ކައިޒީން: އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާ ސިވިލް ކޯޓުން އަލުން ބަލަން ހައި ކޯޓުން ނިންމި ނިންމުން ވަނީ އިސްތިއުނާފުކޮށްފައި
15 ޑިސެމްބަރ 2025 - 10:32
ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ހައި ކޯޓުން މިދިޔަ އޮކްޓޯބަރު ނެރުނު ހުކުމް ކައިޒީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މިހާތަނަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.
ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައިޒީން ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ އެވެ. އެހެންވެ، ކައިޒީން ދައުވާކުރީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.
އެ މައްސަލާގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން ނިންމާފައި އޮތީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.
އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ނިންމީ ސިވިލް ކޯޓުގެ ނިންމުން ބާތިލްކޮށް، ޣައިރު ހާޒިރުގައި ހުކުމްކުރަން ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރުމަށެވެ.
ދެވަނަ ފަހަރު އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ނިންމާފައިވަނީ އެ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ. އެއީ އެ ބޯޓު ގަތުމަށް ފައިސާ ދިން ގޮތާއި ފައިސާގެ އަދަދާ މެދު ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށް ހުކުމްގައިވެ އެވެ.
ދެވަނަ ފަހަރު އެ މައްސަލަ ބެލިއިރު ވެސް ބައްޕަގެ ފަރާތުން މުއްދަތު ހަމަވިފަހުން ޖަވާބު ހުށަހަޅާފައިވާތީ އެ މައްސަލާގެ ހުކުމް ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އަދި އެ ނިންމުން ކައިޒީންގެ ފަރާތުން އަނެއްކާވެސް އިސްތިއުނާފްކުރި އެވެ.
އެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކައިޒީންގެ ބައްޕަގެ ފަރާތުން ދައުވާގެ ދިފާއު ލަހުން ހުށަހެޅި ނަމަވެސް އެ ދައުވާއަކީ ޝަރީއަތްކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންވެ، ދައުވާގެ ދިފާއުއާއެކު އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދަން ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ހަމައެކަނި އިޖުރާއީ ނުކުތާތަކެއްގެ ތެރޭގައި މައްސަލަ ތާށިވެ ދަށު ކޯޓާއި ހައި ކޯޓާ ދެމެދު ދައުރުވަމުންދާ މައްސަލައެއް މައުޟޫއު ފުރަތަމަ ފަހަރަށް ހައި ކޯޓުން ބެލުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޅުއޮށްފުންމި
15 December 2025
އާއިލީ ލޯތްބަކަށްވެސް ގާނޫނާއި ގަވާއިދުގެ މައްޗަށް އަރައިނުގަނެވޭނެ. ކައިޒީން އަމަލުން އަންގައިދެނީ ހައްގު ހޯދަން މަސައްކަތްކުރުމަކީ އާއިލާއަށް ފުރަގަސްދިނުމެއްނުން. އެއީ ޒިންމާދާރު ކޮންމެ މީހަކު ކުރަންޖެހޭ ކަމެއް. ސާބަހޭ ދަރިއާ
ސަމުގާ
15 December 2025
ތިވެސް ހައްލުނުވިކަމެއްދޯ. ބޯސް ސަރުކާރަށް ގަނެ ނަން "ބައްޕަގެ ދަރިފުޅު" އަށް ބަދަލުކޮށް ފެރީއަކަށް ބާއްވާ.
އިނބިރާ
15 December 2025
ދަރިފުޅުގެ ނަން ތިހާ ފެޝަނަބަލް އިންގްލިސް ސްޓައިލް ނަމެއްވީމަ ބައްފަގެ ނަންވެސް ބަދަލުކޮށްލާ މައިކަލް ކަޒޫ ކަހަލަ ނަމަކަށް.
ދސސަދ
15 December 2025
ބޯޓު މައްސަލާގައި ވެސް އޭނާގެ ފޮޓޯ..
ފެޓް
15 December 2025
ގާޒީން ފުލް ސާވިސް ކުރަން ފެނޭ.. އެމީހުންގެ ދުވެލި މާ ލަސް
ކައިކައި
15 December 2025
މަތިންދާ ބޯޓެއް ގަނެވޭވަރު ވީނަމަ ހާދަ ފޯރިއެއް ހުރީސް ދޯ؟
އަހްމަދުު
15 December 2025
ހެޔޮނުވާނެ ކައި، ތިމައްސަލަ ދޫކޮށްލާ. އަހަރެން ކައިއަށް ތީގެ ކަންނެލި ދޯއްޏެއް ގަނެދީފާނަން
ސަމްވަނ
15 December 2025
ތިއޮޑި ދުއްވާލާ ހިތްވޭ ވަރަށް. ކުއްޔަށް ލިބޭތޯ؟
ޕިސް
15 December 2025
ޙެ ހެ ހެ
އަލީ އުމަރު
15 December 2025
ބޯޑު ދުނިޔޭގަ ވޭބާ މިހާރު
އަސަރު68
15 December 2025
ބައްޕައަކު ދަރިއެއްގެ އެއްޗެއްގާ ޖެހުމަކީ އަހަރެންގެ ދެކޭގޮތުގާ ގޯސްކަމެއްނޫން. އަދި އެއީކީ ދަރިޔަކު އެކަމާ ދައުވާކުރަން ހެޔޮވާވަރުގެ ކަމެއްވެސްނޫން. އަނެއްކާ ކައިޒީންއަކީ ފައިސާ ނުލިބޭ ބިކަވެފާވާ ކުއްޖެއްވެސް ނޫން. ކައިޒީންގެ އެއްޗެއް ބައްޕަގެ ނަމަށް ޖެއްސުމާ، ބައްޕަގެ އެއްޗެއް ކައިޒީންގެ ނަމަށް ބަދަލުކުރުމާ މިހުންނަނީ ހައްތާވެސް ކޮށްއުޅޭ އެކަމަކު މައްސަލަ ޖެހެން ނުޖެހޭ ކަންކަން. ދައުވާކުރަން އުޅުނަސް މިދެން ބޮޑުވަރު.
އިހްސާސް
15 December 2025
ކައިޒީންގެ މަންމައާއި ބައްޕަތިބީ ދެއަތުގަ. ކައިހުރީ މަންމަކޮޅުގަ. އެހެންވެ މިހާރު ތިޔަ މައްސަލަ ޖެހިގެން އުޅެނީ.