ފްރާންސްގެ މިސްކިތެއްގައި މީހަކު ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ
01 އެޕްރީލް 2024 - 04:47
ފްރާންސްގައި މިސްކިތްތަކުގެ ހުރުމަތް ކެނޑުން އާންމުވެ އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
އެ ގައުމުގެ ޕްރޮސިކިއުޓަރަކު ވިދާޅުވީ މިދިޔަ ހަފްތާތަކުގައި އެކި ސަރަހައްދުތަކުގައި ވަނީ މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ އެކި އަމަލުތައް ހިންގާފައި ކަމަށެވެ. މައްސަލަ ތަހުގީގުކުރުމަށް އަމުރުކުރީ މިސްކިތެއް ކައިރީގައި އޫރެއްގެ ބޯ ބާއްވާފައި އޮއްވައި ފެނުމާ އެކުގަ އެވެ.
ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ގެރާލްޑް ޑާމަނިން ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މިއީ ބަލައިގަނެވޭނެ އަމަލުތައް ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިއީ މުސްލިމުން ރުޅިއަރުވައި ހަމަނުޖެހުމަށް މަގުފަހިކުރުވަން ހިންގާ އަމަލުތަކެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
ޑާމަނިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ވެސް ދެ މިސްކިތަކަށް ގެއްލުންދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހަފްތާ ބަންދުގައި ވެސް ތިން ސަރަހައްދެއްގައި، މިސްކިތަކަށް ގެއްލުން ދިނުމާއި ހުރުމަތްކެނޑުމުގެ އެކި އަމަލުތައް ހިންގާފައިވާ ކަމަށެވެ.
"މުސްލިމުންނަށް އަމާޒުކޮށް ހިންގި މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ރަމަޟާން މަސް ތެރޭ ހިންގި މި އަމަލު ކުށްވެރިކުރައްވަމުން އިންޓީރިއާ މިނިސްޓަރު އެކްސްގައި ވިދާޅުވި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ 2
02 April 2024
މުސްލިމުންނަށް މާ ހެޔޮއެދޭ ބަޔައް ކަމަށް ދެއްކެން ދައްކާ ވާހަކަ، ސީދާ މިވެރިން މަގުފަހި ކޮއްދީފަ ހުރި ކަންކަން ތިޔައިކީ.
ސަހަލު
01 April 2024
ފެނޭތަ ސަލީމުބޭއަށް ޔޫރަޕުގަ މުސްލިމުންނަށް ހުރި ނާމާންކަން..އެމީހުން ހިންގާ މިފަދަ އަމަލުތައް ނޫސްތަކުން ގެނެސް ދެނީވެސް މަދު ފަހަރެއްގަ.
ކަހެރުވައް
01 April 2024
ޔޫރަޕްގަ އިސްމްދީން ބާރަށް ފެތުރޭތީ ކްރިސްޓިއަން ފައްޅިތަކާ ހައްދުފަހަނަޅާފައިވާ ކްރިސްޓިއަނުން ކުރާ ކަމެއް. ކިތަންމެ ނުރުހުނަސް އިސްލާމްދީން ދާނީ ފެތުރެމުން. އެއީކީ ހުއްޓުވޭނެ ކަމެއްނޫން..
ރަދީފްއޮފިޝަލް
01 April 2024
މިކަމާ ނުރުހޭ ދިވެއްސަކުވެސް ހުރިކަން ޑިސްލައިކުން ހާމަވޭ.
ބުންބާ
01 April 2024
ތީ ދިވެހިރޢްޖޭގާވެސް ތިކަންކުރާ ގުރޫޕުގެ ގޮތްޕެއްކަންނޭންގެ.