އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ މަންދޫބުންނާއެކު އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި، އެ އެސޯސިއޭޝަންގެ ނައިބު ރައީސަކަށް ހޮވުނު ޔޫސުފް (ކ) ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
27 މާޗް 2024 - 13:42
މައްސަލަ ބޮޑުވި އަރަބިއްޔާ ސްކޫލުގެ ޕީޓީއޭ އެޑިއުކޭޝަން މިނިސްޓްރީން އުވާލައި، އާ ކޮމިޓީއެއް އުފައްދައިފި އެވެ.
މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ، ޕީޓީއޭއަކީ ސްކޫލު ހަރުދަނާކުރުމުގައި މުހިއްމު ރޯލެއް އަދާކުރާ ބައެއް ކަމަށެވެ.
އެހެންވެ، ގާބިލް ބަޔަކާއެކީގައި ކުރިއަށް ގެންދިއުމަކީ މަސްލަހަތަށް ވެސް ރަނގަޅު ކަމަކަށް ވާތީ، އަރަބިއްޔާގައި އާ ޕީޓީއޭ ކޮމިޓީއެއް އުފައްދަން މިދިޔަ ނޮވެމްބަރު 22 ގައި އެ ސްކޫލަށް އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާ އެއްގޮތަށް، އެ ސްކޫލުން ވަނީ ޕީޓީއޭއަށް އާ މެމްބަރުން ހޮވައި، އެކަން މިނިސްޓްރީއަށް މިދިޔަ ޑިސެމްބަރު 13 ގައި އަންގައިފަ އެވެ.
ކޮންމެ ދިރާސީ އާ އަހަރަކަށް ހޮވާ ޕީޓީއޭގެ ނައިބު ރައީސަކަށް މި ފަހަރު ހޮވުނީ ޔޫސުފް އަބްދުﷲ އެވެ. އޭނާ ވަނީ، އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ނައިފަރު ދާއިރާއަށް ކުރިމަތިލައިފަ އެވެ.
އަރަބިއްޔާގެ ޕީޓީއޭގެ މައްސަލަ މީގެ ކުރިން ވެސް ބޮޑުވި އެވެ. އެ ސްކޫލުން ކުރިން ބޭނުންކުރި އިމާރާތް ބާވެ، ގެއްލުން ލިބިފައިވާތީ ޕީޓީއޭގެ ނަމުގައި ސްކޫލަށް ނޭނގި ޕްރެސް ކޮންފަރެންސްތައް ވެސް ބޭއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންވާ ސޮރު
29 March 2024
އެމްޑީޕީ ވެރިކަމުގައި ތިޔަ ޕީޓީއޭ އުވާލިނަމަ ކުޅި ފޯރީއެއް ހުންނާނެ. އޭރުން ވެފައި އޮންނާނީ އިސްލާމީ ތައުލީމު މިގައުމުން ފޮހެލުމަށް ރާވައިގެން ކުރި ކަމަކަށް. މިހާރު އޯކޭ.
ޕޭރަންޓު
29 March 2024
ވެރިކަމަށް 4 މަސް ވީ އިރު ކޮބާ ހޭ ޢަރަބިއްޔަގެ އިމާރާތް ކުރުމަށް ކުރި ކަމަކީ. ހުސް ބިމެއް ދައްކައި ޢަރަވިއްޔާގެ ޕޭރްންޓުމް މޮޔަ ހައްދަން ނޫޅޭތި . މުޒާހަރާ ކުރަން ޢަރަބިއްޔާގެ ޕޭރަންޓުން މިތިބީ ރެޑީއަށް.
ހަރުކަށި
28 March 2024
ތީ ކޮންބަޔަކު ކޮންކަމަކު ކޮންމަގްސަދަކު ކީއްކުރަން ބޭނުންކުރާ ކޮންސްކޫލެއްކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެއް
ގައުމަށް ހެޔޮއެދޭ
28 March 2024
ސަރުކާރުގެ މެންޑޭޓަކީ ރައްޔިތުންނަށް ބޭނުންވާ އަސާސިކަންކަން އެއްހަމައެއްގައި ފޯރުކޮށްދިނުން ވީމާ 'ކ' އަތޮޅު މާލޭގަ އަރަބި ސްކޫލެއް އަޅާ އެތަނުގެ ރޫމްތަށް އޭސީކޮށް ވަކިބަޔަކަށް މޮޅުވާގޮތަށް އެހެންރަށްރަށުގެ ހިދުމަތްތަކާއި ތަފާތުކޮށް ހިދުމަތްދިނުމަކީ ކޮންކަހަލަ އިންސާފެއްތޯ، އަރަބި ކިޔަވަދޭން ބޭނުންނަމަ ސްކޫލުތަކުގައި ހަރުދަނާގޮތެއްގައި ކުރިއަށްގެންދަންވީ، މަންހަޖުބަދަލްކުރަންވީ، އެކަމަކު މިގޮތަށް މިކަން ކުރުން ބަލައެއްނުގަންނަން
ޔޫސުފަށް ބަލައިގެން ދުއްވަވާ
28 March 2024
ޢަރަބިއްޔާ ތެހެރީކު އޭ އިންސާފު ކިޔާ ޕާޓީއެއް އުފައްދަންވީ ދެން
ލަސްނީ
28 March 2024
ރާކަނި މަސް މިހާރު މުއީޒް ހޮވައިގެން ތިބޭނީ ކުރީގެ ޕީޓީއޭ ކައިގެން ބަޑު ފުރާ!
އަހްމަދ
27 March 2024
ސަރުކާރު ބަދަލުވީމަ ޕީޓީއޭގެ މަސައްކަތް މިވަގުތައް ނިމުނީ. ދެން އަނެއްކާވެސް ސަރުކާރު ބަދަލުވެއްޖެނަމަ މަސައްކަތް ފެށޭނެ.
އަފްރާސިޔާބު
27 March 2024
ތޯރާ ބޯރާ ގައި އުޅެފައި އައިސް ތައުލީމީ ދާއިރާ އަށް. އަދިވެސް ދިގުކޮށްލާ.
އަންތަރީސް8888
27 March 2024
މިންވަރަށް އީމާންވާން ނޭންގޭ ޖާހިލު ބަޔެއް ތީ. ރާއްޖެތެރޭ ގިނަ ސްކޫލުތަކުގަ ދަރިވަރުން ކިޔަވަނީ ހޫނު އަލިފާން ކުލާސްރޫމްތަކުގަ. އަރަބިއްޔާގަ ދަރިވަރުން ކިޔަވަނީ އޭސީގަ. އެހެން ސުކޫލު ތަކުގަ ކިޔަވާދެނީ ޣައިރު ދީނެއްނޫން. ހަމަ ޤުރުއާނާ އިސްލާމާ ދިވެއްސާ އަރަތްބާ ދެންވެސް މުހިންމު މާއްދާތައް. ވީއިރު މިމީހުންގެ ދަރިންނަށް ދަޢުލަތުން ވަކި އިސްކަމެއްދޭންވީ ސަބަބެއް ކޮބާތޯ؟
މުޙައްމަދު123
27 March 2024
އަރަބިއްޔާއަކީ މާލޭގެ ސުކޫލެެއް. މާލޭގެ އެހެން ސުކޫލުތަކަށް ލިބޭ ހުރިހާ އިނާޔަތަކާއި އިމްތިޔާޒަކާއި ވަސީލަތްތަކެއް އަރަބިއްޔާއަށް ވެސް ލިބެންޖެހޭނެ. އަދި ރާއްޖެތެރޭގެ ސުކޫލުތަކަށް ވެސް އެކަށީގެންވާ ވަސީލަތްތައް ލިބިދޭންޖެހޭ.
ބްރޯސް
27 March 2024
ތީކީ ޕީޓީއޭއެއް ނޫން.. ތީ ސިޔާސީ ޕާޓީއެއް. މުޒާހިރާ ކުރުމާ އަބަދުވެސް ކޮންމެވެސް ކަމަކާ ޝަކުވާކުރުން ނޫންކަމެއް ނެތް. ދުވަހަކުވެސް ހިތެއް ނުފުރޭ. ބޭޏުންވަނީ އަބަދުވެސް ޖަދަލު ކުރަން