މި އަހަރުގެ ރޯދަމަހުގެ ހަތާވީސް ވިލޭރޭ ދަމުނަމާދުކުރުމަށް ސަލްމާން މިސްކިތަށް ދިޔަ މީހަކު ގުރުއާން ކިޔަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ޖުލައި 2025 - 12:25
ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އިސްލާމީ މަރުކަޒުތަކުގައި ހަދަން ނިންމާފައިވާ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60،000 ފޮތް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ ހއ. ދިއްދޫ، ރ. އުނގޫފާރު، ގދ. ތިނަދޫ، އައްޑޫ އަދި އެހެން ރަށްރަށުގައި މިހާރު ހަދަމުން އަންނަ އިސްލާމީ މަރުކަޒުތަކުގެ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވާސިޓީއަކުން ހަދިޔާކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ކަމަށެވެ.
އެ ގައުމާއި ޔުނިވާސިޓީގެ ނަން ހާމަނުކުރައްވައި ޝަހީމް ވިދާޅުވީ އެ ތަނުން 60،000 ފޮތް ލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ޔުނިވާސިޓީގެ ނަން ފަހުން އާންމުކުރާނެ ކަމަށެވެ.
ޝަހީމް ވިދާޅުވެފައި ވަނީ ރަށްރަށުގައި މިހާރު ހުޅުވާފައި ހުރި އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މާލޭގައި ހުންނަ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ލައިބްރަރީ ހެދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ރަށްރަށުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫޤީ
02 July 2025
އަދި ހަދިޔާއެއް ނުކުރެއެއްނު. ވީމާ އިހަށް މަޑުކޮށްލާފައި ހަދިޔާކުރީމަ އެވާހަކަ ސުރުޚީގައި ޖަހާ! ތިއުޅެނީ ރިޔާސީކެންޕޭނަށް ޕީއެންސީކުދިންނަށް ސުރުޚީއެއް އަޅައިދޭން.
މީރުބަހުރު.
02 July 2025
ފޮތްތައް ރަނގަޅައްބަލާތި ގަނޑުތައް ނެއްޓިފަ ހުރިތޯ