ސަލްމާން މިސްކިތުގައި ހަދަމުން އަންނަ އިސްލާމީ ލައިބްރަރީގެ ފޮތް ހަރުތައް.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
03 ޖުލައި 2025 - 15:32
މާލޭ ސަލްމާން މިސްކިތުގައި 15،000 ފޮތާއެކު އިސްލާމީ ކުތުބުޚާނާ ނުވަތަ ލައިބްރަރީ މި މަހު 12 ގައި ހުޅުވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ ސަލްމާން މިސްކިތުގައި ހަދަމުން އަންނަ އިސްލާމީ ލައިބްރަރީ މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާހުކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވި ކަމަށެވެ.
އިސްލާމީ ލައިބްރަރީ މި މަހު 12 ގައި ރަސްމީކޮށް އިފްތިތާހުކުރަން ވާން ޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މިނިސްޓްރީގެ އިސްވެރިން މިއަދު މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ލައިބްރަރީ ހުޅުވަނީ 15،000 ފޮތާ އެކު ކަމަށް ޝަހީމް ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލެ އާއި ރަށްރަށުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އިސްލާމީ މަރުކަޒުތަކުގައި ހަދަން ނިންމާފައިވާ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60،000 ފޮތް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ. އެ ގައުމާއި ޔުނިވާސިޓީގެ ނަން ފަހުން އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅި
04 July 2025
އިސްރާއިލް ދައުލަތާ އެމެރިކާ އަދި ސައުދީ އަދި ދުބާއީގެ އިސްލާމީ ވަންތަކަމާ އެއްބައިވަންތަކަމާ ހަޟާރަތާ މިކަމާ ގުޅޭ ފޮތްކޮޅެއް ބަހައްޓާލަ ދޭތި.
ޕީ އެން ސީ
04 July 2025
ލަދުންބޯހަލާކު ! ސަލްމާން މިސްކިތުގެ ނަންބޯޑް ކޮބައިތޯ ! ކުރިން ސަތަރިއަޅާފަ ފޮރުވާފަހުރޭ ! މިހާރު ބޯޑުބެސްނެގީ ކޮރޮޕްޝަން ނުފިލާނެ ސަތަރިއެޅިއަސް އަދި ނަންބޯޑް އެއްލާލުމަކުންވެސް !
ދެން ތިބޭ ސެންސަރު ކޮށްގެން
03 July 2025
ރާްއްޖޭގައި މިހާތަނަށް ހެދުނު އެންމެ ޑިޒައިްނ ހަޑި މިސްކިތް. އިސްލާމިކް ހެރިޓޭޖްއެއްވެސް ރާއްޖޭގެ ސަގާފަތެއްވެސް ފެންނަ ނެތްކަޕްކޭކެއްހެން ހީވަނީ. އެހާ ޚރަދު ކޮށްގެން މިސްކިތް ހަދަންޏާ ހަދަންވާނީ އޭފަފުށި މިސްކިތް ގޮތަށް. އެޢީ ރާއްޖޭގެ އެންމެ ރީތި މިސްކިތް.
އޭސީ ތަށް ސަލާމްބުނި
04 July 2025
މިކަހަލަ ހޫނުގަދަ ގައުމަކަށް ޓިނުން.
ނަމީނާ
03 July 2025
ދިވެހިރާއްޖޭގެ ކިތައް ކިތައް މީހުންނަށް ތޯ ތިޔަ ލައިބްރަރީގަ ހުރި ފޮތް (އަރަބި) ކިޔޭނީ؟ ކަންކަން ދެއްކުންތެރި އަދި ނަމެއްގައި ކުރުމުން ނަތީޖާއެއް ނުލިބޭ. ބައެއް ޝޭހުންވެސް ބޭނުންވަނީ ބާރު، ނުފޫޒް، އަދި މައްޝޫރުކަން.