ތުރުކީން ގެނައި އަސްކަރީ ޑްރޯން ޓެސްޓު ކުރަނީ-- ވީޑިއޯ/ރިފްއަތު އިބްރާހިމް
13 މާޗް 2024 - 22:41
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނައި އަސްކަރީ ޑްރޯން ޓެސްޓު ކުރަން ފަށައިފި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް މި ސަރުކާރުން ތުރުކީ އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ގަތް ޑްރޯންތައް ރާއްޖެ ގެނެސް ނ. މާފަރުގައި އޮޕަރޭޓް ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެ ޑްރޯން ޓެސްޓު ކުރަން މާފަރު މަތިން ދުއްވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
އެނގިފައިވާ ގޮތުގައި ޑްރޯން އޮޕަރޭޓް ކުރުމަށް އެމްއެންޑީއެފްގެ ހާއްސަ ޓީމެއް ވަނީ އެ ރަށަށް ގޮސްފަ އެވެ.
ރައީސް ޑރ. މުހަައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން އުފައްދާ އަސްކަރީ އުޅަނދުތައް ބެއްލެވި އެވެ. އަދި، ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދި އެވެ.
އެ އެއްބަސްވުމުގެ ތަފުސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ރ. މީދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެއްޓުމުގެ ނިޒާމު މި މަހު ހަމަޖެހި، އެ މަސައްކަތް ފަށާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަގޮތް
14 March 2024
ދުރު ވިސްނޭ، އަމިއްލަ އެދުމުން އެއްކިބާވެ އިހްލާތެރި ވެގެން ނޫނީ، ގައުމަށް ކުރި އެރުމެއް ނެއް.. އެހެން ބައެއްގެ މަނަވަރަކަށް ވުރެ، އަމިއްލަ ބޮއްކުރާ ގަނޑެއް ބޭނުން ކުރުމުން، ހިތަށް މާ ފިނިކަން ލިބޭ.... ދެން ރެސްކިއު ހެލިކަޕްޓަރެއް ގެނައުން ރަނގަޅު، ކުރަން އުޅެފިއްޔާ ވާނަ.. އެމް އައި -26، 5 މިލިއަނަށް ޑޮރޯން ގަނެވެންޔާ ހެލިކަޕްޓާރުވެސް ގަނެވޭނެ، .. އިގްތިސޯދު ކޮޅަށް ޖެހުނީމާ ހަގީގީ މިނިވަންކަމަށް ވާސިލްވެވޭނީ. ކުރިއަށް ދިވެހި ގައުމު..
ކަޅިފުތާހުއްތު
14 March 2024
ޝުކުރިއްޔާ ރައީސް. ކުރީ ވެރިން ހެދި އެތިފަހަރަކީ ކަނޑު މާބޮޑިއްޔޭ ކިޔާފަ ވިއްކާލީ. ބަލަހައްޓަން އުނދަގޫވެގެން. ކަންކަން ކުރަން މިހިރީ މިހާރު ވަސީލަތްތައް. ލާރި އެހެރީ ބައިތުލްމާލުގަ. ކުރީ ވެރިން ހެދިގޮތަކީ ޖީބަށް ލާރިކޮޅުކަހާލާފަ ހިންދުސްތާނަށް ބޯޑަރު ޕެޓްރޯލްކުރަން ހަވާލުކުރީ. ހަދާނެ ނުހަދާނެ އެއް ނޭނގުނީމަ. ކީއްކުރާނީ އެނގޭމީހެއްކައިރީ އަހާލަންވެސް ހިތްވަރެއް ނެތް
ޖެއްސު
14 March 2024
ތިންމަސް ނުވާ ސަރުކާރަކުން މިކަހަލަ ކަންތައް ކުރުމަކީ ކުރިން ފެނުނު މަންޒަރެއް ހަމަގައިމު ވެސް ނޫން
ނާއިލް ޝަރީފް
14 March 2024
މި މަންޒަރު މީ ދުވަހަކުވެސް ބަޔަކު ފެންނާނެ ކަމަށް އުންމީދު ވެސް ކުރި ކަމެއް ނޫން. މުއިއްޒު މެން ދުރު ވިސްނޭ ވެރިން މިކަހަލަ ކިތަންމެ ފައްކާ ކަންކަމެއް ކުރާނެ
އާމިރު ރަޝީދު
14 March 2024
ގައުމުގެ މިނިވަން ކަން އަނބުރާ ދިވެހީންނަށް ލިބޭތަން ފެނިގެން މި ދަނީ. ދުވެލި ހަމަ ތަފާތީ
ވިލްދާން މުހައްމަދު
14 March 2024
އެހެން އެއްވެސް ސަރުކާރަކުން ކުރަން ވިސްނާފަވެސް އޮތް ކަމެއް ނޫން މިއީ. އެހެން ގައުމަކަށް ދިވެހި ކަނޑު ސާރވައިލެންސް ދޭގޮތަށް އެމީހުން ތިބީ. ނަމަވެސް މުއިއްޒް މިކަންވެސް ބަދަލް މިކޮށްލަނީ.
ހެލޯހެލޯ
14 March 2024
ނިމިދިޔަސަރުކާރުން ތިކަން ކުރަން ވާހަކަދައްކާ ފައިސާ ދައްކާހިސާބައް ގޮއްސަ އޮތްކަމެއް ކަމައް އަޑުއެހިން ނޫސްވެރިން މިކަމުގެ ހަޤީގަތެއް ބަލައި ނުލާނަންތަ؟
އަކްރަމް ސައީދު
14 March 2024
މިއީ ކުރަން ލަސްވެފައި އޮތް ކަމެއް. އެހެން ނޫން ނަމަ އަބަދު އިންޑިޔާ ދަށުވެފައި ތިބޭނީ.
ނީމާ މުހައްމަދު
14 March 2024
މީހުން ކަންކުރާ ގޮތް ފެނޭތަ؟ ނަތީޖަ ނެރެލަނީ މި މުއިއްޒް ދުވެލީގައި.
މުހައްމަދު އަލީ ހަމީދު
14 March 2024
މިހެންވެ ބުނަނީ މުއިއްޒްމެން ތަފާތު ވާނެޔޭ. އެއްވެސް އެހެން ސަރުކާރަކަށް ނުވި ކަންކަން 3 މަހުން މިކޮށްލީ.
އިމްދާދު މުހައްމަދު
14 March 2024
މި ސަރުކާރުން ރާއްޖެ އެހެން ގައުމަކަށް ބަރޯސާ ވާން ނުޖެހޭ ވަރު ކުރާނެ. އެ މަސައްކަތް މިފެންނަނީ.