ޖަޕާނާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުންތަކުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ޖަޕާނުގެ ސަފީރު ސޮއިކުރައްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
25 މާޗް 2024 - 16:58
ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޖަޕާނާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވަނީ ކަސްޓަމްސް ޕެޓްރޯލް ކްރާފްޓެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި މެރިޓަމް ސޭފްޓީ އަދި ސެކިޔުރިޓީ ގާއިމް ކުރުމުގެ މަސައްކަތަށް 1.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުުމެއްގަ އެވެ.
އޭގެ އިތުރުން ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، އެފަދަ ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރު ކުރުމަށް 3.9 މިލިއަން ޑޮލަރުގެ އެހީ އާއި ކަސްޓަމްސް ޕެޓްރޯލް އުޅަނދުތަކަށް ބޭނުންވާނެ އިކުއިޕްމެންޓް ފޯރުކޮށްދިނުމަށް 3.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
ޖަޕާނާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުންތަކުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ޖަޕާނުގެ ސަފީރު ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ފޮރިން މިނިސްޓްރީ
އެ ތަކެތި ރާއްޖެއާ ހަވާލު ކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ އެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެ އާއި ޖަޕާނާ، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
Four Exchange of Notes signed between Maldives and Japan
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 25, 2024
📃 Press Release | https://t.co/cqoN3IlnMS pic.twitter.com/mwbyHu6CMg
ރާއްޖެ ސަރުކާރުން ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް ޖަޕާނުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްހާގް
26 March 2024
ޑރ. މުއިއްޒުގެ ސަރުކާރަކުން ހަމަ އެކަނި އެންމެ ގައުމަކަށް ބަރޯސާ ނުވާނެ، އަހަރުމެންގެ ހުދޫދުތައް ގަބޫލުކުރާ މީހުންނާ ގާތްގުޅުން އޮންނާނެ އަބަދުވެސް
މަހުދީ
26 March 2024
އަބްދުﷲ ޝާހިދް ހީކުރީ ގައުމުތަކުން ދީލަތި އެހީދެނީ ހަމަ އެކަނި އޭނަދިޔާމަކަމަށް.
މިމްދާދް
26 March 2024
ތާފާތުފެނޭ، ބަޔަކު ހީކުރީ އަހަރުމެން ގައުމަށް ހަމަ އެކަނި އެހީ ލިބޭނީ ހަމަ އެކަނި އިންޑިޔާއިން އެކަނި ކަމަށް.
ސުފްުޔާން
26 March 2024
މި ސަރުކާރު ވެގެންދާނެ ހުރިހާ ގައުމުތަކާ ގާތް ގުޅުމެއް ބާވަމުންދާ ސަރުކާރަކަށް، އޭގެ ފޮނި މީރުކަން ލިބިގެންދާނީ ހަމަ އަހަރުމެން ދިވެހި ރައްޔިތުންނަށް
މާޖިދް
26 March 2024
ޑރ. މުއިއްޒުގެ ފޮރިން ޕޮލިސީގެ ފުރިހަމަކަން މި އެނގިގެންދަނީ. ކުރިއަށްއޮތްތާގަވެސް އޮތީ މިފަދަ އުފާވެރި ހަބަރުތައް
ޖަޕާން މީހުން
26 March 2024
ޖަޕާން ކަސްޓަމް އޮފިސަރ ތި ކުރާފްޓު އޮޕަރޭޓް ކުރަން ޖެހޭނެ ރާއްޖޭގައި ބަހައްޓަން.
ޔެސް
26 March 2024
އެމްޑީޕީ ސަރުކާރުތަކުން އެއްބަސްވާ އެއްބަސްވުންތަކެއް އެއީ ކޮންމެ އެއްޗަކާއެކު ބަލަހައްޓާނެ މީހުން ގެނައުން. ޚާއްޞަ ކައިރީގައި އޮތް ޤައުމަކުން.