާ މަޖިލިސް މެމްބަރުން ފަންޑިޔާރުންގެ ކަންކަން ބެލުމަށްވުރެން ސީދާ ސުޕްރިމް ކޯޓުން ފަންޑިޔާރުން އައްޔަންކޮށް ވަކިކުރު މުން ފަޑިޔާރުގެ މުޅިން މުސްތަޤިއްލުވެ މިނިވަންވާނެ!
ގަޓް ޖަމީލް
17 February 2017
މިއީ އެހެން ކޯޓް ތަކުގެ ޤަޒީން ނަށް ދެއްކި ބޮޑުވަގެންވާ ބިރެކެވެ. މި ނިންމުމާ ދެކޮޅަށް އިހްތިޖާޖް ކުރަން ފެފެއެވެ.
މީމަށޭ
17 February 2017
ކައޭ ފެނެއޭ ކިޔާފަ ހުރީމެ ވޭތަ އަންނަގަ