ރަޝިޔާގެ ކްރޮކަސް ސިޓީ ހޯލްގައި ދިން ހަމަލާއަށް ފަހު އެތަނުގައި ރޯވެ އަނދާފައި. -- ފޮޓޯ: އޭއެފްޕީ
24 މާޗް 2024 - 10:06
ރަޝިޔާގައި ހުކުރު ދުވަހު ކޮންސަޓެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ދިން ނުރައްކާތެރި ހަމަލާތަކުގެ ވީޑިއޯ ކަމަށް ބުނެ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވީޑިއޯއެއް އާންމުކޮށްފި ކަމަށް ސައިޓް އިންޓެލިޖެންސް ގްރޫޕުން ބުނެފި އެވެ.
ހަތިޔާރު ހިފައިގެން ތިބި މީހުންގެ މޫނު ފުސްކޮށްފައިވާ އެ ވީޑިއޯގައި އެ މީހުން ކްރޮކަސް ސިޓީ ހޯލްގެ ލޮބީ ކަމަށް ބެލެވޭ ތަނަކުން ފެނެ އެވެ. ކޮންސަޓް ބަލަން ގޮސް ތިބި މީހުންނަށް ދިމާލަށް ބަޑިޖަހަމުން ދާއިރު ހޯލްގައި ރޯވެ އަނދާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
ސައިޓް މޮނިޓަރިން އިން ބުނީ މި ވީޑިއޯ އާންމުކުރީ އައިއެސްގެ މީޑިއީ ގޮތްޕެއްގެ ޓެލެގްރާމް އެކައުންޓެއްގައި ކަމަށެވެ.
ރަޝިޔާގެ ކްރޮކަސް ސިޓީ ހޯލްގައި ދިން ހަމަލާއަށް ފަހު އެތަނުގައި ރޯވެ އަނދާފައި. -- ފޮޓޯ: އޭއެފްޕީ
އައިއެސް އިން ޒިންމާ ނަގާފައިވާ މި ހަމަލާގައި 133 މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. މިއީ ޔޫރަޕްގައި އައިއެސް އިން މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ރަޝިޔާއިން ބުނެފައިވަނީ ހަމަލާގެ ތުހުމަތުގައި މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ހަތަރު މީހަކީ ސީދާ ހަމަލާގައި ބައިވެރިވި މީހުން ކަމަށާއި އެ މީހުން ހައްޔަރުކުރީ ފިލައިގެން ޔުކްރެއިނަށް ދާން އުޅެނިކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރައީސް ލަޑީމިއާ ޕުޓިން އަދި ޖާސޫސީ އިދާރާ އެފްއެސްބީ އަކުން ވެސް މި ހަމަލާއާ ޔުކްރެއިންއާ ގުޅުމެއް އޮތް ކަމަކަށް ނުބުނެ އެވެ. އެކަމަކު ރަޝިޔާއާ އެކު ހަނގުރާމާގައި އޮތް ޔުކްރެއިނުން ވަނީ މި ހަމަލާގެ ޒިންމާ ޔުކްރެއިންގެ ބޮލުގައި އަޅުވަން ރަޝިޔާއިން މަސައްކަތްކުރާ ކަމަށް ބުނެފަ އެވެ.
ރަޝިއާގެ ދައުލަތުގެ މީޑިއާ "އާރްޓީ" އިން ވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ކަނުބަނދެ ބިޑި އަޅުވާފައި ބައިތިއްބައިގެން ތަހުގީގުގައި ސުވާލުކުރާ މަންޒަރު ފެންނަ ދެ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ މީހުން އެ ވީޑިއޯގައި، ހަމަލާގައި ބައިވެރިވި ކަމަށް އެއްބަސް ވިޔަސް މިކަން ކުރީ ކޮން ބައެއްގެ އޯޑަރަކަށް ކަމެއް ނުބުނެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯމާ
25 March 2024
ރޯމާދުވާލު ޓުވަރިސްޓެއް ފޭރެނީ. ވައްކަން ކުރަނީ. ކުޑަކުދިންނާ ބެހެނީ. މީހުން މަރަނީ. އަހަރެމެން ޕެރަޑައިސް ކިޔައިގެން މުޅި ސިޓީ ކުނިގޮނޑަކަށް ހަދަނީ. ކޮންމެ ދިމާއަކަށް ތަކެތި އުކަނީ. ދެން އައިއެސް އިން އިތުރު ކަމެއް ކުރަންޖެހޭތަ ދިވެހިރާއްޖޭގެ މުސްލިމުންގެ އަގުވައްޓަން؟ އިރާގުން އުފެދުނު އެމެރިކާ ތާއީދުކުރާ ހަރުކަށި ކަން ދައްކައިގެން އުޅޭ ޖަމާޢަތެއް އެއީ. އެކަމު އަހަރެނެމްން ދީންވެރިވަނީ ވަކިކަންކަމެއްގަ އެކަނި ވީމާ ކިހިނެއް ހަދާނީ؟
މާހިރު
24 March 2024
އިސްލާމިކް ސްޓޭޓް ކިއެއްކަމަކު ތިފަދަ ހަމަލާތަކުން ދޭހަވަނީ އިސްލާމިކް ސްޓޭޓަކީ ސީދާ އެމެރިކާއިން ހިންގާ ޙަރަކާތެއްކަމެވެ. އެހެންނޫންނަމަ ރަޝިއާއަށް ޓެރަރިސްޓް ހަމަލާއެއް ދޭންޖެހޭ ސަބަބެއް ކޮބައިތޯއެވެ. އިސްލާމިކް ސްޓޭޓަކީ އިސްލާމް ދީނުގެ ދިފާޢުގައި ހަނގުރާމަ ކުރާބައެއްނަމަ މިދަނޑިވަޅަކީ އިޒްރާއީލަށް ހަމަލާދޭންވީ ވަގުތު ނޫންހެއްޔެވެ.
ުހުންބެއްޔާ
25 March 2024
އަބަދުވެސް އެހެން މީހުންގެ ބޮލަށް ކަންކަން ޖަހާފަ ބަހައްޓާ. އެކަމަކު ހަގީގަތަކީ މުޅިން ތަފާތު އެއްޗެއް.
އަމީނު
27 March 2024
ތި އައިސިސް އިން ޕާކިސްތާނު އަފްގާނިސްތާނުގަ ކުރި ކަން ކަން ނުފެއްނަނީ ތޯ
އަސި
24 March 2024
މުސްލިމުންގެ ނަން ކިލަނބު ކުރަން އެމރިކާގެ އޮބާމާ އާއި އިސްރާއިލް ގެނަތަންޔާހޫ ގުޅިގެން އުފެއްދި ޖަމާއަތެއް އައިއެސް މީ. މިމީހުންގެ ކަމަކީ މުސްލިމުންގެ ނަން ހަޑިކުރުން އަދި އިސްލާމުން ދެކެ އެހެން މީހުން ނަފްރަތު އުފެއްދުން. އިޒްރޭލު އުވޭ އިރެއް މި އައި އެސް ވެސް އުވިގެން ދާނެ.
ހުރުކަސް
24 March 2024
އަހަރަމެން އަތުން ފައިސާނަގައިގެން ސީރިޔާ، އަފްއާނިސްތާން ފަލަސްތީން ފަދަގުމުތަކަށް ފޮނުވީމަ އެމީހިން އެފައިސައިން ދަރިން ހޯދާ ބޮޑުކޮއްގެން މިކަހަލަ ހަމަލާދީގެން މީހުން މަރަނީ. އެހެންވީމަ މިކަހަލަ ކަން ކަމުގަ އަހަރަމެންނަށް ވެސް މި ބައިވެރި ވެވުނީ. ހުރި ހިތާމައެއްގެ ބޮޑުކަމާއޭ.
ފޮނިފޮނިޓައްޕު ކުމާރު
24 March 2024
މީ މޮޔަވެގެންއުޅޭ ބައެއް. ގޮސް އިޒުރޭލަށް ހަމަލާދީބަލަ.
އައި އެސް
24 March 2024
ކޮން އައި އެސް އެއްތަމީދެން، މި ހަމަ ސީދާ އިޒްރޭލުން (މޮސާޑުން) ހިންގާ ގުރޫޕެއް މުސްލިމުންގެ އަގު ވައްޓަން ވެގެން. އިޒްރޭލަށް އެމީހުން ދުވަހަކުވެސް ހަމަލައެއް ނުދެއެއްނު
ލަސް
24 March 2024
ކަލޭމެންގެ އަގުވައްޓަން އެހެންބަޔަކު އިތުރަށް ކުރާނެ ކަމެއް ނޯންނާނެ.
ކައިލީ (ރަޝިޔާ ވަރޝަން)
24 March 2024
މުސްލިމުންނަކީ ޓެރަރިސްޓުންގެ ގޮތުގައި އަބަދު ވެސް ސިފަކުރަނީ ކީއްވެ؟ ޓެރަރިސްޓް މި ލަފުޒު ހިތަށް އެރިޔަސް ސިފަވަނީ ތުނބުޅި ދިގު ބޮލުގަ ފޮށާ އަޅަައިގެން ތިބޭ ވައްހާބީން! މި ހަމަަލާ ކުށްވެރި ކުރަން
ޖަންބަލް ސޭލް
24 March 2024
ސުވާލު އުފެދޭ ގޮތަކަށް އުޅޭ ބަޔެއް ކޮންމެޔަކަސް.