ޚަބަރު / މާލެ

މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާ ކޮށްފި

މަގުތަކަށް ކުނިތަކެއް ނެރެފައި: މާލެ މަގުތަކަށް ކުނި އަޅާ މައްސަލަ ވަނީ ބޮޑުވެފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ، ގޮނޑުކުރަމުންދާ މައްސަލާގައި މިހާތަނަށް 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އިއްޔެ ފެށި ރޯދަމަހުގެ ކުރިން ގިނަ ބަޔަކު ޖޫރިމަނާ ކުރިޔަސް މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއެޅުމުގެ މައްސަލަ ރޯދަމަސް ފެށިއިރު ވެސް ހައްލެއް ނުވި އެވެ. ރޯދަމަހަށް ގޭތެރެ ސާފުކޮށް، ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ބައެއް މީހުން ނެރުނީ މަގުތަކަށެވެ. އެހެންވެ، މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވެ، ކަންކަން ބޮއްސުންލައިގެން ދިއުމުން ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މަގުތައް ސާފުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކު ތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ތަންތަނަށް ކުނި އަޅާ ނަމަ ކައުންސިލުން ޕޮލިހަށް މައްސަލަ ހުށަހެޅުމުން ޕޮލިހުންނަށް ޖޫރިމަނާ ކުރެވެ އެވެ.

އަލަމާ ގޯޅިއަށް އަޅާފައިވާ ކުނިތައް ސިޓީ ކައުންސިލް މުވައްޒަފުން ސާފުކުރަނީ.-- ފޮޓޯ: ކައުންސިލް

ސިޓީ ކައުންސިލުން މިއަދު ބުނީ މާލެ ސަރަހައްދުގެ އެކި ތަންތަނަށް ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޖޫރިމަނާ ކުރަނީ ކޮންމެ މީހަކު 500ރ. އިންނެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި 16 ދުވަސް ތެރޭގައި ސިޓީ ކައުންސިލުން އެކަނި ވެސް މާލޭގެ އެކި ސަރަހައްދުތަކުން 222.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުން ރޭ ސާފުކުރި އަލަމާ ގޯޅިއަށް މިއަދު ހެނދުނު ކުނި އަޅާފައި.-- ފޮޓޯ: ކައުންސިލް

ކުނި އަޅާ މަގުތައް ސާފުކުރިޔަސް ތަކުރާރުކޮށް ކުނި އަޅަމުންދާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

މަގުތަކުގެ ދެ ފަޅި އާއި ޕޭވްމަންޓުތަކަށް އަޅާފައިވާ ކުނިފުނިތަކުން މުޅި މާލެ ފުރާލާފައިވާއިރު އެކަމުގެ ސަބަބުން ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ، ދުއްވާ މީހުންގެ އިތުރުން ހިނގައިބިނގާވެ އުޅޭ މީހުންނަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

38 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު އިލްހާމް

13 March 2024

އަޅުގަނޑު ހިތާމަކުރަން ބައެއް ދިވެހި ފަރުދުންގެ ކިބައިން މިފަދަ ނޭދެވޭ އަމަލުތައް ފެންނާތީ އުންމީދުކުރަނީ މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުން އިންޝާﷲ ، މިއީ އިޖްތިމާއީ މައްސަލަ އެއް މިފަދަ މައްސަލަތައް ފައިންކޮށްގެން އަދަބު ދީގެން ހައްލުވުން އެއީ މުސްތަޙީލްކަމެއް، ކަމެއް އިސްްލާހްކުރަން އެދޭނަމަ އެކަމެއް ކުރަން ޖެހުނު ސަބަބު ހޯދާ ސުލްޙަވެރިކަމާއި އިސްލާމީ ޝުޢޫރާގެ މަތިން ކަންކަން ހައްލުކުރުމަށް އިސްކަންދޭންޖެހޭ

The name is already taken The name is available. Register?

ާޢާލިމް

13 March 2024

500 ރުފިޔާ ޖޫރިމަނާ އަށް ދެއްކިޔަސް ވެމްކޯއަށް ކުނި އުކާލުމަށްދާ ޚަރަދަށްވުރެ ކުޑަ.

The name is already taken The name is available. Register?

ބސ877

13 March 2024

ދަހިކަމުން ނުކެރޭ ޕިކަޕެއް ހިފާފަ ކުނި ގޮނޑައް ކުނިތައް ގެންދަން. މާލޭ މީހުން ގެ ހާލަތު. ލޮލް

The name is already taken The name is available. Register?

ސަލީމާ.

13 March 2024

މާލޭ މީހުންނެއްނޫން މަގުތަކަށް ކުނިއަޅަނީ. މާލޭގެ ތަންތަން ކުއްޔަށްހިފާގެން ތިބޭ ރާއްޖެތެރޭގެ މީހުންނާއި ބިދޭސީން އެކަންކުރަނީ.

The name is already taken The name is available. Register?

މުބީނު މާރނީ

14 March 2024

މިފަހުން މާލެ އަށް ރާއްޖެތެރޭ މީހުން ގިނަވީ. އޭގެ ފަހުން ކުނި ވެސް މިހާ ގިނަވީ. ޤަބޫލް ކުރިޔަސް ނުކުރިޔަސް މިއީ ވީގޮތަކީ.

The name is already taken The name is available. Register?

ކުއްލިފޯރި

13 March 2024

މަގުމައްޗަށް ކުނިއެޅުން މަނާ ކުރާ ޤަައިދުގަ އޮވޭތޯ ވަކި ދުވަސް ވަރެއްގަ ވަކިކަހަލަ އަދި ވަކިސައިޒެއްގެ ކުނި އެޅީމައޭ ޖޫރިމަނާ ކުރެވޭނީ. ފުޅިފުޅިއާ ދަޅުދަޅާ ޕެކެޓްތައް ބޮއިފަ ކައިފަ، ކޮފީ ކޯނަރތަކުން ކޮފީއަ ސައިބޮއިފަ ހުރިތަނަށް އެއްލާލާފަ ނުވަތަ ވައްޓާލާފަދަނީ އަބަދުވެސް. ސިނގިރޭޓް ހިއްޕަވާ ބޭފުޅުން އަހަރެމެންގެ މޫނަށް ވިހަ ދުން ބުރުވާފަ ވިހަކެމިކަލް އެކުލެވޭ ފިލްޓަރ މަގަށް އުކަނީ. މިއީ އަބަދުގެ ޙާލަތު. ޖޫރިމަނާއާ ފިޔަވަޅުއަޅަންޖެހޭނެ އަބަދުވެސް

The name is already taken The name is available. Register?

ކކކކ

13 March 2024

ކުރީގަ އޮންނަހެން ކުނިކޮށްޓެއް ހަދާފަ އަމިއްލައަށް ކުނި އުކާލެވޭ އޮޮޕްޝަން ދީބަލަ ބޮޑެތި ގޭޓް ފީތަށް ނުނަގާ. އޭރުން މާލެތެރެ ގޮނޑެއް ނުވާނެ އެވަރަކަށް. މިހާރު ބަލަނީ މީހުން މަޖްބޫރީ ހާލަތަށް ވައްޓާލައިގެންވެސް ފެލާލެވޭތޯ. ގޭޓްފީ އޭ ކިޔާފަ މީހުން ފެލާލަނީ، ކުނިގޮނޑުގެ ގޭޓަކީ ލައްޕާ ހުޅުވަން މާ އުނދަގު ގޭޓަކީތަ؟

The name is already taken The name is available. Register?

އާދަނު33

13 March 2024

ދިވެހީން ދަނީ ދުވަހެއްދުވަހަކަށް ނާތަހުޒީބުވަމުން.

The name is already taken The name is available. Register?

ޏުބެލޭ

12 March 2024

މިއީ ބިދޭސީންގެ ރާއްޖެ. ތިކަމުގަ އެންމެ ކުރީގަ ތިބެނީ ބިދޭސީން.

The name is already taken The name is available. Register?

ބިދޭސީން

13 March 2024

ބިދޭސީންނަށް އެކަން ދަސްކޮދެނީ ދިވެހީން. ބިދޭސީ މީހާ ކޮޕީކުރަނީ ދިވެހިމީހާ

The name is already taken The name is available. Register?

ކޮރަލް

12 March 2024

ރޯދަމަހަށް ވެމްކޯ އިން ކުނި އުކުމުގަ ވެމްކޯގެ އަގު ކުޑަ ކޮށް އަމިއްލަ ފަރާތްތަކަށް ލުއި ގޮތެއް ހަދާ ދިނުން އެދެމެވެ. މަގުމައްޗަށް ކުނި އެޅުމުގެ މައްސަލަ ބޮޑު ވަނީ ރޯދަ މަހު އެވެ. ބައެއް މީހުން ރޯދަ އަށް ކްރެޑިޓަށް އަތުގަ ފައިސާ ނެތަސް ތަކެތި އެބަ ނަގަ އެވެ. ހުސް ފޮށުގަނޑު އެއްލާލާނެ ވަރުވެސް ނުހުރެ އެވެ. ގިނަ ބަޔަކު ބޭނުންވަނީ ރޯދަ އަށް ރީތި ކުރާށެވެ.

The name is already taken The name is available. Register?

ދޮން

12 March 2024

ސިޓީ ކައުންސިލް ފެއިލް ވެއްޖެ ،،މިވީގޮތެއް ބަލަންޖެހޭ

The name is already taken The name is available. Register?

ވެދުން ސަލާމް

12 March 2024

މަގުމައްޗަށް ކުނި އަޅާ ފަރާތްތަކުން ކުނި އަޅުއްވަނީ އަމިއްލައަށް ކުނި އުކާލެވޭނެ ގޮތެއްނެތި ބޮޑު އަގު ދީގެން ކުނި އުކަން މަޖްބޫރު ކޮއްފައި ވާތީވެ. އަދި، އޭގެ އިތުރުން ވެމްކޯއަށް ޕިކަޕް ހޯދަން ގުަޅީމަ ދަންނަވަނީ މިއަދަށް ވަނީ ފުލް ވެފައެވެ.

The name is already taken The name is available. Register?

އަން

13 March 2024

ވަރަށް ރަނގަޅު ވާހަަކައެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454