ޚަބަރު / ވައްކަމާއި ފޭރުން

"ފަންކާ ވަގު" ފަންކާތައް ވިއްކާލާފައި ވަނިކޮށް ހޯދައިފި

ތަގުވާ މިސްކިތުގައި ހުރި ފަންކަލެއް ވަގަށް ގެންދާ ވީޑިއޯގެ ސްކްރީންޝޮޓެއް.

މާލޭގެ ތަގުވާ މިސްކިތުން ފަންކާއެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހާ އެހެން މިސްކިތްތަކުން ވެސް ފަންކާ ވަގަށް ނަގާފައިވާ ކަމަށާއި ފަންކާތައް ވިއްކާލާފައި ވަނިކޮށް މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ރޯދަ މަސް ފެށުނު ފަހުން މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ވަރަށް ބޮޑެވެ.

ފުލުހުން ބުނީ އެކި މިސްކިތްތަކުން ފަންކާތައް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކުރެވެނީ 31 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. މިދިޔަ ހޯމަ ދުވަހު، އޭނާ ހައްޔަރުކުރީ ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ ފަންކާ ހިފައިގެން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

މިސްކިތަކުން ފެން މޯޓަރެއް ވަގަށް ނެގިކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި، ވަގަށް ނަގާފައިވާ ފަންކާތަކުގެ ތެރެއިން ހަ ފަންކާއެއް ވިއްކާލާފައިވަނިކޮށް މިހާރު ވަނީ ހޯދައިފަ އެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ގެންދިޔަ އެވެ.

42 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 18%
icon angry icon angry 45%
icon wow icon wow 18%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެންނަގޮތް

04 April 2024

ހަފްތާއަކަށް ބަންދުކޮށްފަ ދޫކޮށްލާތީ މައްސަލަ އަކީ،،

The name is already taken The name is available. Register?

އަންދަލޫސިޔާ

03 April 2024

ފޮޓޯ ނުޖެހީ ކީއްވެ؟

The name is already taken The name is available. Register?

އައްޑޫ12345

03 April 2024

ފައްކާ ގަންމީހުން ހޯދަން ޖެހޭ ފިޔަވަޅު އަޅަން ޖެހޭ

The name is already taken The name is available. Register?

ހައްގުބަސް.

03 April 2024

މިމީހުން ވިއްކާ އެއްޗަކީ ވައްކަންކޮއްގެން ވިއްކާ އެއްޗެތިކަން އެގޭއިރުގަވެސް މީހުން އެ އެއްޗެތި ގަންނަނީ. ދެރަ

The name is already taken The name is available. Register?

ޑޮނާދު

04 April 2024

ޔޫޒްޑް ލައިކް ނިއު ޖަހާފަ އައިބޭގަ ވިއްކަނީ. ކާކަށް އެނގޭނީ ވައްކަން ކޮށްގެން ވިއްކާ އެއްޗެއް. ސްޓޯލަން ލައިކް ނިއު ޖަހާފަ ވިއްކީމަ ދޯ އެނގޭނީ.

The name is already taken The name is available. Register?

ލަތީފާ

03 April 2024

އަދީބު ހުރީ ހުޅުމާލޭ އޭނަ ދައުލަތުން ވަގަށް ނެގި ފައިސާއިން ގަތް ގޭގަ އަންހެނުންނަށް (ނަޝްވާ) ގިޓާ ކުޅެދީ ލަވަކިޔާދޭން. އަދި ސިޔާސީ ބޮޑުން އޭނަ ކައިރިއަށް ގަވައިދުން ޒިޔާރަތް ކުރޭ! ތިޔަ މިސްކިތު ވަގު ކުއްޖާ ފަކީރުވާ ރަނގަޅުތާ! ސާފުތޯ؟

The name is already taken The name is available. Register?

ޔަމާނީ

03 April 2024

މިވަގު ފެންމޯޓަރެއް ނެގި ކަމަށް ވެސް ތުހުމަތު ކުރެވޭ ވާހަކަ މިއޮތީ ލިޔެފަ. ދެން މީނަޔަށް ކިޔަންޖެހޭނީ "ފަންކާ ފެންމޯޓަރު ވަގު" މިހެންތޯ؟ ނޫހުގަ ހަމަކަނި ފަންކާ ވަގު ލިޔެފަ އޮތީމަ ވަރަށް އެބަ އޮޅޭ. ފަންކާ ނެގި ކަމަކަށް ވެސް އަދި ކޯޓުން ސާބިތުވީއެއް ނޫން ދެން ކީއްވެ ފަންކާ ވަގަށްވެ މޯޓަރުގެ ކަންތައް ހަމައެކަނި ތުހުމަތަކަށް މިވީ؟

The name is already taken The name is available. Register?

އަލީ އަސްފާގު

03 April 2024

މީނާގެ ފޮޓޯ ކޮބައިތޯ، ދިވެހި ރައްޔިތން އޭނާގެ ފޮޓޯ ބޭނުންވާނެ ބަލަން. އޭރަށް ނޫންތޯ ރައްޔިތންނަށް އެގޭނީ އޭނާ ފެނުނީމަ އޭނާގެ ކިބައިން ސަލާމަތްވާނެ ފިޔަވަޅު އަޅަން. ގައުމީ ރައްޔިތންގެ ސަމާލުކަމަށްތަކައި ތިޔަ މީހާގެ ފޮޓޯ އާންމު ކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލަން.

The name is already taken The name is available. Register?

ޑެންޑޯ

03 April 2024

ކޮބައިތަ ތިޔަ ވަގަކީ. އޭނާއަށް ފާރަވެރި ވެވޭނީވެސް ފެނިގެނެއްނި

The name is already taken The name is available. Register?

ދޯޕައްޓާ

03 April 2024

ފަންކާވަގު ޖަލުގަ، ފަޅުރަށްވަގު ގޭގަ.

The name is already taken The name is available. Register?

އަލީ ރަމީޒު

03 April 2024

މިވާނީ މި ސަރުކާރުގެ ގާތް އެކުވެރިއަކަށް. އެހެންވީމަދޯ ވައްކަންކޮށްލަ ކޮށްލަ އެހުރެވެނީ. އޭނާއަށް ދެވޭނެ އަދަބެއްނެތް. އިސްލާމީ ސަރީތޭ ކިޔާފަ ވެރިކަމަށް އައިސް ފަތްބޯ މީހުނާއި ކުނި ހޮވާކުދިންނާއި ކަކަުހުޅުން ވާގިނެތި ހިނގާ މީހުނަކީ މި ސަރުކާރުގެ އަރިސް މީހުނަށް ވެ ނިމިއަޖެ، ވައްކަން ކޮށްގެން މުދާގެއްލުނީމަ މި ސަރުކާރުން ގެއްލުންވި މީހާއަށް ހޯދޭނެ ބަދަލެއް ނެތް. މިފެންވަރުގަ ގައުމު ހިންގުމަށްވުރެ ރަގަޅުވާނީ މަނިކުފާނު އިސްތިއުފާ ދެއްވުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454