އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުން ބޭއްވި ބައްދަލުވުން: އީދު ނަމާދު ފަށާ ވަގުތު އަވަސްކުރަން ވަނީ ނިންމާފައި --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
20 މާޗް 2024 - 16:11
އީދު ނަމާދު ފަށާ ވަގުތު ހެނދުނު 7:00 އަށް އަވަސްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ރާއްޖޭގައި މިހާތަނަށް އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެގޮތަށް ހަމަޖެއްސީ ރާއްޖޭގައި މީގެ ކުރިން އީދު ނަމާދު ކުރަމުންދިޔަ ވަގުތަކީ އިރުއަރައި، އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީ ކަމަށެވެ. އަދި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާއިރު، ނަމާދަށް ދާ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހޫނުގަދަވުމުގެ ސަބަބުން އުނދަގޫވާނެތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައިއަޟްހާ އީދު ނަމާދު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ބަޔާނުގައިވާ ގޮތުން ކީރިތި ރަސޫލާ ވެސް އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުހާ ވަގުތުގަ އެވެ.
"ރަސޫލާގެ ސުންނަތާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުންގެ އަމަލުފުޅުގައިވާ ގޮތަށް ތަބައަވުމަކީ މޮޅު އިތުރުގޮތް ކަމަށް ވާތީ އާއި އާންމު މަސްލަހަތަށް ރިއާޔަތް ކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިއާޔަތްކޮށް މި އަހަރުން ފެށިގެން ރާއްޖޭ ގައި ފިތުރު އީދު ނަމާދާއި އަލްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމުގައި ކަނޑައަޅައިފިން،" މިނިސްޓްރީގެ ބަޔާނުގައިވެ އެބެ.
އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތު އަވަސް ކުރުމަށް ނިންމާފައި ވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ގާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީ އާއި މަޝްވަރާ ކުރުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކް
22 March 2024
އާޓު ދައްކަން އެންމެން ޖެހޭ ރަތްދަކަ އަވީގަ ބައިތިއްބަން. ކުރިން ކުރާހެން މިސްކިތުގަ ކުރީމަ އެކަން ނިމުނީ. ހުތުބާ އަޑުއަހާ ބަޔަކު ނޫޅެ. މަވެސް އަޑެއްނާހަން. ކުރު ކިޔެވެލި ވަރެއް ކިޔަވާފަ ގެޔައްދިޔައިމަ ނިމުނީ އެކަން.
MySuperGreenDOTcom
22 March 2024
އަދިކިރިޔާ ތިއެނގުނީ ސުންނަތުގަ އޮތްގޮތް؟ ކަމެއްކުރަންވީމާ ސުޓޯރީއެއްހަދަނީ ދޯ؟ ވަގުތު އަވަސްކުރުމުގައި މައްސަލައެއްއޮތް ވާހަކައެއްނޫންމިބުނީކީ، މިއޮއްހުރިހާދުވަހު ކީއްވެތޯ ސުންނަތާ އެއްގޮތަށް އަމަލުނުކުރީ، އަޅުގަނޑުގެ މައުލޫމާތު ރަނގަޅުނަމަ 7 ޖަހާއިރު ކުރިޔަސް އަދި 7:30 ގައި ޢީދުނަމާދުކުރިޔަސް ސުންނަތަށްފެތޭ، 7:30 ގައި ކުރީމާ ލިބޭ ބައެއްފައިދާތަކުގެ ތެރޭގައި ގިނަމީހުނަށް ނަމާދަށްދެވުމާއި، އެވަގުތު އިރުގެ އަލިން ސިއްހަތަށްކުރާ ފައިދާ ހިމެނޭ!
އާދަނު33
21 March 2024
ބަލަ މިސްކިތުގައި ކުރީމަ ހޫނެއްނުވާނެ. އީދުނަމާދު ހުސްބިމުގައިކުރަން އަންގަވާފައޮވޭތަ؟
ކަރަދުއިބްރާހީމް
21 March 2024
އަވަސްކުރުމުގައި އޮތީ ފައިދާތޯ ގެއްލުންތޯ ވެސް ބަލާލަމާ ، އަހަރެން ދުށިން ހޫނުގަދަވެގެން ކައިރީގަ ހުރި ޒުވާނެއް އަނބުރައި ގައިންތަންވެސް ، މިއަވަސް ކުރުމުގައި އޮތީ ހުސް ފައިދާ ، ޢީދު ނިމިގެން ޢިީދުގެ އުފާ ފާޅުކުރުމުގަވެސް އަވަހަށް އުޅެވޭނެ، އަދިވެސް ބޮޑަށް ޢީދުގެ އުފާ ހާސިލްކުރެވޭނެ ގިނަ ގޮތްގޮތް ތަޢާރަފް ކުރަންވީ ، މިސްކިތައް ޢިދުހަދިޔާ ގެންގޮސް ދަންނަ ނުދަންނަ މީހުންނާ ޢާއިލާ މެމްބަރުންނަަށް ދޭންވީ
ކަމަކުނުދެއޭ
21 March 2024
މިއީ ހަމަ އެއްވެސް ގޮތަކުން ސުންނަތާ ގުޅޭ ކަމެއްނޫން. 7:00 އާއި 7:30 އާ ދެމެދު ތިޔަ ބުނާހާ ތަފާތެއް ނުހުންނާނެ. 7:30 ވީމާ ގިނަމީހުންނަށް ނަމާދުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ. މިއުޅެނީ ހޫނުވާތީއެއް ނޫން. ކޮންމެވެސް އައުކަމެއް ކޮށްލާ ނޫހަށް އަރާލަން. އަސްލު މައްސަލައަކީ ޚުޠުބާ ދިގުވުމާއި ޚުޠުބާ ކިޔާއިރު ރާގުރާގު އަޅުވާފަ މާޢަރަބި ވާން އުޅުން. ޢީދު ނަމާދު ކޮށް ނިމިގެން ޚުޠުބާ ނިމެންދެން އަވީގަ ގިނައިރު ތިބެންޖެހެނީ ޚުޠުބާގެ އެހެންވެ.
އަމްޝާދު އަޒީޒް
21 March 2024
8 ޖަހާއިރު އީދަށް ދާއިރު ހުންނަނީ ހޫނުވެގެން ގޮސް ދާހިއްލާ ފޯވެފަ. ރަނގަޅު ނިންމުމެއް.
ސިޔާދު އަލީ
21 March 2024
އަސްލުވެސް. 8 ޖަހާއިރު އެއީ އެއްމެ ހޫނު ގަދަ ގަޑި. މިހާރު ދެން ފިނި ވާނެ.
އިމްހާދު އަލީ
21 March 2024
މިދިޔަ ސަރުކާރުގަވެސް އަޅުގަނޑުމެން ބުނިން މިކަން ކުރަން. ނަމަވެސް ނުކުރި. މިސަރުކާރުން އަޑު އަހައިފި.
އިގްބާލް މުހައްމަދު
21 March 2024
ބަޔަކަށް ނޭނގުނަސް މިކަން ދީނީ ގޮތުން ބެލިޔަސް ވަރަށް ރަނގަޅު ނިންމުމެއް މިޔަކީ.
މޫސާ މުހައްމަދު
21 March 2024
މިއީ ވަރަށް ރަނގަޅު ކަމެއް. ފަސޭހަވެސް ވާނެ