ކައިޒީން: އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާ ސިވިލް ކޯޓުން އަލުން ބަލަން ހައި ކޯޓުން ވަނީ އަންގާފައި
29 އޮކްޓޯބަރ 2025 - 11:45
ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަނެއްކާވެސް ހައި ކޯޓުން އަންގައިފި އެވެ.
ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައިޒީން ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ އެވެ. އެހެންވެ، ކައިޒީން ދައުވާކުރީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.
އެ މައްސަލާގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން ނިންމާފައި އޮތީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.
އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ނިންމީ ސިވިލް ކޯޓުގެ ނިންމުން ބާތިލްކޮށް، ޣައިރު ހާޒިރުގައި ހުކުމްކުރަން ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރުމަށެވެ.
ދެވަނަ ފަހަރު އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ނިންމާފައިވަނީ އެ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ. އެއީ އެ ބޯޓު ގަތުމަށް ފައިސާ ދިން ގޮތާއި ފައިސާގެ އަދަދާ މެދު ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށް ހުކުމްގައިވެ އެވެ.
ދެވަނަ ފަހަރު އެ މައްސަލަ ބެލިއިރު ވެސް ބައްޕަގެ ފަރާތުން މުއްދަތު ހަމަވިފަހުން ޖަވާބު ހުށަހަޅާފައިވާތީ އެ މައްސަލާގެ ހުކުމް ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އަދި އެ ނިންމުން ކައިޒީންގެ ފަރާތުން އަނެއްކާވެސް އިސްތިއުނާފްކުރި އެވެ.
އެ މައްސަލާގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ ކައިޒީންގެ ބައްޕަގެ ފަރާތުން ދައުވާގެ ދިފާއު ލަހުން ހުށަހެޅި ނަމަވެސް އެ ދައުވާއަކީ ޝަރީއަތްކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންވެ، ދައުވާގެ ދިފާއުއާއެކު އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދަން ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމްގައި ބުނީ ހަމައެކަނި އިޖުރާއީ ނުކުތާތަކެއްގެ ތެރޭގައި މައްސަލަ ތާށިވެ ދަށު ކޯޓާއި ހައި ކޯޓާ ދެމެދު ދައުރުވަމުންދާ މައްސަލައެއް މައުޟޫއު ފުރަތަމަ ފަހަރަށް ހައި ކޯޓުން ބެލުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.
"މައުޟޫއީ ދައުވާއަށް ބެލުމަކާ ނުލައި އިޖުރާއީ ގޮތުން ދަށު ކޯޓުން ނިންމާ ނިންމުމެއް ދަށު ކޯޓަށް ތަހްވީލުކޮށްކޮށް ތިބުމަކީ ހައްލެއް ނޫނެވެ. ހަމައެހެންމެ ދަށު ކޯޓުން އެ މައްސަލައެއްގެ މައުޟޫއަށް ނުބަލާ މައްސަލައެއްގެ މައުޟޫއު ހައި ކޯޓުން ބެލުމަކީ ވެސް ކުރެވެން އޮތް ކަމެއް ނޫނެވެ،" ހުކުމްގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދެވެ. އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުށޭނު
30 October 2025
ކޯޓުން ކައިޒީނަށް 3 މިލިއަން ލިބުނު ގޮތެއް ނުބަލާތަ؟
މުހައްމާ1
29 October 2025
ކައިޒީންގެ ބައްޕައަށް ފައިސާ ލިބުނު ގޮތެއްވެސް ބަލަން ޖެހޭނެ.
ޔާޒު
29 October 2025
އިންކަމްޓެކްސް ދައްކާތަ ބަރާބަރަށް؟
ތެފައާސާ.
29 October 2025
ބައްޕައާއި ދަރިވެސް މުދަލުގެ މައްސަލާގައި ކޯޓުގައި. ފަހު ޒަމާނުގެ އަލާމާތެއް؟
އަންދަލޫސިޔާ
30 October 2025
ބައްޕަ ނުޖެހޭ ދޯ ކައިޒީން 3 މިލިޔަން ދީފައި ގަތް މުދަލެއް އޭނަގެ އަމިއްލަ ނަމުގައި ރެޖިސްޓަރއެއް ނުކުރެވޭނެ.
ނުވާނެ
29 October 2025
މޮޔަ
ހުތްއާދަނު
29 October 2025
ފައިސާ ހޯދިގޮތް ބުނެނެދެވެންޏާ ސަބީތު ކޮށްދޭން ޖެހޭދޯ
ނާށިގަނޑު
29 October 2025
ފައިސާ ހޯދިގޮތް ބުނެދީގެން އަނެއްކާވެސް ކުލަބަރި އަރާފަތިއްބަވާ ބައެއްގެ ޖޮބްގެއްްލިދާނެ. އާދަނަކަސް ތިޔާ ކަހަލަ ވާހަކަ އަހަންވޭތަ
ކައިފިން
29 October 2025
ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ ޕްރޮޕަޓީއެއް މި ބޭނުންކުރަނީ އޭގެ އެންމެ ރަނގަޅު އިކޮނޮމިކް ވެލިއުއެއް ހޯދުމަށެވެ. ކައިޒީން 3 މިލިއަން ރުފިޔާ ހޯދިގޮތް ބެލި ބަޔަކަށް ފެންނާނެއެވެ. އެނގޭބަޔަކަށް އެނގޭނެއެވެ. ބޯޓަކީ ނެކްސްޓް ޕްރޮޕަޓީއެވެ.
ޖޫތީ
29 October 2025
ކައިޒީން ކޮންތާކުންތަ ތިވަރަށް ފައިސާ ހޯދަނީ. އެކަމެއްނު ބަލަންވީ.
ގްލާސް
29 October 2025
ޢަހަރުމެން ތިމަންބަލާނީި މެންބަރުންނައް އުޅޭ މާވަޑިން ލާރިހޯދާގޮތް ބަލާދުވަހުން.
ޜަހޫު
29 October 2025
މި މީސްމީހުން މިހާގިނަ ލާރި ހޯދާގޮތެއްވެސް އަހާލަންޖެހޭދޯ؟؟ މިލިއަން ރުފިޔާގެ އަގުހުރި ބޯޓާއި ކާރާ، ގަހަނާއާއެއްޗެހި ގަންނަ ލާރިހޯދާގޮތެއްވެސް އިގެންވާނެ
މަލްހާ
29 October 2025
ކައިޒީނަށް ދެއްވި ފަދަ ރީތިކަމާ މުދާވެރިކަމާ އަހަންނަށް ވެސް ދެއްވާނެނަމަ.
ޖިހުދާސް
29 October 2025
ވަގުތީ ކަމެއް! އެކަމާ ނުވިސްނާ!